Advertisement

ގަވައިދާ ހިލާފަށް ރަޖިސްޓްރީކުރި އިތުރު 98 އުޅަނދުގެ ރަޖިސްޓްރީ ބާތިލްކޮށްފި

ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ-- ފޮޓޯ: އަވަސް

ގަވައިދާ ހިލާފަށް ރަޖިސްޓްރީ ކުރި އިތުރު 98 އުޅަނދުގެ ރަޖިސްޓްރީ، ޓްރާންސްޕޯޓް މިނިސްޓްރީން ބާތިލްކޮށްފިއެވެ. 

އެކަން އަންގައި އެ މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، ޤަވާއިދާއި ޚިލާފަށް ރަޖިސްޓްރީ ކޮށްފައިވާ ވެހިކަލް ތަކެއްކަން މިމިނިސްޓްރީ އަށް ފާހަގަ ކުރެވިފައިވާ އުޅަނދުތަކެއްގެ ރެޖިސްޓްރީ ބާތިލްކޮށްފައިވާ ކަމަށެވެ. 

އެގޮތުން ރެޖިސްޓްރީ ބާތިލް ކުރެވުނު އުޅަނދުތަކުގެ ތެރޭގައި ރާއްޖޭގައި ރަޖިސްޓްރީ ކުރެވޭ އުމުރު ހަމަވެފައިވާ އަދި ގަވައިދާ ހިލާފަށް މާލެ ޒޯނަށް ރަޖިސްޓްރީ ބަދަލުކޮށްފައިވާ އުޅަނދު ހިމެނޭ ކަމަށްވެސް އެ އިއުލާނުގައި ވެއެވެ. 

ޓްރާންސްޕޯޓް މިނިސްޓްރީގެ އެ އިއުލާނުގައި، ރެޖިސްޓްރީ ބާތިލް ކުރެވުނު އުޅަނދުތަކުގެ ރެޖިސްޓްރީ ނަންބަރުތައްވެސް ހިމަނާފައިވާ އިރު އެ ލިސްޓުގައި 98 އުޅަނދު ހިމެނެއެވެ. 

ގިނަ އަދަދެއްގެ އުޅަނދުގެ ރަޖިސްޓްރީ ބާތިލްކުރިިއިރު، މިިދިޔަ މަހުގެ ތެރޭގައި ވެސް ވަނީ ގަވައިދާ ހިލާފަށް ރަޖިސްޓްރީކުރި 37 އުޅަނދުގެ ރަޖިސްޓްރީ ބާތިލްކޮށްފަ އެވެ.

Advertisement

ކޮމެންޓް