ޕާކިސްތާނަށް އެހީވުމުގެ ގޮތުން ބޭއްވި ޓެލެތޯނުން ލިބުނު ފައިސާ އެގައުމާ ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ހަބަރު
09 Oct 2022 | 09:35
ޕާކިސްތާނަށް އެހީވުމަށް ބޭއްވި ޓެލެތޯނުން ލިބުނު 3.8 މިލިއަން ރުފިޔާ ހަވާލުކޮށްފި

ޕާކިސްތާނަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހުނު މީހުންނަށް އެހީވާން ދިވެހި މީޑިއާތައް ގުޅިގެން ބޭއްވި ޓެލެތޯނުން ލިބުނު 3.8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޕާކިސްތާނާ ހަވާލުކޮށްފިއެވެ.

"ޕާކިސްތާނު މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަން" (ޕީއެމްއެފްއޭ) އިން އިސްނަގައިގެން ރާއްޖޭގައި ހަރަކާތްތެރިވާ ގިނަ މީޑިއާތަކަކާއި އެކު ކުރިއަށްގެންދިޔަ މި ޓެލެތޯނުން ލިބުނު 3.8 މިލިއަން ރުފިޔާ ނުވަތަ 54 މިލިޔަން ޕާކިސްތާން ރުޕީސްއާ ޕާކިސްތާނުގެ ފަރާތުން ރަމްޒީކޮށް ހަވާލުވެވަޑައިގެންނެވީ މާލޭގައި ހުންނަވާ ޕާކިސްތާނު ހައި ކޮމިޝަނަރު ވައިސް އެޑްމިރަލް ރިޓަޔަރޑް އަތެރް މުޚްތަރްއެވެ.

ޕާކިސްތާނަށް އެހީވުމުގެ ގޮތުން ބޭއްވި ޓެލެތޯނުން ލިބުނު ފައިސާ ހަވާލުކުރުމަށް ރޭ ބޭއްވި ޚާއްސަ ހަފްލާގައި ޕާކިސްތާނު ސަފީރުވަނީ ދިވެހިންގެ ފަރާތުން ލިބުނު އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވާފައެވެ.

މި އަހަރުގެ ޖޫން މަހުގެ ފަހުކޮޅުން ފެށިގެން ޕާކިސްތާނަށް ކުރި ގަދަ ވިއްސާރައިގައި އެ ގައުމުގެ ބޮޑު ސަރަހައްދެއްގައި ފެން ބޮޑުވެ އެތައް ބަޔަކު ހާލުގައި ޖެހިފައިވާއިރު، އެގައުމުގައި ނުރައްކާތެރި ބަލިތައް މިވަނީ ފެތުރެން ފަށާފައެވެ.

އެގޮތުން ބޭރަށް ހިންގުމާއި، ކޮލެރާއާއި، ހަމުގެ ބަލިތަކާއި، މެލޭރިއާ ފަދަ އެތައް ބަލިތަކެއް މިހާރު ވަނީ ފެތުރެން ފަށާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް