ޕޯސްޓަރ--ޖަމިއްޔަތުއް ސަލަފް
ހަބަރު
07 Oct 2022 | 22:42
ސަލަފް ރިޙްލާ: މުޅި ރ.އަތޮޅުގައި ދީނީ އިޖުތިމާޢީ ހަރަކާތްތައް؛ މާދަމާ މަސްރޭހެއް!

ރާއްޖޭގައި ދަޢުވަތުގެ މައިދާނުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ އެއް ޖަމިއްޔާ އެއް ކަމަށްވާ ޖަމްޢިއްޔަތުއް ސަލަފްއާއި ރ. އަތޮޅުގެ އެކި ރަށްތަކުގެ ކުލަބު ޖަމްޢިއްޔާތަކާއި މުއައްސަސާތައް ގުޅިގެން ކުރިއަށް ގެންދާ "ސަލަފް ރިޙްލާ" ޕްރޮގްރާމްގެ ތެރެއިން މުޅި ރ. އަތޮޅުގައި ދީނީ އިޖުތިމާޢީ ހަރަކާތައް ފެށިގެން ކުރިއަށްދާ ކަމަށް އެ ޖަމިއްޔާ އިން ބުނެފިއެވެ. 

ޖަމިއްޔަތުއްސަލަފުން ކުރިއަށް ގެންދާ އެންމެ ބޮޑު، ދީނީ، އިޖުތިމާޢީ ހަރަކާތް ’ސަލަފް ރިޙްލާ‘ ރޭ ރަސްމީކޮށް ވަނީ ފަށާފައެވެ. އެގޮތުން، ރ.އުނގޫފާރު އިސްލާމީ މަރުކަޒުގެ ކުރިމަތީގައި "މަގޭ ދަރިފުޅާ" ނަމުގައި ޚާއްޞަ ސެޝަނެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ސެޝަންގައި ރާއްޖޭގެ ފުންނާބު އުސް ދީނީ އިލްމުވެރިއެއް ކަމަށްވާ އައްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް އާއި، އަލް ޤާރީ މުހައްމަދު ތައުފީގުގެ އިތުރުން ޖަމިއްޔަތުއް ސަލަފުގެ ޗީފް މާކެޓިންގ އޮފިސަރ ޢަލީ ރަމީޒު ވަނީ ބައިވެރިވެވަޑައިގެންފައެވެ. 

ރ. އުނގޫފާރުގައި ރޭ ކުރިއަށް ގެންދިޔަ މި ސެޝަނުގެ އިތުރުން، ރ.ކިނޮޅަހާއި، ރ. މަޑުއްވަރީގެ އިތުރުން ރ. މާކުރަތުގައި ރޭ ވަނީ އެކި ދީނީ ޢިލްމުވެރިން ދަރުސް ދެއްވާފައެވެ. 

މަޑުއްވަރީގައި ރޭ ކުރިއަށް ގެންދިޔަ ދަރުސްގެ ތެރެއިން--ފޮޓޯ: ޖަމިއްޔަތުއްސަލަފް 

މީގެ އިތުރުން، ރ.ހުޅުދުއްފާރުގައި 5 ދީނީ ޢިލްމުވެރިންނާއި އެކު "ރުޤުޔާ ފޯރަމް" އެއް ކުރިއަށް ގެންގޮސްފައިވާއިރު, ރ.މީދޫގައި ވަނީ ކޯޑު ނުކޮށް ވެބްސައިޓް ހަދަން ދަސްކޮށްދޭ އިވެންޓެއް ކުރިއަށް ގެންގޮސްފައެވެ. އަދި ރ.ރަސްމާދޫގައިވެސް ޕޭރެންޓިންގ ވޯކްޝޮޕް އެއް ރޭގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. 

ހުޅުދުއްފާރުގަައި ރޭ ކުރިއަށް ގެންދިޔަ ރުޤްޔާ ފޯރަމް ތެރެއިން--ފޮޓޯ: ޖަމިއްޔަތުއްސަލަފް 

ރޭގެ ހަރަކާތް ތަކަށްފަހު، މިއަދު ހެނދުނު ރ.ކިނޮޅަހުގައި ކުޑަކުދިންނަށް ޚާއްސަ ކޮށްގެން ސެޝަނެއް ކުރިއަށް ގެންގޮސްފައިވާއިރު، ރ. ހުޅުދުއްފާރުގަައި ނަމާދު ވޯކްޝޮޕް އެއްވެސް މިއަދު ވަނީ ކުރިއަށް ގެންގޮސްފައެވެ.

