ރައީސް ޔާމީން އާއި ޑރ. ޖަމީލް-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
06 Oct 2022 | 10:25
އައު ރަންވޭ ކަށަވަރު ކޮށްދެނީ ރައީސް ޔާމީން އަކީ ޒަމާނީ ތަރައްގީގެ ބާނީކަން: ޑރ. ޖަމީލް

ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތަރައްގީކުރި އައު ރަންވޭއިން ރަމްޒު ކޮށްދެނީ ރައީސް ޔާމީން އަކީ ޒަމާނީ ތަރައްގީގެ ބާނީކަން ކަމަށް އެމަނިކުފާނުގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ. 

ރައީސް ޔާމީންގެ ވެރިކަމުގައި، ޗައިނާގެ ބީޔޫސީޖީ ކުންފުންޏާ ހަވާލުކޮށްގެން ތަރައްގީކުރިމުގެ މަސައްކަތުގެ ބޮޑުބައި ނިމި، ޓެސްޓް ފްލައިޓް ވެސް ޖައްސާފައިވަނިކޮށް، ވެރިކަން ބަދަލު ވުމުގެ ސަބަބުން އެ ރަންވޭ ރަސްމީކޮށް ހުޅުވުން މިހާތަނަށް ލަސްވެފައި ވާއިރު، މިއަދު ހެނދުނު އެތަން ވަނީ ރަސްމީކޮށް ހުޅުވާފައެވެ. 

އެކަމާއި ގުޅިގެން ޑރ. ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެއްވެސް ބަހުސެއް ނެތް ގޮތުގައި، ވީއައިއޭގެ އައު ރަންވޭ ކަށަވަރުކޮށްދެނީ ރައިީސް ‎ޔާމީން އަކީ ޒަމާނީ ތަރައްޤީގެ ބާނީކަންކަމަށެވެ.

އަދި ކުރީގެ ރައީސް އިބްރާހިމް ނާސިރު އާއި ރައީސް ޔާމީން އަކީ އެހެން ލީގެއްގެ ވެރިން ކަމަށާ، އެހެންނަމަވެސް، މިހާރުގެ ރަައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ހަރު ކޮންނަވަނީ އެމަނިކުފާނުގެ މިންވަރުން ކަމަށް ވިދާޅުވެ ޖަމީލް ވަނީ ރައީސް ޞާލިހަށް ފާޑުވިދާޅުވެފައެވެ.

"މިހާރުގެ ވެރިމީހާ ހަރުކޮންނަނީ އެބޭފުޅާގެ މިންވަރުން. ކްލާސްރޫމް، ބަސްހުއްޓި، އިންޖީނުގެ، ރީބްރޭންްޑްކުރުން." ޑރ. ޖަމީލް ވިދާޅުވިއެވެ. 

ޖަމީލް އިތުރަށް ވިދާޅުވީ ކުރިއަށް އޮތް 2023 ވަނަ އަހަރުގައި، ވެރިކަމަށް ރައީސް ޔާމީން އިންތިޚާބުކުރަން ދިވެހިން ބޭނުންވަނީ އެމަނިކުފާނަކީ ވިޝަނަރީ، ކެރުންތެރި، ދިވެހިންނަކީ އެހެން ގައުމުތަކަށްވުރެ ދަށް، އިންފީރިއަރ ބައެއްކަމަށް ގަބޫނުކުރައްވާ ބޭފުޅަކަށް ވާތީކަމަށެވެ.

"އާރަންވޭ އަކީ މިދިޔަ 60 އަހަރުތެރޭގައި އިގްތިޞާދަށް ވެރިޔަކު ކުރެއްވި އެންމެ ބޮޑު އެއް މަސައްކަތް." ޑރ. ޖަމީލް ވިދާޅުވި އެވެ. 

ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ތަރައްގީކުރި އާ ރަންވޭ އެޅުމުގެ މަސައްކަތް 2017 ވަނަ އަހަރު ފެށިއިރު، 2018 ވަނަ އަހަރު ރަންވޭގެ މަސައްކަތް ނިންމައި އެ އަހަރުގެ ސެޕްޓެމްބަރުމަހުގެ 18 ވަނަ ދުވަހު ވަނީ ޓެސްޓް ފްލައިޓް ޖައްސާފައެވެ. 

އައު ރަންވޭ ތަރައްގީކުރުމުގެ މަޝްރޫއަށް ގާތްގަނޑަކަށް 373 މިލިއަން ޑޮލަރު ނުވަތަ 5.7 ބިލިއަން ރުފިޔާ ވަނީ ޚަރަދުވެފައެވެ. ދިގުމިނުގައި 3400 މީޓަރު އަދި ފުޅާމިނުގައި 65 މީޓަރުގެ ކޯޑް-އެފްގެ މިންގަނޑަށް ފެތޭ ގޮތަށް އަޅާފައިވާ ރަންވޭއެކެވެ. މިރަންވޭ މިއަދު ބޭނުން ކުރަން ފެށުމާއި އެކު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ގަޑިއެއްގެ އިރުގެ ތެރޭގައި ޖައްސައި އަދި ފުރާ ފުލައިޓްތަކުގެ އަދަދު 8 އިން 20ށް ވުރެ މަތިވާނެއެވެ. އަދި މަތިންދާ ބޯޓު ޖެއްސުމަށްފަހުގައި ރަންވޭ ހުސްކުރުމަށް ހޭދަވާ 10 ވަރަކަށް މިނެޓް 2 މިނިޓަށް ކުރުވެ، ފްލައިޓް ޑިލޭވުމަށްވެސް ހައްލެއް ލިބިގެންދާނެއެވެ.

