ނޭޝަނަލް ސައިބަރ ސެކިއުރިޓީ އެވެއަރނަސް މަންތް 2022 ހަފްލާގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް
ހަބަރު
04 Oct 2022 | 20:56
ސައިބަރ ސެކިއުރީޓާއި ގުޅޭ މުހިންމު ދެ ގާނޫނު ހިމަނާ ބިލެއް

ސައިބަރ ސެކިއުރިޓީއާގުޅޭ މުހިއްމު ދެ ޤާނޫނެއް ޑްރާފްޓުކޮށް، ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށް މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝައުނާ މިހެން ވިދާޅުވީ، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއާއި، ނޭޝަނަލް ސެންޓަރ ފޯރ އިންފޮމޭޝަން ޓެކްނޯލޮޖީ ގުޅިގެން ހިންގާ، "ނޭޝަނަލް ސައިބަރ ސެކިއުރިޓީ އެވެއަރނަސް މަންތް 2022" ހަރަކާތްތައް ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ސައިބަރ ސެކިއުރިޓީއާއި ގުޅުންހުރި މައްސަލަތައް އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާކަމަށެވެ. އަދި މިފަދަ މައްސަލަތަކަކީ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ކުންފުނިތަކާއި، އޮންލައިން ޚިދުމަތްދޭ ފަރާތްތަކުގެ އެކަނި މައްސަލައަކަށް ހަދާފައި ދޫކޮށްލެވޭ ވަރަށް ވުރެ މާ ބޮޑެތި މައްސަލަތަކެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ސައިބަރ މައްސަލަތައް މަދުކުރުމަށް އިސްނަގައިގެން މަސައްކަތްކޮށް، ސައިބަރ ވެއްޓާއި، އިޖްތިމާޢީ އަދި އިޤްތިޞާދީ ޚިދުމަތް ދިނުމަށް ޤާއިމުކުރެވިފައިވާ ކްރިޓިކަލް އިންފޮމޭޝަން އިންފްރާސްޓްރަކްޗަރ ރައްކާތެރިކަމާއެކު ބެލެހެއްޓޭނެ ނިޒާމެއް މިއަދު މިވަނީ ކޮންމެހެން ޤާއިމުކުރަންޖެހިފައި"

ޓެކްނޮލޮޖީ މިނިސްޓަރު އާމިނަތު ޝައުނާ 

ޝައުނާ ވިދާޅުވީ، ރައްޔިތުން ޑިޖިޓަލް ޚިދުމަތްތަކަށް ބަރޯސާވާ މިންވަރު އިތުރުވަމުންދާ ސްޕީޑުގައި ޑިޖިޓަލް ޚިދުމަތްތަކާއި އިންޓަރނެޓަކީވެސް ރައްޔިތުންނަށް ރައްކާތެރިތަނަކަށް ހަދަންޖެހޭކަމަށެވެ. އަދި އެކަމަށް ބޭނުންވާ އިންތިޒާމްތަކާއި އިދާރާތަކާއި ޤާނޫނީ އޮނިގަނޑުވެސް އެކުލަވާލަންޖެހޭކަމަށެވެ. 

އެގޮތުން ސައިބަރ ސެކިއުރިޓީގެ ބިލެއް އެކުލަވާލުމުގެ މަސައްކަތް އެ މިނިސްްޓްރީއިން ކުރަމުންދާކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. 

"ގަވަމަންޓް ޑިޖިޓަލް ސަރވިސްގެ ޤާނޫނު އަދި ނޭޝެނަލް ސައިބަރ ސެކިއުރިޓީގެ ޤާނޫނުތައް ޑްރާފްޓް ކުރެވި މިއަހަރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށް މިދަނީ މަސައްކަތް ކުރަމުން"

ޓެކްނޮލޮޖީ މިނިސްޓަރު އާމިނަތު ޝައުނާ 

މިނިސްޓަރު އިތުރަށް ވިދާޅުވީ ސައިބަރ ސެކިއުރިޓީއަކީ ކޮންމެ ފަރުދަކަށް އެއިން އަސަރުކުރާ އެތަކެއް ގެއްލުންތަކާ ހިތާމަވެރި ޙާދިސާތަކުން ފަރުދުންނާއި ވިޔަފާރިތަކާއި މުއައްސަސާތައް ރައްކާތެރިކުރުމަށް މިހާރުން މިހާރަށް ބޭނުންވާ ޚިދުމަތެއްކަމަށެވެ. 

އެގޮތުން ސައިބަރ ސެކިއުރިޓީގެ ކަންކަން ޚަރުދަނާކުރުމަށް ޤައުމީ ސައިބަރ ސެކިއުރިޓީ އޭޖެންސީއެއް ގައިމުކުރުމަކީ މުހިންމުކަމެއްކަމަށް ދެކެވަޑައިގަންނަވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

އޭގެ އިތުރުން ކުޑަކުދިންނާއި ޒުވާނުން މިކަމަށް ހޭލުންތެރިކުރުމަށް ކުރަންޖެހޭ މަސައްކަތްތައްވެސް އިތުރުކުރަން ޖެހިފައިވާކަންވެސް މިނިސްޓަރުގެ ވާހަކައިގައި ވަނީ ފާހަގަކުރައްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.