ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް-- ފޮޓޯ: މަޖިލިސް
ހަބަރު
03 Oct 2022 | 16:40
ޔޯގާ މައްސަލާގައި ދައުވާ އުފުލީ އިންޑިޔާ ރުއްސަން: ޝިޔާމް

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތް ހުއްޓުވުމުގެ ތެރެއިން ހިނގި ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި މީހުންގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ މި ސަރުކާރުން ދައުވާ ކުރަން ނިންމާފައިވަނީ އިންޑިއާ ސަރުކާރު ރުއްސަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަދި އިދިކޮޅު ޕީޕީއެމްގެ ނާއިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. 

21 ޖޫން 2022 ވަނަ ދުވަހު ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ކުރިއަށް ގެންދިޔަ ހަރަކާތަށް ހުރަސް އަޅައި، ޓެރަރިޒަމްގެ އަމަލުތައް ހިންގި ކަމުގެ ތުހުމަތު ކުރެވުނު މައްސަލާގައި ދައުވާ ކުރުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާކަމަށް މިއަދު ޕީޖީ އޮފީހުން ވަނީ ބުނެފަައެވެ. 

އަދި އެ ދައުވާ ކުރެވުނު ބައެއް މީހުންގެ މައްޗަށް ދައުވާ ސާބިތު ވެއްޖެ ނަމަ 10 އަހަރާއި 25 އަހަރާއި ދެމެދުގެ ޖަލު ހުކުމް އަންނާނެއެވެ. އެގޮތުން ދައުވާ ކުރެވުނު މީހުންގެ ތެރޭގައި ދީނީ ދެ ޢިލްމުވެރިން ކަމުގައިވާ ޝެއިޚް ފަޟުލޫން ބިން މުހައްމަދު އާއި ޝެއިޚް އާދަމް ނިޝާން ހިމެނޭ އިރު އެ ދެމީހުންގެ މައްޗަށް ކުރި ދައުވާ ސާބިތު ވެއްޖެ ނަމަ 10 އަހަރާއި 15 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ. 

އަދި ހަމައެހެންމެ، އެ މައްސަލާގައި، ހައްޔަރުކުރި ޕީޕީއެމްގެ ހަރަކާތު ކޮމިޓީގެ ޗެއަރމަން މުހައްމަދު އިސްމާއީލަށް 21 އަހަރުގެ ޖަލު އަދަބެއް އަތުވެދާނެ 2 ދަޢުވާއެއް ވެސް ޕީޖީ އޮފީހުން ވަނީ އުފުލާފައެވެ. 

އެފަދަ ބޮޑެތި އަދަބު ލިބޭ ދައުވާތަކެއް ޔޯގާ މައްސަލާގައި ދައުލަތުން އުފުލާފައިވާއިރު، އެ ހަމަނުޖެހުން ހިންގީ ފުލުހުންނާއި ސަރުކާރުގެ އިހުމާލުން ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

އެ ފަރާތްތަކުގެ ވާހަކަތައް ތެދުކޮށް އެ މައްސަލާގައި ރައްޔިތުން ކުށްވެރިވާންޖެހޭ ސަބަބެއްނެތް ކަމަށް ބުނެ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ޠާރިގު، ކުރެއްވި ޓުވީޓަކަށް ރައްދު ދެއްވައި ޝިޔާމް ވިދާޅުވީ، ޔޯގާ ހަމަނުޖެހުމަކީ ފުލުހުން ކުރުވިކަމެއް ކަމަށެވެ. އަދި އެ މައްސަލައިގައި މުހައްމަދު އިސްމާއިލްގެ މައްޗަށް ބޮޑެތި އަދަބު ލިބޭ ދައުވާ ކޮށްފައިވާއިރު އޭނާ އަކީ އެތަނަށް ވަޑައިގެން މީހެއްވެސް ނޫން ކަމަށް ޝިޔާމް ފާހަގަކުރެއްވިއެވެ. 

"މީ އިންޑިޔާ ރުއްސަން ސަރުކާރުން ކުރާކަމެއް. ރައްޔިތުން ނިކުމެ ސަރުކާރު ޒިންމާދާރުކުރުވަންވެއްޖެ." ޝިޔާމް ވިދާޅުވިއެވެ. 

ޔޯގާ މައްސަލާގައި ގިނަ ބަޔަކަށް ބޮޑެތި ދައުވާ ތަކެއް އުފުލާފައިވާއިރު އެ ހަމަނުޖެހުން ހިނގުމުގައި ފުލުހުންގެ އިހުމާލު އޮތް ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދުވެސް މީގެ ކުރިން ވަނީ އެއްބަސްވެފައެވެ. އަދި އެ ހަމަނުޖެހުން ހިނގި ދުވަހާއި ގުޅޭ ގޮތުން ދައުރުވަމުންދިޔަ ވީޑިއޯ ތަކުންވެސް އެކަން ހުއްޓުވަން ފުލުހުން މަބޮޑު މަސައްކަތެއް ނުކުރާކަން ވަރަށް ސާފުކޮށް ހާމަވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
07 Oct 2026
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ
ޒެލެންސްކީ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗެރްނީހީވް ސަރަހައްދުގެ ޕްރައިލޫކީ ސިޓީގައި ފަސް ބުރީގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ފަސް މީހުން މަރުވެ، 26 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުއްޖަކު ހިމެނެއެވެ.
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.