ރައީސް ޔާމީން ސުޕްރިމް ކޯޓުން ނިކުމެވަޑައިގަންނަވަނީ/ ފޮޓޯ: ސަންގު
ހަބަރު
05 Oct 2022 | 16:52
ވ. އާރަށް މައްސަލަ: އޮޅުވާލައިގެން އާ ހެކިތަކެއް ހުށައަޅަން ދައުލަތުން މަސައްކަތް ކޮށްފި

ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާދަތަކާއި ގުޅޭ އަޑުއެހުމެއް މިއަދު ކްރިމިނަލް ކޯޓުގައި ބާއްވާފައިވާއިރު، އޮޅުވާލުމެއްގެ ތެރެއިން އާ ހެކިތަކެއް ހުށައެޅުމަށް ދައުލަތުން މަސައްކަތްކޮށްފައިވާކަމަށް ރައީސް ޔާމީންގެ ޓީމުގެ އިސް ވަކީލު ޑރ. މުހައްމަދު ޖަމީލު ވިދާޅުވެއްޖެއެވެ.

މިއަދުގެ އަޑުއެހުމަކީ ހެއްކާއި ގުޅޭގޮތުން ވާހަކަދެއްކުމަށް ތާވަލުކުރެވުނު ނަމަވެސް ދިފާއުން ވަނީ ހެކި ދިރާސާކުރުމަށް އެކަށީގެންވާ ވަގުތު ލިބިފައި ނުވާކަން ފާހަގަކުރައްވާ އިތުރު ވަގުތު ދިނުމަށް އެދިވަޑައިގަންނަވާފައެވެ. އަދި ހެކި ދިރާސާކުރުމަށް ބޭނުންވާ ވަސީލަތްތައްވެސް ފޯރުކޮށްދިނުމަށް އެދިފައިވެއެވެ. 

އެއާއެކު މިއަދުގެ އަޑުއެހުމުގައި ހެއްކާއި ގުޅޭގޮތުން ވާހަކަދައްކާފައެއް ނުވެއެވެ. 

ހެކިންގެ ކްރެޑިބިލިޓީއާއި ގުޅޭކަމަށް ބުނެ އާ ހެކިތަކެއް 

މިއަދުގެ އަޑުއެހުމުގައި ދައުލަތުން ވަނީ އެ މައްސަލައާއި ގުޅިގެން ނެގި ހެކިންގެ ހެކިބަސް ކަށވަރުކުރުމަށް ކަމަށް ބުނެ މުޅިން އާ ހެކިތަކެއް ކޯޓަށް ހުށައަޅާފައެވެ.

ދައުލަތުން ބުނީ ޝަރިއަތުގެ މަރުހަލާގައި ދިފާއުން ހެކި ހުޅައެޅިއިރު އެ ހެކިތައް ހުށައަޅާ ސަބަބުގައި ހުރި ކަންކަމުގެ އިތުރުންވެސް އަދި އެ ސަބަބުތަކާއި ދެކޮޅަށްވެސް ހެކި ލިބިފައިވާކަމަށެވެ. އަދި އެއީ ދިފާއީ ހެކިންގެ މައުލޫމާތުތައް ތަހުގީގު މަރުޙަލާގައި ހުށައަޅާފައިނުވާތީ ދައުލަތުން ހުށައެޅި އައު ހެކިތަކެއްކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ. އެއީ ދިފާއީ ހެކިންގެ "ކްރެޑިބިލިޓީ" އާ ގުޅޭ ހެކިތަކެއްކަމަށް ދައުލަތުން ބުނެއެވެ.

ހެކިންގެ ހެކިބަހާ ގުޅޭ އާ ހެކި ހުށައެޅުމަކީ ޖިނާއީ އިޖުރާއަތު ދަންނަކަމެއް ނޫން: ދިފާއުން

ދައުލަތުން ހުށައެޅި ލިޔެކިޔުންތަކާއި ގުޅިގެން ރައީސް ޔާމީންގެ ފަރާތްޕުޅުން އިސް ގާނޫނީ ވަކީލު ވިދާޅުވީ ދައުލަތުން އާ ހެކިތަކެއް މަޖިލީހަށް ހުށައަޅާފައިވާއިރު، އެ ލިޔެކިޔުންތައް ދިފާއަށް ލިބިފައިވަނީ މިއަދު ޝަރީއަތުގެ މަޖިލީހަށް އައި ފަހުންކަމަށެވެ. އަދި ހެކިބަސް ނެގުމަސް ފަހު މުޅިން އާ ހެކިތަކެއް މި ގޮތަށް ހުށައެޅުމަކީ ޖިނާއީ އިޖުރާއަތު ދަންނަކަމެއް ނޫންކަމަށް ޑރ ޖަމީލު ވިދާޅުވިއެވެ. އަދި އެކަމަކީ ސަރީހަކޮށް ގާނުނުތަކުގައި ލިޔެފައިވާ ސާފު މައްސަލައެއްގެ ގޮތުގައި ޑރ ޖަމީލު ފާހަގަކުރެއްވިއެވެ. 

އެ މައްސަލައާއި ގުޅިގެން ގާނޫނީ ނުގުތާތަށް އިތުރަށް ތަފްސީލުކޮށްދެއްވަމުން ޑރ ޖަމީލު ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ 117 އިން 120 ވަނަ މާއްދާއަށް ބަލާއިރު، އާ ހެކިތަކެއް ހުށައެޅުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށެވެ. ޖިނާއީ އިޖުރާއަތުގެ 83 ވަނަ މާއްދާއަށް ބެލިކަމުގައި ވީނަމަވެސް ދައުލަތުން ހުށައަޅާފައިވާ ހެކިތަކަކީ އުސޫލުތަކުން ބޭރުން މި މައްސަލައިގެ މިސްރާބު ބަދަލުކޮށްލުމަށް ހުށައަޅާފައިވާ ހެކިތަކެއްކަމުގައި ދަންނަވަން ޖެހޭކަމަށް ޑރ. ޖަމީލު ވަނީ ވިދާޅުވެފައެވެ. 

ދައުލަތުން އަލަށް ހުށައެޅި ލިޔެކިޔުންތަކަކީ ދައުވާ ފޯމާއި އެކީގައި ހުށައަޅަން ޖެހޭ ލިޔުންތަކަކަށް ވާއިރު އެކަން ނުކުރައްވާ އަލުން އާ ހެކިތަކެއް ހުށައެޅުމަކީ ބަލައިގަނެވޭ ކަމެއް ނޫންކަމަށް ޑރ ޖަމީލު ވިދާޅުވިއެވެ. 

އަދި އެއީ މީގެކުރިން ރައީސް ޔާމީންގެ މައްޗަށް އުފުލި ދައުވާއާއި ގުޅިގެން ކްރިމިނަލް ކޯޓުގައި ކުރިއަށް ދެންދިޔަ ޝަރީއަތުގައިވެސް ދައުލަތުން އަމަލުކޮށްފައިވާ ގޮތްކަން ޑރ ޖަމީލު ފާހަގަކުރެއްވިއެވެ. 

އެގޮތުން ރައީސް ޔާމީންގެ މައްޗަށް މީގެ ކުރިން އުފުލު ދައުވާތަކުގައި ކްރިމިނަލް ކޯޓަށް ހުށައެޅި މައްސަލައެއްގައި ޝަރީއަތުގައި ނެތް ވާހަކަތަކެއް ހިމަނާފައި ހުރިކަން ރާއްޖޭގެ ސުޕްރިމް ކޯޓުގެ 2021/30 ވަނަ ގަޒިއްޔާގައި ފާހަގަކޮށްފައިވާކަމަށް ޑރ ޖަމީލު ވިދާޅުވިއެވެ.

އެކަމާ ގުޅޭގޮތުން ޔޫސުފް ނައީމްގެ ވަކީލު ވިދާޅުވީ، ފަރުވާތެރިކަން ނެތުމުގެ ސަބަބުން ތަހުގީގު މަރުޙަލާގައި ހޯދިފައިނުވާ ހެކިތަކަކީ އައު ހެކިތަކެއްކަމަކަށް ނުބެލެވޭނެ ކަމަށެވެ.

ދައުލަތުން ހުށައަޅާފައިވާ ލިއުންތަކަކީ މީގެ ކުރިންވެސް އެކަށީގެންވާ މަސައްކަތް ކޮށްގެން ހޯދެން އޮތް ހެކިތަކެއްކަމަށް ޔޫސުފް ނައީމްގެ ވަކީލު ވިދާޅުވިއެވެ. ދައުލަތުގެ ހެކިތަކުގެ ތެރޭގައި އަހުމަދު ނަރީޝްގެ ހާޒިރީ ރިޕޯޓެއްވެސް ހިމެނޭކަމަށް މިސާލެއްގެ ގޮތުން ދިފާއީ ވަކީލު ފާހަގަ ކުރެއްވިއެވެ.

ދައުލަތުން މަސައްކަތް ކުރީ އޮޅުވާލައިގެން ހެކި ހުށައަޅަން

ދައުލަތުން ހުށައެޅި ލިޔުންތަކާއި ގުޅިގެން ދިފާއުން ދެއްކި ވާހަކަތަކަށް ބަލާއިރު އެ ހިކެތަކަކީ އުފައްދާފައިވާ އަދި ދައުލަތަށް ހުށަނޭޅޭނެ ހެކިތަކެއްކަން ހުށައެޅުމަށް މަސައްކަތްކޮށްފައިވާކަން އެނގެއެވެ. އަދި އެ ހިކަތަށް ހޯދި ގޮތާއި ގުޅޭ އެއްވެސް މައުލޫމާތެއްވެސް ނޭނގޭކަން ހާމަވެއެވެ.

އަދި ހެއްކާއި ގުޅޭގޮތުން ވާހަކަދެއްކުމަށް އޮތް މަރުލަހާގައި ކުރެވެން ނެތްކަމެއް ކުރުމަށް ދައުލަތުން މަސައްކަތްކޮށްފައިވާކަން ގާނޫނީ ގިނަ ނުގުތާތަކުގެ އަލީގައި ދިފާއުން ވަނީ ބަޔާންކުންކޮށްފައެވެ. އަދި ނެތް މައްސަލައެއްގައި އިތުރު އެއްޗެހިތަކެއް އުފައްދަން ދައުލަތުން މަސައްކަތްކޮށްފައިވާކަންވެސް ދޭހަވާ މޭރުމަރުން ދިފާއުން ވަނީ ފާހަގަކުރައްވާފައެވެ.  

އަދި މިފަދަ ގިނަ ސަބަބުތަކެއް ހުރުމުން ދައުލަތުން އޮޅުވާލުމެއްގެ ތެރެއިން ހުށައަޅާފައިވާ ހެކިތައް ބަލައިނުގަތުމަށް ދިފާއުން ވަނީ އެދިފައެވެ. 

މި މައްސަލައާއި ގުޅިގެން ގޮތެއް ނިންމުން އޮންނާނީ ދެން އޮންނަ އަޑުއެހުމެއްގައިކަމަށް މައްސަލަ ބައްލަވާ އިސް ޣާޒީ އަހުމަދު ޝަކީލު ވަނީ ވިދާޅުވެފައެވެ. އެގޮތުން ދެން މި މައްސަލައިގެ އަޑުއެހުމެއް އޮންނާނީ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުގައެވެ. އެ ދުވަހުގައި އޮންނާނީ ދައުލަތުން ހުށައަޅާފައިވާ ހެކި ބަލައިގަތުމާ މެދު ގޮތެއް ނިންމުމާއި ހެއްކާއި ގުޅޭގޮތުން ވަހަކަދެއްކުންކަމަށް އިސް ޣާޒީ ވަނީ ވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.