ޤާނޫނީ ވަކީލު އަލްއުސްތާޛް މުޙައްމަދު ނިޝާން އިބްރާހީމް
ހަބަރު
07 Oct 2022 | 17:10
ރައީސް ޔާމީންގެ މައްޗަށް ހުށަހެޅި އައު ހެކިތަކަށް އިޖުރާއަތު ތަންނުދޭ: ނިޝާން

ކުރީގެ ރައީސް ޔާމީން އަބްދުލް ޤައްޔޫމްގެ މަައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ ޝަރީއަތުގެ އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ އައު ހެކިތަކެއް ހުށަހަޅާފައިވާއިރު، އެގޮތަށް ހެކި ހުށަހެޅުމަށް އިޖުރާއަތުގެ ޤާނޫނު ހުއްދަ ނުކުރާކަމަށް މަޝްހޫރު ޤާނޫނީ ވަކީލު އަލްއުސްތާޛް މުޙައްމަދު ނިޝާން އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވ. އާރަށުގެ މުއާމަލާތާއި ގުޅިގެން ރައީސް ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް އުފުލާފައިވާ މައްސަލާގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ދައުލަތުން ވަނީ އެ މައްސަލައާއި ގުޅިގެން ނެގި ހެކިންގެ ހެކިބަސް ކަށަވަރުކުރުމަށް ކަމަށް ބުނެ މުޅިން އާ ހެކިތަކެއް ކޯޓަށް ހުށައަޅާފައެވެ.

މިކަމާ ގުޅިގެން ވަކީލު ނިޝާން ވިދާޅުވީ، ރައީސް ޔާމީންގެ މައްޗަށް އުފުލާގައިވާ ދައުވާގައި މިހާރު ގުނަމުން ދަނީ ޝަރީއަތުގެ ފަހުގެ މަރުހަލާކަމަށެވެ. އަދި ޖިނާއީ އިޖުރާއަތުގެ ޤާނޫނު ތަރުތީބުކޮށް ބަހާފައިވާ ގޮތުގެ ތަރުތީބަށް ބަލާއިރު ހެއްކާއިއެކު ދައުވާ އުފުލުމުގެ މަރުހަލާ މިހާރު ނިމިފައިވާކަމަށާ، ދައުވާ އުފުލުމުގެ މަރުހަލާއަކީ ވަކި މަރުހަލާއެއްކަމަށާއި، އެކަން އިޖުރާއަތުގެ ޤާނޫނުގެ ތިންވަނަ ބާބު (ދައުވާ އުފުލުމުގެ މަރުހަލާ) ގެ 80 ވަނަ މާއްދާތަކުގައި ބަޔާންވެގެންވާ ކަމަށެވެ.

ނިޝާން ވިދާޅުވީ އިޖުރާއަތުގެ އެޤާނޫނުގެ 83 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި، ދައުވާކުރާއިރު ހެކި ހުށަހަޅަންޖެހޭ ގޮތް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާކަމަށާއި، އެމާއްދާ ބުނާ ގޮތުން އިހުތިސާސް ލިބިފައިވާ ކޯޓަކަށް ދައުވާ ހުށަހަޅާނަމަ ހުށަހަޅަންވާނީ ސާބިތުކުރަން ބޭނުންވާ ހެއްކާއިއެކުގައި ކަމަށާއި، އެގޮތަށް ހެކި ހުށަހަޅާއިރު އެވަގުތު ހުށަހެޅެންނެތް ހެކި ހުށަހެޅުމުގައި އަމަލުކުރަންޖެހޭ ގޮތަކީ، އެގާނޫނުގެ 83 ގެ (ށ) ގެ ދަށުން ދައުވާ ފޯމުގައި، އެހެެއްކަކީ އެއީ ވާހެއްކެއްކަމަށް ބަޔާންކުރުމާއިއެކު އެކަމުގެ ތަފްޞީލު ހިމަނަައި ކޯޓަށް ހުށަހެޅުންކަމަށެވެ.

އަދި އެފަދައިން އިޖުރާއަތު ފުރިހަމަ ނުކުރާނަމަ ފަހުން ހެކި ހުށަހެޅުން ޤާނޫނު ހުއްދަނުކުރާކަމަށާ، އެގޮތަށް ހުށަހަޅާފައި ނެތް ހެއްކެއްް ހުށަހަޅަން ޖެހިއްޖެނަމަ އެކަން ކުރެވޭނީ ސްޕްރީމް ކޯޓުން ކަނޑައަޅާފައިވާ ޤާއިދާގެ ދަށުންކަން ނިޝާން ފާހަގަ ކުރެއްވި އެވެ. އަދި އެ ގާއިދާގެ އުޞޫލުބުނެފައިވަނީ ދައުވާއާއިއެކު ހުށަހަޅާފައިނުވާ ހެއްކެއް ފަހުން ހުށަހެޅޭނީ ދައުވާކުރިއިރު އުފަންނުވާ އަދި ވުޖޫދުގައިނެތް އެހެންނަނަވެސް ދައުވާކުރިފަހުން އުފަންވެފައިވާ އަދި އުފަންވުމުގެ ފުރުޞަތު އޮތް ހެކިތައްކަމަށްވެސް ނިޝާން ވިދާޅުވިއެވެ.

ނިޝާން އިތުރަށް ވިދާޅުވީ، ރައީސް ޔާމީންގެ މައްޗަށް އިއްޔެ ދަައުލަތުން ހުށަހަޅާފަައިވާ އައު ހެކިތަކަކީ ދައުވާ އުފުލިއިރުވެސް ދައުލަތަށް ލިބޭނެ ހެކިތަކެއްކަމަށް ދެކޭކަމަށާއި، ދައުވާއުފުލިއިރުވެސް އެ ހެކިތައްް ވުޖޫދުގަައިވާކަމަށެވެ.

”އަޅުގަނޑު މި ދަންނަވާ ގޮތާއި ހިލާފަށް ކަންކަންދާނަމަ އިޖުރާއަތުގެ 2 ވަނަ މާއްދާއާއި ތައާރަޟްވާނެ، ޖިނާއީ މައްސަލަތަކުގައި އަބަދުވެސް އިސްވާނީ އަދި އިސްކުރަންޖެހޭނީ މުއްތަހަމްގެ މަސްލަހަތު އިނގޭތޯ! “ ނިޝާން ވިދާޅުވިއެވެ.

މިއާއެކު ދައުލަތުން މީހުން ކުށްވެރިކުރަންޖެހޭނީ ޤާނޫނުގަައި ބުނެފައިވާ ހަރިންމަތެރެއިންކަން ފާހަގަކުރައްވައި ނިޝާން ވިދާޅުވީ، ދަައުލަތުގެ ޒިންމާއަކީ ހަމައެކަނި މީހުން ކުށްވެރިކުރުން އެކަނިނޫންކަމަށާއި، ޤާނޫނާއި ހިލާފަށް ކަމެއް އޮތްނަމަ އެކަން ފާހަގަކޮށް ކުށްނުކުރާ މީހުން ސަލާމަތްކުރުމަކީވެސް ދަައުލަތުގެ ޒިންމާއެއްކަމަށެވެ. އަދި ޤާނޫނީ އިމުން ބޭރުން މީހަކު ކުށްވެރިވާންދާ ހާލަތުގަައި އެކަން ފާހަގަކުރުމަކީވެސް ދަައުލަތުގެ މަސްއޫލިއްޔަތެއްކަމަށް ވެސް ވަކީލު ނިޝާން ވިދާޅުވިއެވެ.

"އަޅުގަނޑު ނުދަންނަވަން ރ.ޔާމީން ކުށްކުރިކަމަކަށްވެސް އަދި ނުކުރާކަމަކަށްވެސް އިނގޭތޯ! އަޅުގަނޑު މިދަންނަވަނީ ކޮންމެ ބޭފުޅެއްކަމަށްވިޔަސް ޤާނޫނުގެ ބޭރުންކަންކަން ކޮށްގެން ނުވާނޭ! ޤާނޫނު އަަަސާސީގެ 20 ވަނަ މާއްދާއިން ހަމަހަމަކަން ޔަޤީންކޮށްދިނުމާއި 17 ވަނަ މާއްދާއިން ތަފާތުކުރުން ނުގެންގުޅޭކަން ކަށަވަރުކޮށްދޭންވާނެ އިނގޭތޯ!" ނިޝާން ވިދާޅުވިއެވެ.

ހެކިބަސް ނެގުމަސް ފަހު މުޅިން އާ ހެކިތަކެއް މި ގޮތަށް ހުށައެޅުމަކީ ޖިނާއީ އިޖުރާއަތު ދަންނަކަމެއް ނޫންކަމަށް ދިފާއީ ޑރ ޖަމީލު ވެސް ވިދާޅުވިއެވެ. އަދި އެކަމަކީ ސަރީހަކޮށް ގާނުނުތަކުގައި ލިޔެފައިވާ ސާފު މައްސަލައެއްގެ ގޮތުގައި ޑރ ޖަމީލު ފާހަގަކުރެއްވިއެވެ.

އެ މައްސަލައާއި ގުޅިގެން ގާނޫނީ ނުގުތާތަށް އިތުރަށް ތަފްސީލުކޮށްދެއްވަމުން ޑރ ޖަމީލު ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ 117 އިން 120 ވަނަ މާއްދާއަށް ބަލާއިރު، އާ ހެކިތަކެއް ހުށައެޅުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށެވެ. ޖިނާއީ އިޖުރާއަތުގެ 83 ވަނަ މާއްދާއަށް ބެލިކަމުގައި ވީނަމަވެސް ދައުލަތުން ހުށައަޅާފައިވާ ހެކިތަކަކީ އުސޫލުތަކުން ބޭރުން މި މައްސަލައިގެ މިސްރާބު ބަދަލުކޮށްލުމަށް ހުށައަޅާފައިވާ ހެކިތަކެއްކަމުގައި ދަންނަވަން ޖެހޭކަމަށް ޑރ. ޖަމީލު ވަނީ ވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.
03 Jun 2026
ބާރަ އަހަރަށް ފަހު ޝިޔާމް އަލުން ވަޒީފާއަށް، މުސާރައިގެ ބައި އިސްތިއުނާފު
ޝިޔާމް ފުލުހުންގެ ވަޒީފާއަށް ނިކުންނަވަން ފެއްޓެވި ނަމަވެސް ދައުލަތުން ވަނީ މުސާރައާ ގުޅޭ ބައި ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކޮށްފަ އެވެ. އެއީ 12 އަހަރުގެ މުސާރަ ދޭން އަންގާފައިވާތީ އެވެ.
03 Jun 2026
އިމްތިހާނު ދުވަސްވަރާ ދިމާވާތީ ޕީއެންސީގެ ކޮންގްރެސްގެ ތާރީހު އަވަސްކޮށްފި
ކޮންގްރެސްގެ ތާރީހު އަވަސް ކުުރުމަށް އެދިވަޑައިގެންނެވީ ވެސް ރައީސް މުޢިއްޒު އެވެ. ރައީސްގެ އެދިވަޑައިގަތުން ފާސްކުރީ މެންބަރުންގެ އިއްތިފާގުންނެވެ.
03 Jun 2026
ރައީސް ކަމަކީ ވަރަށް ބުރަ ކަމެއް، ދެން ކުރިމައްޗެއް ނުލާނަން: ނަޝީދު
އެމަނިކުފާނު އެ ވާހަކަފުޅު ތަކުރާރު ކުރެއްވީ ޗެެއާޕާސަން އިންތިހާބުގެ ކެމްޕެއިނަށް ށ. ފޭދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
03 Jun 2026
އައްޑޫސިޓީ ކައުންސިލުން މިލިއަނުން ހަރަދުކޮށް މެލޭޝިއާ އަދި ސިންގަޕޫރަށް ކުރި ދަތުރު ގޯސްވެއްޖެ
އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، ކައުންސިލުން އެ ދަތުރުތަކަށް ހަރަދުކޮށްފައިވަނީ، ސާކިއުލާގައި އަންގާފައިވާ އެންގުމާ އެއްގޮތަށް ކޮށްފައިވާ ހަރަދުތަކެއް ކަމަށް ބެލެވެން ނެތްކަމަށެވެ