ކޮމެންޓް
ބޮއްބެ ޖަމީލާ
ޖަމީލު އަށް މާބޮޑަށް އެނގެނީ
06 Oct 2022
ގުޅޭ ލިޔުންތައް
08 Sep 2026
މިދިޔަ ހަފްތާގައި މާލެ ސަރަހައްދުން ހިމަބިހީގެ 12 ކޭސް
މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުންނާއި ކަމާބެހޭ އިދާރާތަކުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިހާތަނަށް 16،320 ފަރާތަކުން ވަނީ ހިމަބިހީގެ ވެކްސިން ފުރިހަމަކޮށްފައެވެ
08 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވަނީ
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދަތުރުފުޅަކީ، ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ގުޅިގެން ކުރައްވާ ދަތުރުފުޅެކެވެ
08 Sep 2026
ފިޒިއޮތެރަޕީގެ ދާއިރާ ކުރިއެރުވުމަށް އެމްއެންޔޫ އާއި އެމްޕީއޭ ދެމެދު އެމްއޯޔޫއެއް
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި މޯލްޑިވްސް ފިޒިއޮތެރަޕީ އެސޯސިއޭޝަން (އެމްޕީއޭ) އާ ދެމެދު ފަހުމުނާމާ (އެމްއޯޔޫ) އެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދުނިޔޭގެ ފިޒިއޮތެރަޕީ ދުވަހާ ގުޅުވައިގެން، މިއަދުއެވެ.
08 Sep 2026
ޖަމާލުއްދީން ސްކޫލުގެ ދަރިވަރުންނަށް ކެރިއަރ ގައިޑެންސް ސެޝަނެއް ބާއްވައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އިންތިޒާމުކޮށްގެން، ޖަމާލުއްދީން ސްކޫލުގެ ގްރޭޑް 8 ގައި ތަޢުލީމު ޙާޞިލުކުރަމުންދާ ގާތްގަނޑަކަށް 300 އެއްހާ ދަރިވަރުންނަށް ޚާއްޞަކޮށްގެން ކެރިއަރ ގައިޑެންސް ސެޝަނެއް ބާއްވައިފިއެވެ.
08 Sep 2026
ހޫނުން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފި
ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އިހްސާސް ކުރެވޭ ހޫނުމިން އިންތިހާއަށް މަތިވަމުންދާތީ، ހޫނުގެ ސަބަބުން ސިއްޙަތަށް ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް ޚާއްޞަ ފިޔަވަޅުތަކެއް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
08 Sep 2026
އަލިފާނުގެ ހާދިސާއާ ގުޅޭ އިތުރު އެއްވެސް މަޢުލޫމާތު ޔާމީނަށް އެނގިވަޑައިނުގަންނަވާ
އަމީނީމަގުގައި ހުންނަ ސަރުކާރުގެ ތިން ވުޒާރާއެއް ހިންގަމުންދިޔަ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅޭގޮތުން، އެމަނިކުފާނަށް އިތުރު އެއްވެސް މަޢުލޫމާތެއް އެނގިވަޑައިނުގަންނަވާ ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
08 Sep 2026
އިންޑިއާގެ 175 އަހަރުވީ ފައްޅިއެއް ގަންގާ ކޯރުގެ ތެރެއަށް ފެތިއްޖެ
އިންޑިއާގެ ހުޅަނގު ބެންގާލްގެ މާލްދާ ޑިސްޓްރިކްޓަށް ކުރިމަތިވެފައިވާ ފެންބޮޑުވުމާއި ކޯރުގެ އައްސޭރިފަސް ގިރުމުގެ ހާދިސާތަކުގައި، ރަތުއާ ސަރަޙައްދުގައި ހުރި 175 އަހަރުވީ ޒަމާންވީ ފައްޅިއެއް އާދީއްތަ ދުވަހު ގަންގާ ކޯރުގެ ތެރެއަށް ވެއްޓި ފެތިއްޖެއެވެ.
08 Sep 2026
ޕެންޝަން އޮފީހުގެ ބޯޑު މެންބަރުންގެ އަދަދު އިތުރުކޮށް ގަވާއިދަށް ބަދަލެއް
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު މެންބަރުންގެ އަދަދު ނުވަޔަކަށް އިތުރުކޮށް، އެ އޮފީހުގެ ހިންގާ ގަވާއިދަށް އިސްލާހު ގެނެސްފިއެވެ.