އޭޖީ އޮފީހުން ސުޕްރީމް ކޯޓާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން ފަނޑިޔާރު އައިޝާ ޝުޖޫން ---- ފޮޓޯ: އެޓާނީ ޖެނެރަލް
ހަބަރު
03 Oct 2022 | 09:35
ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރަން ސުޕްރީމް ކޯޓާ މަޝްވަރާކޮށްފި

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާއި ގުޅޭގޮތުން ހިޔާލު ހޯދުމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯޓާއެކު މަޝްވަރާކޮށްފިއެވެ.

އޭޖީ އޮފީހުން ކުރި ޓުވީޓެއްގައި ބުނީ، ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް އިޞްލާޙުކުރުމަށްޓަކާ ކުރިއަށް ގެންދާ މަޝްވަރާތައް އިއްޔެ އެ އޮފީހުން ފަށާފައިވާކަމަށެވެ. އެގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި އަދި ޖޭއެސްސީއާ ވެސް ބައްދަލުކޮށް މަޝްވަރާ ކުރެވިފައިވާ ކަމަށް އެ އޮފީހުން ބުނެފައިވެއެވެ. އެހެން ނަމަވެސް އެ ބައްދަލުވުމުގައި މަޝްވަރާކުރި ކަންކަމުގެ މައުލޫމާތު އޭޖީ އޮފީސް، ޖޭއެސްސީ އަދި ސުޕްރީމް ކޯޓުން ވެސް ހާމައެއް ނުކުރެއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަކީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ތަނަކަށް ހެދުމަށްޓަކައި އެ ކޮމިޝަން އެކުލެވިގެންވާ ގޮތް އިސްލާހު ކުރުމަށްޓަކައި ގާނޫނު އަސާސީއަށް ގެންނަން ޖެހޭ އިސްލާހުތައް އެކުލެވޭ ބިލު އެކުލަވާލައި މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުނީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ.

އެކަން އަންގައި އޭޖީ އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އޭޖީ އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ޖޭއެސްސީ އަކީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ތަނަކަށް ހެދުމަށްޓަކައި ކަމާބެހޭ ބައިނަލްއަގުވާމީ ހަމަތަކާއި އުސޫލުތަކަށް ރިއާޔަތްކުރުމަށް ފަހު އެ ކޮމިޝަން އެކުލެވިގެންވާ ގޮތް އިސްލާހު ކުރުމަށްޓަކައި ގާނޫނުއަސާސީގެ 158 ވަނަ މާއްދާ އަށް ގެންނަން ޖެހޭ އިސްލާހުތައް އެކުލެވޭ ބިލު އެކުލަވާލައި، މި ދައުރުގެ މަޖިލިހަށް ހުށަހެޅުމަށް ގަސްތުކޮށްފައިވާ ކަމަށެވެ.

އަދި އެ ބިލު އެކުލަވާލުމަށް ބޭނުންވާ މަޝްވަރާ ހޯދުމަށްޓަކައި ދިވެހިރާއްޖޭގެ ސްޕްރީމްކޯޓާއި، ހައިކޯޓާއި އަދި ދަށު ކޯޓުތަކާއި، ޖޭއެސްސީ އާއި، އެނޫން ވެސް ކަމާބެހޭ ފަރާތްތަކާ އެކު ބައްދަލުވުންތައް އަންނަ ހަފްތާ އިން ފެށިގެން ބޭއްވުމަށް ނިންމާފައިވާ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

މިހާރު ޖޭއެސްސީ އެކުލެވިގެންވާ ގޮތް މުރާޖަޢާ ކޮށް، އެތަން ސިޔާސީ ނުފޫޒުން އެތަން އެއްކިބާ ކުރުމަށް، ގާނޫނު އަސާސީއަށް އިސްލާހް ގެނައުމަކީ ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާ އިސްލާހުކުރުމަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ މި ސަރުކާރުން ވެފައިވ ރިޔާސީ ވައުދުތަކުގެ ތެރެއިން މުހިންމު އެއް ވައުދެކެވެ.

