ފަތުރުވެރިކަމަށް 50 އަހަރުފުރުމާއި ގުޅިގެން ބޭއްވި ޖަލްސާގައި މިނިސްޓަރު މައުސޫމް ވާހަކަދައްކަވަނީ--ފޮޓޯ: ރައީސް އޮފީސް
ހަބަރު
03 Oct 2022 | 11:10
ދުނިޔޭގެ އެންމެން މިހާރު ދައްކަނީ ބޯޑަރު ހުޅުވުމަށް ރައީސް ދެއްކެވި ހިތްވަރުގެ ވާހަކަ: ޑރ.މައުސޫމް

ދުނިޔޭގެ އެންމެންވެސް މިހާރު ދައްކާ ވާހަކަ އަކީ، ކޮވިޑް އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށްފަހު، އަލުން ބޯޑަރު ހުޅުވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ނިންމެވި ހިތްވަރުގަދަ ނިންމެވުމުގެ ވާހަކަ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް ވިދާޅުވެއްޖެެއެވެ. 

ފަތުރުވެރިކަމަށް 50 އަހަރުފުރުމާއި އަދި ރާއްޖޭގައި ފުރަތަމަ ފަހަރަށް ފާހަގަކުރަން ފެށުނު ގައުމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަ ކުރުމަށް ރޭ ބޭއްވި ޖަލްސާގައި މިނިސްޓަރު ވިދާޅުވީ، ދުނިޔޭގެ އެންމެން މިހާރު ދައްކާ ވާހަކައަކީ ދިވެހިރާއްޖޭގެ ބޯޑަރު ހުޅުވުމުގެ މުހިންމު ކަމުގެ ވާހަކަކަމަށާ އަދި ރަނގަޅު ދަނޑިވަޅުގައި ފަތުރުވެރިކަމަށް ރާއްޖޭގެ ބޯޑަރު ހުޅުވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ނިންމެވި ހިތްވަރުގަދަ ނިންމެވުމުގެ ވާހަކަކަމަށެވެ.

މިއާއެކު ޑރ. މައުސޫމް ވިދާޅުވީ، ކޯވިޑަށްފަހު ރާއްޖޭގެ ފަތުރުވެރިކަން މިހިސާބަށް އާދެވިފައި އޮތީ އެދުވަހު ފަތުރުވެރިކަމުގެ ސިނާއަތުގެ ފަރާތްތަކާއި ސިއްހީ ދާއިރާގައި ޙަރަކާތްތެރިވާ ބޭފުޅުންނާ ވާހަކަދައްކަވައިގެން ނިންމެވި ނިންމެވުމުގެ ސަބަބުންކަމަށާ އެކަމަށްޓަކައި ރައީސަށް އިހްލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވާކަމަށެވެ.

ރާއްޖެއަކީ މިއަދު ދުނިޔޭގެ ކަންކޮޅުތަކުން މީހުން ޗުއްޓީ ހޭދަކުރަން އަންނަން އެންމެ ބޭނުންވާ އެއް މަންޒިލްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ރާއްޖެ މަގްބޫލް މަންޒިލަކަށްވީ ސަރުކާރާއި އަމިއްލަ ފަރާތްތަކާއި ގުޅިގެން ކުރެވޭ މަސައްކަތުން ކަމަށެވެ.

"ފަތުރުވެރިކަމާގުޅޭ ބޮޑެތި ކަންކަން ރާވައި ހިންގުމުގައި ކަމާގުޅުންހުރި ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ ހޯދުމުގެ ސިޔާސަތު ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާކަމީ މިއަދު ރާއްޖޭގެ ފަތުރުވެރިކަމަށް ކުރިއެރުން ލިބެމުން އަންނަ މައިގަނޑު އެއް ސަބަބު." މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، މިހާރުގެ މިސްރާބަށް ދަތުރު ކުރާނަމަ، ފަތުރުވެރިކަން ކުރިއަށް ގެންދިއުމަށް ކުރާ މަސައްކަތުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ މަންފާ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ސާފު ސީދާކޮށް ފޯރާނެ ކަމަށެވެ.

މުސްތަގުބަލުގައި ވެސް ކުރިއަށްދާނީ އެ މިސްރާބަށް ކަމަށާއި އޭގެ ސަބަބުން ރަށްރަށުގެ ގުދުރަތީ ތަރިކައާއި، ތާރީހާއި، ސަގާފަތް ރައްކާތެރި ކުރެވި، އާމްދަނީއަށް މަގުފަހިވާނެ ކަމަށް ވިދާޅުވި އެވެ.

".. ރަށްރަށުގައި އާއިލާއާއެކު ދިރިއުޅެމުން ފަތުރުވެރިކަމުގެ ވިޔަފާރި ކުރެވޭނެ، އަދި ކުރާ ހިތްވާ މަސައްކަތުގެ ދާއިރާއިން ވަޒީފާ ލިބޭނެ. ފަތުރުވެރިކަމުން ފަންނުވެރިންނާއި، ފަންނާނުންނަށާއި، މަސްވެރިންނާއި، ދަނޑުވެރިންނާއި، ރާވެރިންނަށް އާމްދަނީ ހޯދުމުގެ ފުރުސަތު އިތުރަށް ފަހިވާނެ،" މިއަދު ފާހަގަކުރާ ޓޫރިޒަމްގެ ރަންޔޫބީލްގެ މުނާސަބަތުގައި މިނިސްޓަރު ވިދާޅުވި އެވެ.

ކޮމެންޓް
ޖާބިރު
ބޯޑަރުހުޅުވަން ހަޅޭލީ އަންނި ކަލޭމެން އުޅުނީ ނުހުޅުވަހިލޭއެހީ ހޯދައިގެން އެކާންތިބެން
03 Oct 2022
ގުޅޭ ލިޔުންތައް
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.