އިސްކަންދަރު ސްކޫލްގައި މިދިޔަ އަހަރު ޓީޗަރުންގެ ދުވަސް ފާހަގަ ކުރުމުގެ ތެރެއިން / ފޮޓޯ: ސޯޝަލް މީޑީއާ
ހަބަރު
05 Oct 2022 | 18:50
މޮޅެތި ކުދިންގެ ޝައުގު ތައުލީމީ ދާއިރާއަށް ނެތް ސަބަބު ހާމަކޮށްފި!

ސުކޫލުތައް ނިންމާ މޮޅެތި ކުދިން ތަޢުލީމީ ދާއިރާއަށް ޝައުވެރި ނުވާ ބައެއް ސަބަބުތައް ޓީޗާސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީއޭއެމް) އިން ހާމަކޮށްފިއެވެ. 

މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގުވާމީ ޓީޗަރުންގެ ދުވަހާއި ގުޅިގެން ޓީއޭއެމް އިން ނެރުނު ބަޔާނެއްގައި ވަނީ ދިމާވާ އެކިއެކި ބޮޑެތި ގޮންޖެހުންތަކާ ވެސް ކެރިގެން ޓީޗަރުން ކުރިމަތިލާ ކަން ފާހަގަކޮށް ޓީޗަރުންގެ ބުރަ މަސައްކަތްތަކަށް، ދިވެހި ގައުމީ ބަތަލުންގެ ދަރަޖަ ޓީޗަރުންނަށް އަރުވަންޖެހޭ ކަމަށް ގަބޫލު ކުރާ ކަމަށް ބުނެފައެވެ. 

މިއާއެކު އެ އެސޯސިއޭޝަންގެ ބަޔާނުގައި ބުނީ، ތައުލީމީ ދާއިރާ އަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، ސުކޫލުތައް ނިންމާ މޮޅެތި ދަރިވަރުން ތައުލީމީ ދާއިރާއަށް ޝައުގުވެރިކަން ނެތްކަން ކަމަށެވެ. 

"މިއެސޯސިއޭޝަނުން ހޯދު ހޯދުންތަކުން ފާހަގަވި އެއްކަމަކީ، ސުކޫލުތައް ނިންމާ މޮޅެތި ދަރިވަރުން މި ދާއިރާއަށް ޝައުގުވެރިނުވާ މައިގަނޑު އެއް ސަބަބަކީ ޓީޗަރުން ލައްވާ "އަން ސްކިލްޑް" މަސައްކަތް ކުރުވާތީއެވެ. އަނެއް ކަމެއްގެ ގޮތުގައި ފާހަގަވި ކަމަކީ، ޓީޗަރުންނަކީ ހުކުރު ހޮނިހިރު ނާންނަ، ދިރިއުޅޭ ގެއަކީވެސް ސުކޫލު ކަމަށް ހަދައިގެން އުޅެންޖެހިފައިވާ ބަޔަކަށް ވުމެވެ." ރަން ވަނަ ހޯދާ ދަރިވަރުން ތައުލީމީ ދާއިރާއަށް ޝައުގުވެރި ނުވާ ސަބަބު ހާމަކުރަމުން ޓީއޭއެމް އިން ބުނެފައިވެއެވެ. 

ޓީޗަރުން ޝަރަފުވެރި ބަޔަކަށް ހެދުމަކީ އެމީހުންގެ މާލީ ފުދުންތެރިކަން އިތުރު ކުރުމުން ކަމަށް ބައެއް މީހުންނަށް ހީވެފައި އޮތް ނަމަވެސް، އެ ފުދުންތެރިކަމާއި އެކީ މަސައްކަތް ކުރެވޭނެ މާހައުލާއި ވަސީލަތްތައް ވެސް ލިބެންޖެހޭ ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އާދި އެއާއެކު ފަންނީ މަސައްކަތް ކުރެވޭނެ ފުރުސަތު ވެސް ޓީޗަރުންނަށް ތަނަވަސްވާންޖެހޭ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. 

"ގައުމެއް ބިނާ ކުރުމުގެ ބިންގާ އެޅޭ ހިސާބަކީ ތައުލީމި ނިޒާމް ކަމަށް ވީ ހިނދު, އެކަން ކޮށްދެއްވަން ތިބި ބަޔަކީ ޓީޗަރުންނެވެ. ޓީޗަރުންނަކީ ކަމަށް ގާބިލު ބަޔަކަށް ވުމާއި، އެމީހުންގެ ފަންނިއްޔާތު ކުރިއެރުވޭނެ ފުރުސަތު ރަނގަޅަށް ލިބިގެން މެނުވީ، ގައުމެއްގެ ކުރިމަގު އުޖާލާ ވުމެއް ނެތެވެ." ޓީއޭއެމްގެ ބަޔާނުގައި ވެއެވެ. 

ވުމާއެކު ކުދިންގެ ވިސްނުމާއި ހުނަރުތައް ތަރައްގީ ކުރުމަށް ފަންނީ ގޮތެއްގައި މަސައްކަތް ކުރެވޭނެ ފަހިމަގު ޓީޗަރުންނަށް ފަހިކޮށްދީގެން މެނުވީ އުޖާލާ މާދަމާއެއް ނުލިބޭނެ ކަމަށްވެސް ޓީއޭއެމްއިން ފާހަގަކޮށްފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
އުރީދޫ އެޕުން ރީޗާޖް ކޮށްގެން ހަފްތާއަކު 12،000 ރުފިޔާ
އުރީދޫ އެޕް މެދުވެރިކޮށް ރީޗާޖުކޮށްގެން ނުވަތަ ޝަރުތު ހަމަވާ ޕެކްތައް އެކްޓިވޭޓްކޮށްގެން، ކޮންމެ ހަފްތާއަކު 12،000 ރުފިޔާ އަދި ގްރޭންޑް ޕްރައިޒްގެ ގޮތުގައި 100،000 ރުފިޔާ ހޯދުމުގެ ފުރުސަތު ޕްރީޕެއިޑް ކަސްޓަމަރުންނަށް ލިބޭ އައު "ރީޗާޖް އެންޑް ވިން" ޕްރޮމޯޝަން އުރީދޫ މޯލްޑިވްސްއިން ފަށައިފިއެވެ.
22 Sep 2026
ތިން އަހަރަށްފަހު ޣައްޒާގެ ދަރިވަރުން ކްލާސްރޫމްތަކަށް
އިސްރާއީލުން ޣައްޒާއަށް ދެމުންގެންދިޔަ ލާއިންސާނީ ހަމަލާތަކާއި ޤަތުލްޢާއްމުގެ ސަބަބުން ތިން އަހަރު ދުވަހު ތަޢުލީމުން މަޙްރޫމްވެފައި ތިބި އެތައް ލައްކަ ކުދިންނެއް، ހޮނިހިރު ދުވަހު އަލުން ކްލާސްރޫމްތަކަށް ހާޒިރުވެ ކިޔަވަން ފަށައިފިއެވެ.
22 Sep 2026
ސިންގަޕޫރު ކަނޑުއޮޅިން ބިރުވެރި މަންޒަރެއް
ސިންގަޕޫރު ކަނޑުއޮޅި ސަރަހައްދުން ދަތުރުކުރި 229 މީޓަރުގެ ބޮޑުމުދާ އުފުލާ ބޯޓެއް، ޗައިނާގެ މަސްބޯޓެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގެ ބިރުވެރި މަންޒަރުތައް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.
22 Sep 2026
ސައިކަލެއް ވައްޓާލާ ވީޑިއޯގެ ހަގީގަތް ފުލުހުން ހާމަކޮށްފި
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ޓްރަކަކުން ސައިކަލެއް ތިރިއަށް ވައްޓާލާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، އެކަމުގެ ހަގީގަތް ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
22 Sep 2026
އުނަގަނޑުގައި ރިއްސުމާއި ފައިގެ ރިހުންތައް ކުޑަކުރުމަށް ވެލޯސް ފައިވާނުން އެހީވާގޮތް
ވެލޯސް ބްރޭންޑްގް ފައިވާން ރާއްޖެއިން ލިބެން ހުންނާނީ ”ބަނޫން“ ފިހާރައިންނެވެ. ބަނޫން ފިހާރަ ހުންނާނީ ހުޅުމާލޭ ނިރޮޅުމަގުގައެވެ. ގުޅޭނެ ނަންބަރަކީ 7723041 އެވެ.
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