ފަލަސްތީނުގެ ޖަނީނުގައި ޝަހީދުވި މީހެއްގެ ޖަނާޒާ ބާއްވަނީ
ދުނިޔެ
09 Oct 2022 | 10:15
އިސްރާއީލުން ފަލަސްތީނުގެ ދެ މުސްލިމުން ޝަހީދުކޮށް އިތުރު ބަޔަކު ޒަޚަމް ކޮށްލައިފި!

ހައްދުފަހަނަޅާފައިވާ އިސްރާޢީލުގެ ސިފައިން ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ އަވަށެއް ކަމަށްވާ ޖަނީން އަށް އަރައި ހިންގި އުދުވާންތަކެއްގައި ފަލަސްޠީނުގެ ދެ މީހުން ޝަހީދުކޮށްލައި އިތުރު ބަޔަކު ޒަޚަމް ކޮށްލައިފިއެވެ. 

ޖަނީންގައި ދިރިއުޅޭ އިސްލާމިކް ޖިހާދު ޖަމާޢަތަށް ނިސްބަތްވާ 25 އަހަރުގެ މީހަކު ހޯދައި، ހައްޔަރު ކުރުމަށް ކަމަށްބުނެ، ފުރިހަމަ އަސްކަރީ ބާރާއި، ހެލިކޮޕްޓަރުތަކާއި ބަރު ހަތިޔާރާ އެކުގައި، އިސްރާއީލުން ގަދަކަމުން ވެރިވެގަނެ އަޅުވެތި ކޮށްފައިވާ ފަލަސްތީނުގެ ޖަނީނަށް އަރާ ޔަހޫދީ އިސްރާޢީލުގެ ސިފައިން ދިން ހަމަލާތަކުގައި ފަލަސްޠީނުގެ ދެމީހަކު މަރާލައި އިތުރު 11 މީހަކު ވަނީ ޒަޚަމްކޮށްލާފައެވެ. އެގޮތުން ޒަޚަމްވި މީހުންގެ ތެރެއިން ތިން މީހެއްގެ ހާލު ސީރިޔަސް ކަމުގައި ފަލަސްޠީނުގެ ޞިއްޙީ ވުޒާރާއިން ބުނެއެވެ.

ހަރުކަށި ޔަހޫދީ ސިފައިން ޖަނީނަށް އަރައި ހިންގި މި ޖަރީމާ ދިފާއުކޮށް އެމީހުން ބުނެފައި ވަނީ، އެމީހުން ދިޔައީ އެތަނުގައި ދިރިއުޅޭ އިސްލާމިކް ޖިހާދު ޖަމާޢަތަށް ނިސްބަތްވާ 25 އަހަރުގެ މީހަކު ހޯދައި، ހައްޔަރު ކުރުމަށް ކަމަށާ ފަލަސްޠީނުގެ ރައްޔިތުންނަށް ހަމަލާދީފައި ވަނީ ސިފައިންނަށް ހުރަސް އެޅުމުން ކަމަށެވެ. 

ފަލަސްޠީނުގެ މީޑިޔާއެއް ކަމުގައިވާ ވަފާއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި،  ޔަހޫދީންގެ މި ޖަރީމާތައް ކަވަރ ކުރަމުންދިޔަ  ނޫސްވެރިންނަަށްވެސް އެމީހުންވަނީ ބަޑިޖަހައި ހަމަލާދީފައެވެ. އަދި އޮކްޓޫބަރު 5ވަނަ ދުވަހު ވެސް ޔަހޫދީ ސިފައިން ވަނީ، އެ މީހުން ހިންގަމުންދިޔަ އޮޕަރޭޝަނެއް ކަވަރު ކުރަމުން ދިޔަ ނޫސްވެރިންތަކަކަށް ބަޑިން ހަމަލާ ދީފައެވެ. އެގޮތުން ހުޅަނގު އައްސޭރީގެ ނާބުލުސްގައި ދިން މި ހަމަލާތަކުގައި ފަލަސްޠީނުގެ އިތުރު ޒުވާނެއް ޝަހީދު ކޮށްލާފައި ވާއިރު، ދެ ނޫސްވެރިއަކު ޒަޚަމުވިއެވެ.

މީގެ އިތުރުން އޮކްޓޫބަރު 7ވަނަ ދުވަހު ވެސް ޔަހޫދީން ސިފައިން ވަނީ ފަލަސްޠީނުގެ ދެ ޒުވާނަކު ޝަހީދު ކޮށްލާފައެވެ. އޭގެ ތެރެއިން އެއް ކުއްޖަކީ 14 އަހަރުގެ ކުއްޖެކެވެ. އެ ކުއްޖާ ޝަހީދު ކޮށްލާފައި ވަނީ ހުޅަނގު އައްސޭރީގެ އުތުރުގައިވާ ޤަލްޤިލްޔާގައެވެ. މި މަރުތަކަކީ ގަތުލުތަކެއްގެ ގޮތުގައި ފަލަސްޠީނުގެ ޚާރިޖީ ވުޒާރާއިން ސިފަ ކުރެއެވެ.

