ޕާކިސްތާންއަށް އެހީވުމަށް ބޭއްވި ޓެލެޓޯން ގެ ތެރެއިން ބެހެއްޓި ފަންޑް ފޮއްޓެއް-- ފޮޓޯ: ޕީއެމްއެފްއޭ
ހަބަރު
02 Oct 2022 | 15:38
ޕާކިސްތާންއަށް އެހީވުމަށް ބޭއްވި ޓެލެތޯން އިން 3.8 މިއަނަށްވުރެ ގިނަ ރުފިޔާ!

މި އަހަރުގެ ޖޫން މަހުގެ ފަހުކޮޅުން ފެށިގެން ޕާކިސްތާނަށް ކުރި ގަދަ ވިއްސާރައިގައި އެ ގައުމުގެ ބޮޑު ސަރަހައްދެއްގައި ފެން ބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް ބޭއްވި ޓެލެތޯންގެ އެހީގައި ޕާކިސްތާން އެހީ ފަންޑަށް 3.8 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެއެވެ.

"ޕާކިސްތާނު މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަން" (ޕީއެމްއެފްއޭ) އިން އިސްނަގައިގެން ރާއްޖޭގައި ހަރަކާތްތެރިވާ ގިނަ މީޑިއާތަކަކާއި އެކު ކުރިއަށްގެންދިޔަ މި ހަރަކާތް ފަށާފައިވަނީ އިއްޔެ ހެނދުނު 8:00 ގައެވެ. އަދި މި ޓެލެތޯން ރޭ 12:00 އާ ހަމައަށް ކުރިއަށް ގެންގޮސްފައިވާއިރު، މާލޭގައި ބެހެއްޓިފައި ހުރި ފަންޑު ފޮށިތަކުންވެސް ޖުމުލަ 2 ލައްކައަށްވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް ޕާކިސްތާނު މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަންގެ ފަރާތުން މައުލޫމާތު ދެއެވެ. 

އިއްޔެ ކުރިއަށްދިޔަ މި ޓެލެތޯން މާލޭގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވެސް ކުރިއަށް ދިޔައިރު، އޭގެތެރެއިން ބައެއް ރަށްރަށުން ފަންޑަށް ލިބުނު ފައިސާ އެކި ސަބަބުތަކާއިހުރެ ފޮނުވިފައި ނުވާ ކަމަށްވެސް އެ އެސޯސިއޭޝަނުން ބުނެއެވެ. އަދި އެފައިސާ ނުލައިވެސް  ޓެލެތޮންގެ 18 ގަޑިއިރުތެރޭގައި 3.8 މިލިއަން އަށްވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް ޕީއެމްއެފްއޭގެ ރައީސް މަސްއޫދު އިމާދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވެއެވެ. 

ޕާކިސްތާނަށް އެހީވާން ބޭނުން ފަރާތްތަކަށް އަދިވެސް އެ ފުރުސަތު އެބައޮތެވެ. މިގޮތުން ހަބީބް ބޭންކުގައި ހުޅުވާފައިހުރި އެކައުންޓަކަށް ފައިސާ ފޮނުވައިގެން އެހީތެރިވެވޭނެއެވެ.

އެކައުންޓް ނަން: ޕްރައިމް މިނިސްޓަރސް ފްލަޑް ރިލީފް ފަންޑް 2022

އެކައުންޓް ނަމްބަރު: 007000500303-2050

މި އަހަރުގެ ޖޫން މަހުގެ ފަހުކޮޅުން ފެށިގެން ޕާކިސްތާނަށް ކުރި ގަދަ ވިއްސާރައިގައި އެ ގައުމުގެ ބޮޑު ސަރަހައްދެއްގައި ފެން ބޮޑުވެ އެތައް ބަޔަކު ހާލުގައި ޖެހިފައިވާއިރު، އެގައުމުގައި ނުރައްކާތެރި ބަލިތައް މިވަނީ ފެތުރެން ފަށާފައެވެ.

އެގޮތުން ބޭރަށް ހިންގުމާއި، ކޮލެރާއާއި، ހަމުގެ ބަލިތަކާއި، މެލޭރިއާ ފަދަ އެތައް ބަލިތަކެއް މިހާރު ވަނީ ފެތުރެން ފަށާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް