ޖޭއެސްސީީގެ ބައެއް މެންބަރުން -- ފޮޓޯ: ޖޭއެސްސީީ
ހަބަރު
07 Oct 2022 | 14:48
ޖޭއެސްސީީ އެކުލެވިގެންވާ ގޮތް އިޞްލާޙުކުރުމަށް ޢާންމުންގެ ޚިޔާލު ހޯދަނީ!

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އެކުލާވާލާފައިވާ ގޮތް އިސްލާހުކުރުމާ ގުޅޭގޮތުން އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލައިފި އެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް އިޞްލާޙުކުރުމަށްޓަކައި ޤާނޫނުއަސާސީއަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމަށްޓަކައި ތަޢާރުފުކުރަންެޖެހޭ ޤާނޫނު އެކުލަވާލުމަށް ބޭނުންވާ މަޝްވަރާއާއި ޚިޔާލު ހޯދުމުގެ މަސައްކަތް އެ އޮފީހުން މިހާރު ފަށާފައިވާ ކަމަށެވެ.

އަދި އެ ބިލު އެކުލަވާލުމުގައި، ޝަރުޢީ ދާއިރާއާއި ކަމާބެހޭ އެނޫންވެސް ފަރާތްތަކާ މަޝްވަރާކުރުމުގެ އިތުރުން، ރައްޔިތުންގެ ޚިޔާލު ހޯދުމަކީ މުހިންމު ކަމެއް ކަމުގައި ފެންނާތީ، ކަމާގުޅޭގޮތުން ޢާންމުންގެ ޚިޔާލު ހޯދުމަށްޓަކައި، އެ ފުރުޞަތު ޢާންމުކޮށް ހުޅުވާލާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. 

އެގޮތުން، އެކަމަށްޓަކައި އެކުލަވާލާފައިވާ ފޯމު މެދުވެރިކޮށް ޚިޔާލު ހުށަހެޅުއްވުމަށް މި ލިންކް https://tinyurl.com/mwj3mkm7 މެދުވެރިކޮށް ޚިޔާލު ހުށަހެޅުމަށް ނުވަތަ އީ-މެއިލްގެ ޛަރީޢާއިން ޚިޔާލު ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކަށް [email protected] އަށް އީ-މެއިލްކުރެއްވުމުގެ ފުރުޞަތުވެސް ހުޅުވާލެވިފައިވާ ކަމަށް ބުނެފައި ވެއެވެ.

އަދި އާއްމުންނަށް ޚިޔާލު ހުށަހެޅުމުގެ މުއްދަތަކީ، މިއަދުން ފެށިގެން 20 އޮކްޓޫބަރު 2022 (ބުރާސްފަތި) ގެ ނިޔަލަށް ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން، ޖޭ.އެސް.ސީ އިޞްލާޙުކުރުމާއި ގުޅޭ މަޝްވަރާގައި ބައިވެރިވުމަށް ބޭނުންވާ މަދަނީ ޖަމިއްޔާތަކަށް އެ ރަޖިސްޓްރީވުމުގެ ފުރުސަތުވެސް މިހާރު ވަނީ ޅުވާލާފައެވެ. އަދި އެގޮތުން ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ޖޭއެސްސީން އާންމުކޮށްފައިވާ އޮންލައިން ފޯމެއް މެދުވެރިކޮށް މިހާރު ރަޖިސްޓްރީ ވެވޭނެކަމަށާ މި ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް އެ އޮފީހުން ބުނެފައިވެއެވެ. 

ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް އިޞްލާޙުކުރުމަށްޓަކާ ކުރިއަށް ގެންދާ މަޝްވަރާތައް އޮކްޓޯބަރ 2 ވަނަ ދުވަހު އެ އޮފީހުން ފަށާފައިވާއިރު އެފަދަ މަޝްވަރާތަކެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި އަދި ޖޭއެސްސީއާއެކު ކުރެވިފައިވާ ކަމަށް އެ އޮފީހުން ބުނެފައިވެއެވެ. 

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަކީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ތަނަކަށް ހެދުމަށްޓަކައި އެ ކޮމިޝަން އެކުލެވިގެންވާ ގޮތް އިސްލާހު ކުރުމަށްޓަކައި ގާނޫނު އަސާސީއަށް ގެންނަން ޖެހޭ އިސްލާހުތައް އެކުލެވޭ ބިލު އެކުލަވާލައި މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުނީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ.

އެކަން އަންގައި އޭޖީ އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އޭޖީ އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ޖޭއެސްސީ އަކީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ތަނަކަށް ހެދުމަށްޓަކައި ކަމާބެހޭ ބައިނަލްއަގުވާމީ ހަމަތަކާއި އުސޫލުތަކަށް ރިއާޔަތްކުރުމަށް ފަހު އެ ކޮމިޝަން އެކުލެވިގެންވާ ގޮތް އިސްލާހު ކުރުމަށްޓަކައި ގާނޫނުއަސާސީގެ 158 ވަނަ މާއްދާ އަށް ގެންނަން ޖެހޭ އިސްލާހުތައް އެކުލެވޭ ބިލު އެކުލަވާލައި، މި ދައުރުގެ މަޖިލިހަށް ހުށަހެޅުމަށް ގަސްތުކޮށްފައިވާ ކަމަށެވެ.

އަދި އެ ބިލު އެކުލަވާލުމަށް ބޭނުންވާ މަޝްވަރާ ހޯދުމަށްޓަކައި ދިވެހިރާއްޖޭގެ ސްޕްރީމްކޯޓާއި، ހައިކޯޓާއި އަދި ދަށު ކޯޓުތަކާއި، ޖޭއެސްސީ އާއި، އެނޫން ވެސް ކަމާބެހޭ ފަރާތްތަކާ އެކު ބައްދަލުވުންތައް އަންނަ ހަފްތާ އިން ފެށިގެން ބޭއްވުމަށް ނިންމާފައިވާ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

މިހާރު ޖޭއެސްސީ އެކުލެވިގެންވާ ގޮތް މުރާޖަޢާ ކޮށް، އެތަން ސިޔާސީ ނުފޫޒުން އެތަން އެއްކިބާ ކުރުމަށް، ގާނޫނު އަސާސީއަށް އިސްލާހް ގެނައުމަކީ ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާ އިސްލާހުކުރުމަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ މި ސަރުކާރުން ވެފައިވ ރިޔާސީ ވައުދުތަކުގެ ތެރެއިން މުހިންމު އެއް ވައުދެކެވެ.

އެހެން ނަމަވެސް މި ސަރުކާރުގެ ދައުރު ނިމޭއިރުވެސް އެކަން ނުކުރެވޭ ކަމަށް ބުނެ، ޖޭއެސްސީ އަށް މެންބަރުން އައްޔަނުކުރާ ގޮތް ބަދަލުކުރުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގު ވަނީ ތިން ފަހަރެއްގެ މަތިން އިސްލާހު ހުށަހަޅުއްވައިފައެވެ. އިދިކޮޅު ކޯލިޝަންގެ ފަރާތުން ޠާރިގު ހުށަހެޅުއްވި އެ އިސްލާހު ތިން ފަހަރެއްގެ މަތިން އެމްޑީޕީ މެޖޯރިޓީ އޮންނަ މަޖިލީހުން ބޭރުކޮށްލާފައިވާއިރު، ދެވަނަ ފަހަރަށް ތޯރިގު އެ އިސްލާހު ހުށަހެޅުއްވުމުން މަޖިލިހަށް ބަލައިގަނެ، އިބްތިދާއީ ބަހުސް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.