އުރީދޫ މޯލްޑިވްސް އިން ޖަލްބޫޓް މޯލްޑިވްސް އާއި އެކު ސްޓްރެޓީޖިކް ޕަރޓްނަރޝިޕްއެއް ގާއިމްކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން--ފޮޓޯ: އުރީދޫ
ވިޔަފާރި
05 Oct 2022 | 23:02
އުރީދޫ އިން ޖަލްބޫޓް މޯލްޑިވްސް އާއެކު ޕާޓްނާޝިޕަކަށް

އުރީދޫ މޯލްޑިވްސް އިން ޖަލްބޫޓް މޯލްޑިވްސް އާއި އެކު ސްޓްރެޓީޖިކް ޕަރޓްނަރޝިޕްއެއް ގާއިމްކޮށް ފަތުރުވެރިންނަށް ފަސޭހަކަމާއެކު ޓެލެކޮމިއުނިކޭޝަން ހިދުމަތްތައް ހޯދުމުގެ ފުރުސަތު ފަހިކޮށްދީފިއެވެ. 

އުރީދޫ މޯލްޑިވްސް އިން މިއަދު ވަނީ ރާއްޖޭގެ މެރިން ސަރވިސަސްގައި ކުރިއަރަމުން އަންނަ ޖަލްބޫޓް މޯލްޑިވްސް ގެ އުޅަނދުތަކުގައި ދަތުރު ކުރާ ފަތުރުވެރިންނަށް ފަސޭހަކަމާއެކު މުވާސަލާތީ ޙިދުމަތްތައް ފަހިކޮށްދީ، ޑިޖިޓަލް ހައްލުތަކާއެކު ޖަލްބޫޓްއިން ފޯރުކޮށްދޭ ޙިދުމަތްތަކަށް އިތުރު ފުރިހަމަކަމެއް ގެނައުމުގެ މަގްސަދުގައި އެ ކުންފުންޏާއެކު ޕަރޓްނަޝިޕްއެއް ގާއިމަކޮށްފައެވެ.

އުރީދޫއިން ބުނީ، މި ޕާޓްނަރޝިޕް އެކުލަވާލާފައިވަނީ ފަތުރުވެރިން ރާއްޖޭގައި ތިބޭ މުއްދަތުގައި ކަސްޓަމަރ މުވާސަލާތީ ޙިދުމަތްތައް ހޯދުމުގައި ލުއި ގޮތްތަކެއް ހޯދައިދީ ޓުއަރިސްޓުންގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރުމުގެ މަޤްޞަދުގައި ކަމަށެވެ. އަދި އިތުބާރު ހުރި އިންޓަނެޓް ގެ ހިދުމަތަކީ މިއަދުގެ ފަތުރުވެރިކަމުގެ ސިނާއަތުގައި އެންމެ މަތީ ފަންތީގެ ހިދުމަތްތައް ފޯރުކޮށްދިނުމަށާއި ޓޫރިސްޓުންނަށް ޚަބަރާއި މައުލޫމާތު އަދި ރަހުމަތްތެރިންނާއި އާއިލާއާ ގުޅުވާލައި، ދަތުރުކުރާއިރު ވިޔަފާރީގެ ކަންކަމުގައި ބައިވެރިވުމަށް ވަރަށް މުހިންމު ހިދުމަތެއް ކަންވެސް އެ ކުންފުނިން ފާހަގަކުރެއެވެ. 

މި ޕާޓްނަރޝިޕް އިޢުލާންކޮށްފައިވަނީ ޖަލްބޫޓް މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ، މޮހަމަދު ރޮއެސްތަލީ އާއި އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ މިސްޓަރ ޚާލިދު އަލް ޙަމާދީގެ އިތުރުން ދެ ކުންފުނީގެ މެނޭޖްމަންޓުގެ ހާޒިރުގައި އުރީދޫ މޯލްޑިވްސް ހެޑް އޮފީހުގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައެވެ.

"މި ޑިޖިޓަލް ޒަމާނުގައި އިތުބާރު ހުރި ޓެލެކޮމް އަދި އިންޓަނެޓްގެ ހިދުމަތް ލިބުމަކީ ވަރަށް މުހިންމު ކަމެއް. އަދި ޖަލްބޫޓް މޯލްޑިވްސްއާއެކު މި ސްޓްރެޓީޖިކް ޕާޓްނަރޝިޕްގެ ދަށުން، އަޅުގަނޑުމެންގެ އަމާޒަކީ ފަތުރުވެރިންނަށް ސީދާ ބޯޓުތަކުން ސިމް ކާޑު ބައްލަވައިގަތުމުގެ ލުއި ގޮތްތަކެއް ހަމަޖައްސައިދިނުން." އުރީދޫ މޯލްޑިވްސްގެ މެނޭޖިންގް ޑިރެކްޓަރ އަދި ސީއީއޯ، ޚާލިދް އަލް-ހަމާދީ ވިދާޅުވިއެވެ. 

"ޖަލްބޫޓް މޯލްޑިވްސްގެ ކުރިއެރުމަށް ކޮމިއުނިކޭޝަންސް އަދި ޓެކްނޮލޮޖީ އަކީ ވަރަށް މުހިއްމު ހިދުމަތެއް. އެގޮތުން އުރީދޫ އަކީ ކުރިއަރަމުން އަންނަ ޑިޖިޓަލް ހިދުމަތްތައް ފޯރުކޮށްދިނުމުގައި މުހިންމު އިސްރޯލެއް އަދާ ކުރާ ކުންފުންޏެއް. މުޖުތަމަޢުގެ ދިރިއުޅުން މުއްސަނދިކުރުމަށް އެއް މިސްރާބަކަށް މަސައްކަތްކުރާ ދެ ކުންފުންޏެއްގެ ހައިސިއްޔަތުން މި ޕަރޓްނަރޝިޕާއެކު ޓުއަރިސްޓުންގެ ތަޖުރިބާ އިތުރަށް ފުރިހަމަވެގެންދާނެ." ޖަލްބޫޓް މޯލްޑިވްސް ގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ރޮއެސްޓާލީ ވިދާޅުވިއެވެ. 

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އެހީތެރިވުމުގެ ގޮތުން އުރީދޫ މޯލްޑިވްސްއިން ކުރާ މަސައްކަތުގެ ދަށުން މި ސްޓްރެޓީޖިކް ޕާޓްނަރޝިޕް ގާއިމްކުރެވިފައިވަނީ ޖަލްބޫޓް މޯލްޑިވްސްގެ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު އެއްވެސް ކައުންޓަރަކަށް ނުވަތަ ފިހާރައަކަށް ދިއުމުގެ އުނދަގުލެއް ނެތި ސީދާ ބޯޓުތަކުން އުރީދޫ ގެ ޓުއަރިސްޓް ސިމް ކާޑު ލިބިގެންދާނެއެވެ.

ޖަލްބޫޓް މޯލްޑިވްސް އަކީ ފެންވަރު ރަނގަޅު، ފުރިހަމަ އިންޓަގްރޭޓެޑް މެރިން ސޮލިއުޝަންތައް ކަމަށްވާ ވޯޓާ ޓްރާންސްޕޯޓް، މެރީނާ މެނޭޖްމަންޓް، ކަސްޓަމް ބޯޓުތައް ޑިޒައިންކޮށް އުފެއްދުމާއި، ވޯޓާ ސްޕޯޓްސް އަދި ލަގްޒަރީ ޗާޓަރ ދަތުރުތައް ކުރުން ފަދަ ޙިދުމަތް ފޯރުކޮށްދިނުމަށް ހާއްސަ ކުންފުންޏެކެވެ.ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް 50 އަހަރު ފުރުން ފާހަގަކުރަމުންދާއިރު، ޑިޖިޓަލް ޚިދުމަތްތައް މެދުވެރިކޮށް މި ދާއިރާއަށް އެއްބާރުލުންދީ، ޓުއަރިސްޓުން ރާއްޖޭގައި ތިބޭ މުއްދަތުގައި އާއިލާއާއި ރައްޓެހިންނާއި ގުޅުވާލަދީ، އީޖާދީ ޚިދުމަތްތަކާއެކު ފަތުރުވެރިކަމުގެ ސިނައަތައް އިތުރު ފުރިހަމަކަމާއި ކުރިއެރުން ހޯދައިދިނުމުގައި ދެމިތިބޭނެ ކަމުގެ ޔަގީންކަން އުރީދޫ މޯލްޑިވްސްއިން އަރުވައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އަހަރުގެ އެންމެ މޮޅު އިންޖިނޭރުގެ އެވޯޑާއެކު ދެ އެވޯޑެއް ޑރ. ފުރުގާން
މީގެ އިތުރުން އެހެން އެވޯޑެއް ވެސް އޭނާއަށް ވަނީ ލިބިވަޑައިގެންފަ އެވެ. އެއީ އިންޖިނިއަރިން އިނޮވޭޝަން، ޓެކްނޮލޮޖީ އެޑިއުކޭޝަން އެންޑް ރިސާޗް އެވޯޑެވެ.
10 Sep 2026
އާސެނަލްގެ ކޯޗު އާޓެޓާގެ އާ އެއްބަސްވުން ފައިނަލް ކުރުމުގެ މަސައްކަތް ނިމުމަކަށް
އައު އެއްބަސްވުމާއެކު، އާޓެޓާ ވެގެންދާނީ ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ލިބޭ ކޯޗުންގެ ތެރެއިން އެކަކަށެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސް ހަފްލާ؛ އެންމެ ގިނަ އެވޯޑާއެކު އެމްޑަބްލިއުއެސްސީއަށް ބޮޑު ޝަރަފެއް
މިރޭ އޮތް ހަފްލާގައި ޝަރަފުވެރި ދެ އެވޯޑެއް އެ ކުންފުންޏަށް ވަނީ ލިބިފައިވެ އެވެ. އަދި އިންޑިވިޖުއަލް ކެޓަގަރީން އިތުރު ދެ އެވޯޑެއް ވަނީ ލިބިފަ އެވެ.
10 Sep 2026
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފި
މުބާރާތުގެ އޮޑިޝަން ބުރުގައި 2742 ބައިވެރިން ކިޔަވާފައިވާއިރު، ސެމީ ފައިނަލް ބުރަސް 379 ދަރިވަރުން ވަނީ ހޮވިފައެވެ.
10 Sep 2026
ސިނަމާލެ ބްރިޖް ސަރަހައްދަށް ތެޔޮ ބޯޓެއް އުރިއްޖެ
ބޯޓު ނަގިލި ކަހާލައިގެން އައިސް ފުރަތަމަ ލައްވީ ބްރިޖްގެ ތަނބަކަށެވެ. ތަނބަށް ލައްވުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބުނު މަންޒަރު ވީޑިއޯތަކުން ފެނުނުއިރު، ބްރިޖަށް ލިބުނު ގެއްލުމެއް އަދި ސާފެއް ނުވެއެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސްގައި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ހިދުމަތްތެރި ތިން ބޭފުޅަކަށް އަރުވައިފި
އެވޯޑްސް އަރުވާފައި ވަނީ ސްޓެލްކޯގެ ކުރީގެ މެެނޭޖިން ޑިރެކްޓަރު އަބްދުއް ޝަކޫރު ސާލިހާއި ސްޓެލްކޯގެ ޗެއާމަން ކަމާއި ސީއީއޯގެ މަގާމު ފުރުއްވާފައިވާ އަލްމަރްޙޫމް މުޙައްމަދު ރަޝީދުގެ އިތުރުން ރާއްޖޭގެ އިންޖިނިއަރިން ދާއިރާއަށް ދިގު މުއްދަތަަކަށް ޚިދުމަތް ކޮށްދެއްވާފައިވާ އަލްމަރްހޫމް އަޙްމަދު މަޙްރީންއަށެވެ.
10 Sep 2026
ކެލާ ބަލިކޮށް ފިނޭއިން އުއްމީދު އާކޮށްފި
އެންމެފަހުން ހަނިމާދޫ އާ ދެކޮޅަށް ކުޅުނު މެޗުްނ ފިނޭ ބަލިވެފައިވާތީވެ، މިއަދުގެ މެޗަށް އެޓީމް ނިކުތީ މެޗުން މޮޅުވުމުގެ އަޒްމުގައެވެ
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38
އދ. މަހިބަދޫގައި ކުރިއަށްދިޔަ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38 ޓީމުން ހޯދައިފިއެވެ.