ހެލްތު މިނިސްޓަރު އަހުމަދު ނަސީމް - ފޮޓޯ: ރައީސް އޮފީސް
ހަބަރު
06 Oct 2022 | 13:20
ޑަބްލިޔުއެޗްއޯއިން މަނާ ކުރި ކޮފް ސިރަޕް ރާއްޖެ އެތެރެ ނުކުރޭ: މިނިސްޓްރީ

ގެމްބިއާގެ ތުއްތު ކުދިންތަކެއް ކިޑްނީ މައްސަލަ ތަކެއް ކުރިމަތި ވުމަށްފަހު ނިޔާވީ އިންޑިޔާގެ ކުންފުންޏަކުން އުފައްދާފައިވާ ކޮފް ސިރަޕް އެއް ނުވަތަ ރޯގާ އަށާއި ކެއްސާތީ ދޭ ބޭހެއް ބޮއިގެން ކަމަށް ބެލެވޭ ކަމަަށް ބުނެ، ޑަބްލިޔުއެޗްއޯ އިން އެލާޓް ނެރެފައިވާ ކޮފް ސިރަޕް، ރާއްޖެއަށް އެތެރެ ކޮށްފައި ނުވާކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ. 

އިންޑިއާގެ ނިއު ދިއްލީގެ "މެއިޑެން ފާމަކިއުޓިކަލްސް" އިން އުފައްދާފައިވާ ކޮފް ސިރަޕް އެއް ބުއިމުގެ ސަބަބުން ކިޑްނީ މައްސަލަ ތަކެއް ދިމާވެ، ގެމްބިއާގެ 66 ކުޑަ ކުދިން ވަނީ ނިޔާވެފައެވެ. 

އެކަމާއި ގުޅިގެން ޑަބްލިޔުއެޗްއޯ އިން ކުރި ދިރާސާއަށް ފަހު އެ އިދާރާއިން ވަނީ އިންޑިއާގެ މެއިޑެން ފާމަސީއިން އުފައްދާފައިވާ އެންމެހައި އުފެއްދުންތަކެއް އެ ތަކެތި ހުރި ތަން ތަނުން ނަގައި، އެ ފާމަސީ ގެ އުފެއްދުންތަކާއި މެދު ސަމާކު ވުމަށްވެސް އިއްޔެ އަންގާފައެވެ.

މެއިޑެން ފާމަސީގެ އުފެއްދުންތައް އަދި މިހާތަނަށް ފެނިފައިވާނީ ގެމްބިއާ އިން އެކަނި ކަމުގައި ވީނަމަވެސް، ނުރަސްމީ އެކި ގޮތްގޮތުން އެތަކެތި އެހެން ސަރަހައްދު ތަކަށްވެސް ފޯރާފައި ވުމީ ވެދާނެ ކަމެއް ކަމަށްވެސް ޑަބްލިއުއެޗްއޯ އިން ބުނެއެވެ. 

މި މައްސަލަ އާއި ގުޅިގެން ޑަބްލިއުއެޗްއޯ އިން ސަމާލު ނެރެފައިވާ ބޭސް ތަކަކީ:
• ޕްރޮމެތައިޒިން އޯރަލް ސޮލިއުޝަން Promethazine Oral Solution
• ކޮފެކްސްމަލިން ބޭބީ ކޮފް ސިރަޕް Kofexmalin Baby Cough Syrup
• މެކޮފް ބޭބީ ކޮފް ސިރަޕް Makoff Baby Cough Syrup
• މެގްރިޕް އެން ކޯލްޑް ސިރަޕް Magrip N Cold Syrup.

މި ކޮފް ސިރަޕް ތަކުގައި "ޑައިތިލީން ގްލައިކޯލް" އާއި "އެތިލީން ގްލައިކޯލް" އެކަށޭނެ މިންވަރަށް ވުރެ ގިނައިން ހުރި ކަމަށް ލެބޯޓަރީ ޓެސްޓް ތަކުން ކަށަވަރުވެފައިވާއިރު، އެ މިންވަރަށް މި މާއްދާތައް ހުރުމަކީ ނުރައްކާތެރި ކަމެއް ކަމަށާ، އަދި އޭގެ ސަބަބުން ކިޑްނީ މައްސަލަ ތައް ކުރިމަތިވުމަކީ ވެދާނެ ކަމެއް ކަމަށް ޑަބްލިޔުއެޗްއޯ އިން ބުނެފައިވެއެވެ.

މިއަހަރުގެ ޖުލައި މަހުގައި ގެމްބިއާގެ ފަސް އަހަރުން ދަށުގެ ތުއްތު ކުދިންތަކަކަަށް ކިޑްނީ މައްސަލަ ތަކެއް ކުރިމަތިވެ ނިޔާވުމާއި ގުޅިގެން އެ ސަރަހައްދުގެ ސިއްހަތާބެހޭ އިދާރާތަކުން ވަނީ އެކަން ސަމާލުކަމަށް ގެނެސްފައެވެ. އަދި އެގޮތުން ކިޑްނީ މައްސަލަ ދިމާވި ކުދިންތައް ނިޔާވެފައިވާއިރު، އެކުދިންނަށް އެ މައްސަލަ ތައް ކުރިމަތިވީ, އެ ސަރަހައްދުގައި ވިއްކަން ހުރި ރޯގާ ބޭހެއް ބޭނުންކުރިތާ 4 ނުވަތަ 5 ދުވަސް ފަހުންކަން އޭރުވަނީ ފާހަގަކުރެވިފައެވެ. 