ރ. ހުޅުދުއްފާރުގަައި ކުރިއަށް ދިޔަ ނަމާދު ވޯކްޝޮޕްގެ ތެރެއިން--ފޮޓޯ: ޖަމިއްޔަތުއްސަލަފް 

ދީނީ މި ހަރަކާތް ތަކުގެ އިތުރުން، މިއަދުވެސް ރ.ހުޅުދުއްފާރުގައި ވަނީ، އައިސީޓީ އިން އޮފީސް މެނޭޖްމަންޓް ވޯކްޝޮޕެއް ކުރިއަށް ގެންގޮސްފައެވެ. އަދި ހަމަ އެހެންމެ، ރ.މީދޫ އުއްމީދު ސްޕޯޓްސް އެކަޑެމީ ގެ 13 އަހަރުން ދަށުގެ ފިރިހެން ކުދިންނަށްވެސް މިއަދު ވަނީ ޓްރެއިނިންގ ސެޝަންއެއް ކުރިއަށް ގެންގޮސްފައެވެ.

ރ.މީދޫ އުއްމީދު ސްޕޯޓްސް އެކަޑެމީ ގެ 13 އަހަރުން ދަށުގެ ފިރިހެން ކުދިންނަށް ކުރިއަށް ގެންދިޔަ ޓްރެއިނިންގ ސެޝަންގެ ތެރެއިން--ފޮޓޯ: ޖަމިއްޔަތުއްސަލަފް 

މީގެ އިތުރުން، މިއަދުގެ އަސުރު ނަމާދަށް ފަހު ރ. އަތޮޅު ގެ ބައެއް ރަށްރަށުގައި އެކި މައުޟޫތަކަށް ދީނީ ޢިލްމުވެރިން ވަނީ ދަރުސް ދެއްވާފައެވެ. އަދި މިރޭވެސް ޢިލްމުވެރިންގެ ބޮޑު ދަރުސްތައް ރ. އަތޮޅުގެ އެކި ރަށްރަށުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. 

ރ. އަލިފުށީ ގައި މިރޭ ކުރިއަށް ދިޔަ ދަރުސްވެ ތެރެއިން--ފޮޓޯ: ޖަމިއްޔަތުއްސަލަފް 

ސަލަފް ރިޙްލާ ގެ ހަރަކާތްތައް މިމަހު ނުވަ ވަނަ ދުވަހާއި ހަމައަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު, ރ. އުނގޫފާރު ގައި މާދަމާ މަސްރޭހެއްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މަސްރޭހުން އެއްވަނަ އަށް އަންނަ ޓީމަކަށް 5000 ރުފިޔާ، ދެވަނަ ޓީމަށް 2500 ރުފިޔާ އަދި ތިންވަނަ ޓީމަށް 1500 ރުފިޔާ ލިބިގެންދާނެ ކަމަށް ސަލަފުން ބުނެފައިވެއެވެ. 

މީގެ އިތުރުން ވެސް ކުރިއަށް އޮތް ދެދުވަސްތެރޭގަައިވެސް ތަފާތު އެކި ދީނީ އިޖުތިމާޢީ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު، މި ކޮންމެ ހަރަކާތެއްވެސް ކުރިއަށްގެންދަނީ ކަމުގެ ގާބިލް، ތަޖުރިބާކާރު ފަންނީ ބޭފުޅުންނެވެ. 

ސަލަފު ރިޙްލާ އަކީ ދީނީ ޢިލްމުވެރިންނާއި ރާއްޖޭގެ ފާހަގަކުރެވޭ ޑޮކްޓަރުންނާއި އަދި އެކިއެކި ފަންނުތަކުގެ ތަޖުރިބާކާރު މާހިރުން ބައިވެރިވެގެން މުޅި އަތޮޅަށް ހުޅުވާލެވިގެން ބާއްވަމުން އަންނަ ދިނީ، ސީއްޙީ އަދި އިޖްތިމާޢީ ހޭލުންތެރިކަމުގެ ޕްރޮގްރާމެކެވެ. 2009 ވަނަ އަހަރު ފެށި މި ޕްރޮގްރާމު، ކޮވިޑް19 ގެ ބަލިމަޑުކަމުގެ ސަބަބުން މެދުކެނޑިފައި އޮތުމަށްފަހު އަލުން މިވަނީ ފެށިފައެވެ. މިފަހަރުގެ ރިޙްލާގައި ޖުމުލަ 15 ޢިލްމުވެރިންނާއި 2 ޑޮކްޓަރުންގެ އިތުރުން، އެކިއެކި ފަންނުތަކުގެ ތަޖުރިބާކާރު މާހިރުން ވަނީ ބައިވެރިވެފައެވެ. 

ކޮމެންޓް
ލލ
މުޖުތަމައުގެ މަތީ ފަންތީގައި ތިބި ބޮޑުން އިސްލާހު ނުވެ ރަގަޅެއްނުވާނެ !
08 Oct 2022
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.