އުނގޫފާރުގައި ކުރިއަށް ދިޔަ "މަގޭ ދަރިފުޅާ" ޕްރޮގްރާމް ގެ ތެރެއިން
ހަބަރު
07 Oct 2022 | 00:07
"މަގޭ ދަރިފުޅާ" ޕްރޮގްރާމާއެކު "ސަލަފް ރިޙްލާ" ރ. އަތޮޅުގައި ރަސްމީކޮށް ފަށައިފި!

"މަގޭ ދަރިފުޅާ" ޕްރޮގްރާމާއެކު، ޖަމިއްޔަތުއްސަލަފުން ކުރިއަށް ގެންދާ އެންމެ ބޮޑު، ދީނީ، އިޖުތިމާޢީ ހަރަކާތް ’ސަލަފް ރިޙްލާ‘ މިރޭ ރ. އަތޮޅުގައި އިފްތިތާޙުކޮށްފިއެވެ. 

ރ. އުނގޫފާރު އިސްލާމީ މަރުކަޒުގެ ކުރިމަތީގައި ކުރިއަށް ދިޔަ މި ޕްރޮގްރާމްގައި، ރާއްޖޭގެ ފުންނާބު އުސް ދީނީ އިލްމުވެރިއެއް ކަމަށްވާ އައްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް އާއި، އަލް ޤާރީ މުހައްމަދު ތައުފީގުގެ އިތުރުން ޖަމިއްޔަތުއް ސަލަފުގެ ޗީފް މާކެޓިންގ އޮފިސަރ ޢަލީ ރަމީޒު ވަނީ ބައިވެރިވެވަޑައިގެންފައެވެ. ދަރިން ތަރުބިއްޔަތުކުރުމާއި ގުޅުންހުރި މުހިންމު މަޢުލޫމާތު ތަކެއް ހިއްސާ ކުރެވިގެން ދިޔަ މި ޕްރޮގްރާމް އަޑުއެހުމަށް ގިނަ އަދަދެއްގެ އާއްމުން ވަނީ އިސްލާމީ މަރުކަޒު ސަރަހައްދަށް އެއްވެފައެވެ. 

އުނގޫފާރުގައި ކުރިއަށް ދިޔަ މި ޕްރޮގްރާމްގެ އިތުރުން މިރޭ ރ. މަޑުއްވަރީގައި ޝައިޚް އަޙްމަދު ސަމީރުގެ ބޮޑު ދަރުސް ”ދޫ ރައްކާތެރި ކުރުން“ އަދި ރ. ހުޅުދުއްފާރުގައި ”ރުޤްޔާ ފޯރަމް“ އެއް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ރާއްޖޭގައި ދަޢުވަތުގެ މައިދާނުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ޖަމްޢިއްޔަތުއް ސަލަފްއާއި ރ. އަތޮޅުގެ އެކި ރަށްތަކުގެ ކުލަބު ޖަމްޢިއްޔާތަކާއި މުއައްސަސާތައް ގުޅިގެން ކުރިއަށް ގެންދާ މި ޕްރޮގުރާމުގެ ތެރެއިން ރ. އަތޮޅުގެ ހުރިހާ ރަށެއްގައިވެސް އެކި ހަރަކާތްތައް ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފައިއެވެ. އެގޮތުން އެކި ރަށްތަކުގައި ދީނީ ދަރުސްތަކުގެ އިތުރުން، އެކި ކަހަލަ ކުރު ކޭމްޕުތައް އޮންނާނެއެވެ.

ސަލަފު ރިޙްލާ އަކީ ދީނީ ޢިލްމުވެރިންނާއި ރާއްޖޭގެ ފާހަގަކުރެވޭ ޑޮކްޓަރުންނާއި އަދި އެކިއެކި ފަންނުތަކުގެ ތަޖުރިބާކާރު މާހިރުން ބައިވެރިވެގެން މުޅި އަތޮޅަށް ހުޅުވާލެވިގެން ބާއްވަމުން އަންނަ ދިނީ، ސީއްޙީ އަދި އިޖްތިމާޢީ ހޭލުންތެރިކަމުގެ ޕްރޮގްރާމެކެވެ. 2009 ވަނަ އަހަރު ފެށި މި ޕްރޮގްރާމު، ކޮވިޑް19 ގެ ބަލިމަޑުކަމުގެ ސަބަބުން މެދުކެނޑިފައި އޮތުމަށްފަހު އަލުން މިވަނީ ފެށިފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.