މެމްބަރު ތާރިގު މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
04 Oct 2022 | 23:35
350 މިލިއަން ރުފިޔާ ކޮމަންޑޫ ބައި-އިލެކްޝަނަށް ޚަރަދު ކުރި، ދެ ކޮަމަންޑޫ ގުޅާލެވިއްޖެތޯ: ތާރިގު

ކޮމަންޑޫ ދާއިރާގެ މަޖިލިސް މެމްބަރު ހޮވުމަށް ބޭއްވި ބައި-އިލެކްޝަނަށް ސަރުކާރުން 350 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށާއި، އެކަމުން ނެރެދެވުނު ނަތީޖާއެއް ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގު ވިދާޅުވެއްޖެއެވެ. 

ތާރިގު މިފަދައިން ވިދާޅުވެފައިވަނީ ދައުލަތުގެ މާލިއްޔާއިން ސަރުކާރުން އިސްރާފުކުރަމުންދާއިރު، ސަރުކާރުގެ ޚަރަދުތައް ފޫބެއްދުމަށް ރައްޔިތުން އަތުން ނަގާ ޓެކްސް ބޮޑު ކުރުމަށް ހުށައެޅުމުން ނުރުހުން ފާޅުކުރައްވާ މަޖިލީހުގައި ވާހަކަދައްކަވަމުންނެވެ. 

ކޯވިޑް ނަވާރައިގެ ދުވަސް ވަރުގައި ކޮމަންޑޫގެ ބައި-އިލެކްޝަނަށް ސަރުކާރުން 350 މިލިއަން ޚަރަދުކޮށްފައިވާަމަށް ތާރިގު ވިދާޅުވިއެވެ. އެހެން ނަމަވެސް އެހާ ބޮޑު ޙަރަދެއް ކޮށްފައިވާއިރު، ކޮމަންޑޫ ދާއިރާއަށް ވީ ވައުދުތައް މިހާތަނަށްވެސް ފުއްދާދެވިފައި ނުވާކަން ތާރިގުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ. 

"އެއްބައި މީހުން ކަރަންޓީނުގައި ބައިތިއްބާފަ، 350 މިލިއަން ރުފިޔާ ޚަރަދުކުރި ކޮމަންޑޫއަށް. ދެ ކޮމަންޑޫ ގުޅާލެވިއްޖެތޯ؟ "

މަހުބަދޫ ދާއިރާގެ މެމްބަރު ތާރިގު

ތާރިގު ވިދާޅުވީ މިއީ ކޮވިޑުގެ ހާލަތުގައި އެއް ދާއިރާއަކަށް ސަރުކާރުން ކުރި ޚަރަދުކަމަށެވެ. 

އެ ގޮނޑި ހޯދުމަށް ސަރުކާރުން އެހާ ބޮޑު ޚަރަދެއް ކޮށްފައިވަނީ އެމްޑީޕީގެ ސުޕަރ މެޖޯރިޓީ އެމްޑީޕީގެ އަތުގައި އޮތްވާ ކަމަށް ތާރިގު ވަނީ ފާހަގަކުރައްވާފައެވެ. 

ސިޔާސީ މަގްސަދުތައް ހާސިލުކުރުމަށް ޚަރަދުކުރަންވީމާ ސަރުކާރުން އެއްވެސް ވަރަކަށް ބަލާ ނުލާއިރު، ރައްޔިތުންގެ އަތުން ޓެކްސް ނެގުމަށް ހުށައެޅުމަކީ ބަލައިގަނެވޭނެ ވާހަކައެއް ނޫންކަމަށް ތާރިގު ވަނީ ވިދާޅުވެފައެވެ. އަދި އެ ބިލު ބޭރުކުރުމަށްވެސް އޭނާ ވަނީ ގޮވާލައްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.