އެހެން ނަމަވެސް މި ސަރުކާރުގެ ދައުރު ނިމޭއިރުވެސް އެކަން ނުކުރެވޭ ކަމަށް ބުނެ، ޖޭއެސްސީ އަށް މެންބަރުން އައްޔަނުކުރާ ގޮތް ބަދަލުކުރުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގު ވަނީ ތިން ފަހަރެއްގެ މަތިން އިސްލާހު ހުށަހަޅުއްވައިފައެވެ. އިދިކޮޅު ކޯލިޝަންގެ ފަރާތުން ޠާރިގު ހުށަހެޅުއްވި އެ އިސްލާހު ތިން ފަހަރެއްގެ މަތިން އެމްޑީޕީ މެޖޯރިޓީ އޮންނަ މަޖިލީހުން ބޭރުކޮށްލާފައިވާއިރު، ދެވަނަ ފަހަރަށް ތޯރިގު އެ އިސްލާހު ހުށަހެޅުއްވުމުން މަޖިލިހަށް ބަލައިގަނެ، އިބްތިދާއީ ބަހުސް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.
08 Oct 2026
ޖައިޝަންކަރު އެފްރިކާއަށް ކުަރައްވާ ދަތުރުފުޅެއް ފައްޓަވައިފި
އިންޑިއާގެ ހާރިޖިއްޔާއިން މަޢުލޫމާތު ދޭ ގޮތުގައި، މި ދަތުރުފުޅުގެ މައިގަނޑު މަގުސަދަކީ އެފްރިކާގެ ގައުމުތަކާއެކު އޮންނަ ވިޔަފާރިއާއި، އިގްތިސާދީ، އަދި ތަރައްގީގެ ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރުމެވެ.
08 Oct 2026
ހަފްތާ ބަންދުގައި ޕާސްޕޯޓްގެ ސްޓޮކް ލިބޭނެ، 2646 ޕާސްޕޯޓްގެ ބެކްލޮގެއް
އަންނަ އާދިއްތަ ދުވަހުން ފެށިގެން ޕާސްޕޯޓްގެ ހިދުމަތް އާންމު ހާލަތަށް ގެނެވޭނެ ކަމަށް ވިދާޅުވި އެވެ.
08 Oct 2026
ގޫގުލް މެޕް މެދުވެރިކޮށް އަގުހެޔޮކޮށް ތެއޮ ލިބޭ ތަންތަން ހޯދޭނެގޮތް އިނގިރޭސިވިލާތުގައި ހަދައިފި
އެ ގައުމުގެ ބޮޑުވަޒީރު އޭންޑީ ބާންހަމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ތެލުގެ އަގާ މެދު ރައްޔިތުން ކަންބޮޑުވާކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށެވެ.
08 Oct 2026
ތިމަރަފުށީ ސްކޫލު ލެބޯޓަރީ ގޮއްވާލަން ރޭވުން: ބައެއް ދައުވާތައް ސާބިތު، އެކަކު ފިޔަވާ އެންމެން މިނިވަންވެއްޖެ
މި މައްސަލާގައި ހަތް ދައުވާއެއް އަށް މީހެއްގެ މައްޗަށް އުފުލާ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވެ އެވެ. އޭގެ ތެރެއިން ތިން ދައުވާ ބައެއް މީހުންގެ މައްޗަށް ވަނީ ސާބިތުވެފަ އެވެ.
08 Oct 2026
ތެޔޮ ފީފާއެއްގެ އަގު 102 ޑޮލަރަށްވުރެ މައްޗަށް އުފުލިއްޖެ
ގަލްފު ސަރަހައްދުގައި ކަނޑު ދަތުރުތަކަށް އޮތް ނުރައްކާ ބޮޑުވަމުން ދިޔުމާ ގުޅިގެން ތެލުގެ ބާޒާރުގައި ނުތަނަވަސްކަން ވަނީ އިތުރުވެފައެވެ. ހާއްސަކޮށް ހޮރްމޫޒް ކަނޑުއޮޅިއާއި ގަލްފުގައި އުޅަނދުތަކަށް އަމާޒުކޮށް ދޭ ހަމަލާތައް އިތުރުވަމުންދާކަމަށް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