ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު
ހަބަރު
05 Oct 2022 | 09:46
އަލީ ވަހީދު ރާއްޖެ ނުގެނެވުނު؛ އޭނާއަށް ކުރި ދައުވާތައްވެސް އަނބުރާ ފޮނުވާލައިފި!

މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި، ދައުލަތުން ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް އުފުލި ދައުވާތައް ކްރިމިނަލް ކޯޓުން އަނބުރާ ފޮނުވާލައިފި އެވެ.

އަލީ ވަހީދުގެ މައްސަލަތައް އަނބުރާ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވީ މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދެވޭނެ ގޮތެއް ނުވުމުންނެވެ. އަލީ ވަހީދު ކޯޓަށް ހާޒިރު ކުރުމަކީ ދައުލަތުގެ ޒިންމާއެއް ނަމަވެސް އެޒިންމާ ދައުލަތައް އަދާކުރެވިފައެއް ނުވެއެވެ.

2020 ވަނަ އަހަރު، ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނެވި އިރު އެ މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލަ އަކާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވަނީ އަލީ ވަހީދު އެ މަގާމުން ވަކިކުރައްވާފައެވެ. 

އެ މައްސަލަ ފުލުހުން ތަހުގީގުކޮށް ޕީޖީ އޮފީހަށް ފޮނުވުުމުން އަލީ ވަހީދުގެ މައްޗަށް ޖިންސީ ކުށުގެ ތަފާތު ހަތް ދައުވާއެއް އެ އޮފީހުން އުފުލި އެވެ. އެއީ ސާބިތުވެއްޖެ ނަމަ 21 އަހަރަށް އޭނާ ޖަލަށްލެވޭ ވަރުގެ ދައުވާތަކެކެވެ. އެހެންނަމަވެސް، އެ މައްސަލަ ކޯޓުގައި އޮއްވައި އޭނާ ފިއްލަވައިގެން އިނގިރޭސިވިލާތަށް ދިރިއުޅުން ބަދަލުކުރެއްވި ފަހުން އެ މައްސަލައިގެ ޝަރީއަތް ކުރިއަކަށް ނުދެ އެވެ.

ރާއްޖޭން ބޭރަށް އަލީ ވަހީދު ވަޑައިގަތީ ކްރިމިނަލް ކޯޓުން އެ ހުއްދަ ދިނުމުންނެވެ. ނަމަވެސް ހުއްދަ ދިން ހަތަރު މަހުގެ މުއްދަތު ފަހަނައެޅި ފަހުން ވެސް އޭނާ ރާއްޖެ ވަޑައިގެންފައި ނުވެއެވެ. 

އަލީ ވަހީދު ފިއްލެވި ފަހުން އޭނާ ޝަރީއަތްތަކަށް ޗިޓު ފޮނުވުމުން ބައެއް އަޑުއެހުންތަކަށް އޭނާ ހާޒިރެއް ނުވެ އެވެ. އަދި ފަހުން އެއްވެސް ގޮތަކަށް ޗިޓުތަކަށް އިޖާބައެއް ނުދެއްވަ އެވެ. 

އެކަމާ ގުޅިގެން އަލީ ވަހީދު ރާއްޖެ ގެންނަން އިންޓަޕޯލްގެ ރެޑް ނޯޓިސް ނެރެފައިވާ ކަމަށް މިދިޔަ މާޗް މަހުގެ 03 ވަނަ ދުވަހު ދިވެހި ފުލުހުން ބުންޏެވެ. ނަމަވެސް އަދިވެސް އިންޓަޕޯލްގެ ވެބްސައިޓުން އަލީ ވަހީދުގެ ރެޑް ނޯޓިސް ފެންނާކަށް ނެތެވެ.

އަލީ ވަހީދަށް ކުރާ ތުހުމަތުތަކަށް އޭނާ އިންކާރު ކުރައްވައެވެ. އަލީ ވަހީދު ވިދާޅުވަނީ އޭނާ ފްރޭމް ކޮށްފައިވާ ކަމަށެވެ. އެއީ ސީދާ ކޮން ބަޔަކު ކުރިކަމެއް ކަމަށް ވިދާޅުނުވިޔަސް އެމްޑީޕީ ބަޔަކު އަޑީގައި ތިބެގެން ކުރި ކަމެއް ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.