މިކަމާއި ގުޅިގެން އެފަދަ އެފަދަ އެއްވެސް ބޭހެއް ރާއްޖެ އެތެރެ ކޮށްފައިވޭތޯ "ވޮއިސް" އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ހެލްތު މިނިސްޓްރީން ވަނީ، އެފަދަ ބޭހެއް ރާއްޖެ އެތެރެ ކޮށްފައި ނުވާކަމުގެ ޔަގީންކަން ދެއްވާފައެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Jun 2026
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ބޭރުގެ ދެ މަސްބޯޓެއް
އެމްއެންޑީއެފުން ބުނިގޮތުގައި، އެ ދެ މަސްބޯޓު ފެނުނީ، ގދ. އަތޮޅާއި ފުވައްމުލަކު ދޭތެރޭ އޮންނަ އިކްއެޓޯރިއަލް ޗެނަލް ތެރެއިން، ގދ.ފިޔޯރީގެ ހުޅަނގުން ގާތްގަނޑަކަށް 9 ނޯޓިކަލް މޭލު ބޭރުން، އިރުން ހުޅަނގަށް ދަތުރުކުރަމުންދަނިކޮށް ކަމަށެވެ.
25 Jun 2026
އީރާނުގެ ކުރީގެ ރޫޙާނީ ލީޑަރު ޚާމަނައީގެ ޖަނާޒާއަށް މޯދީއަށް ދަޢުވަތު ދީފި
އީރާނުގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، ގިނަ ދުވަސްތަކަކަށް ދެމިގެންދާ ޖަނާޒާގެ ރަސްމިއްޔާތުތައް ފެށުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 4 ވަނަ ދުވަހުއެވެ. އަދި ޖުލައި 7 ވަނަ ދުވަހު ގުމްގައި ޚާއްޞަ ރަސްމިއްޔާތުތަކެއް ބޭއްވުމަށްފަހު، ޖުލައި 9 ވަނަ ދުވަހު އޭނާގެ އުފަން ރަށް ކަމަށްވާ މަޝްހަދުގައި ފަސްދާނުލުމަށް ވަނީ ނިންމާފައެވެ.
25 Jun 2026
ދެކުނު އެފްރިކާއަށް ތާރީހީ ދުވަހެއް، ފުރަތަމަ ފަހަރަށް ވަރލްޑަކަޕް ނޮކްއައުޓަށް
މެޗްތަކަށްފަހު ގްރޫޕް އޭގެ ޕޮއިންޓް ތާވަލް މިހާރު އޮތްގޮތަށް ބަލާއިރު އެއްވަނާގައި އުޅެނީ، 9 ޕޮއިންޓާއެކު މެކްސިކޯއެވެ. ދެވަނާގައި 4 ޕޮއިންޓާއެކު ދެކުނު އެފްރިކާ އުޅޭއިރު، ތިންވަނާގައި އުޅޭ ކޮރެއާއަށް ލިބިފައިވަނީ، 3 ޕޮއިންޓެވެ.
25 Jun 2026
ބްރެޒިލް މޮޅުވެ ގްރޫޕްގެ އެއްވަނަ ހޯދިއިރު، ސްކޮޓްލޭންޑަށް މުބާރާތުން ކެޓުމުގެ ބިރު
ސްކޮޓްލޭންޑުން މި މެޗަށް ނިކުތީ، ޕޮއިންޓެއް ހޯދައިގެން ނަމަވެސް ބޮޑު މުބާރާތެއްގެ ގްރޫޕް ފިޔަވަހިން ފުރަތަމަ ފަހަރަށް ސަލާމަތްވެވޭނެ ކަމުގެ އުއްމީދުގައެވެ
25 Jun 2026
ބަލިވިނަމަވެސް ސްވިޒަރލޭންޑާއެކު ކެނެޑާވެސް އަނެއްބުރަށް
ވެންކޫވާގައި ކުޅުނު މިމެޗް ސްވިޒަރލެންޑުން ކާމިޔާބުކުރީ ކެނެޑާގެ މައްޗަށް 2-1 އިން ބަލިކޮށްގެންނެވެ
24 Jun 2026
ފުލުހުންގެ އެގްޒެކެޓިވް ބޯޑާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައިފި
މި ބައްދަލްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރައްޔިތުންގެ ބޭނުންތަކާއި އިހުސާސްތަކަށް އިސްކަންދީގެން ހިދުމަތް ފޯރުކޮށްދޭ ނަމޫނާ މުއައްސަސާއެއްގެ ގޮތުގައި ފުލުހުންގެ ޚިދުމަތް ދެމެހެއްޓުމުގެ މުހިންމުކަން ފާހަގަކުރެއްވި އެވެ.
24 Jun 2026
ތެލުގެ އަގު މިހާރު ހެޔޮނުވެގެން އުޅެނީ ވިޔަފާރިވެރިން ދަހިކަމުން: ޓްރަމްޕް
ޕޯސްޓްގައި ޓްރަމްޕް ވަނީ ދުނިޔޭގެ ބާޒާރުގައި ސާފްނުކުރާ ތެލުގެ އަގު ދަށްވިނަމަވެސް އާއްމުނަށް ތެއޮ ވިއްކާ ފަރާތްތަކުން އަގުހެޔޮނުކޮށް ބޮޑު އަގުގައި ވިޔަފާރިތަކުން ފައިދާ ހޯދަމުންދާކަމަށް ތުހުމަތު ކުރައްވާފައެވެ
24 Jun 2026
ވަރލްޑް ބޭންކުގެ ޓީމެއް ރާއްޖޭގައި
ރާއްޖޭގެ ޤައުމީ ތަރައްޤީގެ އަމާޒުތަކާ ގުޅޭ ބޮޑެތި މަޝްރޫޢުތައް ތަންފީޒުކުރުން އަވަސްކުރުމާ ގުޅޭ ގޮތުންވެސް މަޝްވަރާ ކުރެވުނުކަމަށް ފިނޭންސުން ބުންޏެވެ