ފަލަސްޠީނުގެ ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން މަސައްކަތް ކުރާ އ.ދ.ގެ އޮފީހުން ބުނީ، ޖަނަވަރީ 1އިން ފެށިގެން ސެޕްޓެންބަރު 20އާ ދެމެދު ޔަހޫދީ އިސްރާޢީލުގެ ސިފައިން ދީފައިވާ ތަފާތު ހަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ ފަލަސްޠީނުގެ ރައްޔިތުންގެ އަދަދު މިހާރު 84 އަށް އަރާ ކަމުގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Oct 2026
ފޯބްސްގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް
ފޯބްސްއިން ހާމަކޮށްފައިވާ ގޮތުގައި، މި ރޭންކިންގއަކީ ބޭންކުތަކުގެ ހަމައެކަނި ބޮޑުމިނަށް ބަލައިގެން އެކުލަވައިލި ލިސްޓެއް ނޫނެވެ. އޭގެ ބަދަލުގައި، މިއީ އެ ބޭންކެއްގެ މާލީ ހާލަތު ހުރިގޮތާއި، ދިމާވާ މާލީ ގޮންޖެހުންތަކުން އަރައިގަތުމުގެ ގާބިލުކަން ހުރި މިންވަރު ވަޒަންކުރުމަށްފަހު އެކުލަވައިލި ލިސްޓެކެވެ. ބީއެމްއެލް މި ލިސްޓުގައި ހިމެނުމަކީ އެ ބޭންކުގެ މާލީ ދުޅަހެޔޮކަން ބައިނަލްއަގުވާމީ މިންގަނޑުތަކުން ބަލައިގަނެފައިވާ ކަމުގެ ހެއްކެކެވެ
12 Oct 2026
އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
މި ފައިސާ އަތުލައިގެންފައި ވަނީ މި މަހުގެ ހަތްވަނަ ދުވަހު ރާއްޖެއިން ބޭރަށް ފުރަންދިޔަ އިންޑިއާ މީހެއްގެ އަތުންނެވެ.
12 Oct 2026
އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން
ޕޮލްކޯއަކީ މީގެ ކުރިންވެސް ފުލުހުންގެ ފްލެޓްތައް އެޅުމުގެ މައްސަލާގައި އުސޫލުން ބޭރުން ބޮޑެތި މުއާމަލާތްތަކެއް ހިންގާފައިވާ މުއައްސަސާއެއްކަން އޮޑިޓް އޮފީހުން ނެރުނު ބްލޫސް ހައުސިން ޕްރޮޖެކްޓާ ގުޅޭ ހާއްސަ އޮޑިޓްގައި ވަނީ ބަޔާންކޮށްފައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ ފުލުހުންގެ ޓަވަރުތައް އެޅުމަށް އެޑްވާންސް ފައިސާގެ ގޮތުގައި ދޭންޖެހޭ 58.9 މިލިއަން ރުފިޔާގެ ބަދަލުގައި އެކި ނަންނަމުގައި 124 މިލިއަނަށްވުރެ ގިނަ ރުފިޔާ އައިލެންޑް އެކްސްޕާޓް ކިޔާ ކުންފުންޏަކަށް ދިން މުއާމަލާތާ ގުޅޭ މައްސަލައެވެ.
12 Oct 2026
ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
މި ކަންކަމަށް ޙައްލެއް ހޯދުމުގެ ގޮތުން، އިތުރު ދީނީ ޢިލްމުވެރިންނާއި ޖަމްޢިއްޔާތައް ބައިވެރިކޮށްގެން ކުރެވެހެން ހުރި މަސައްކަތްތައް، ގުޅިގެން ކުރުމަށް ދެ ފަރާތުން ވަނީ އެއްބަސްވެފަ އެވެ.
12 Oct 2026
އިމާރާތްކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް އަމަލުކުރުމަށް އެޗްޑީސީގެ އިލްތިމާސެއް
މުއްދަތު ހަމަވުމަށްފަހު، ހުޅުމާލޭގެ އެއްވެސް ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތް ކުރިއަށްގެންދެވޭނީ، ގަވާއިދާ އެއްގޮތަށް ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅުތައް އަޅައި، ސޭފްޓީ މިންގަނޑުތައް ފުރިހަމަކުރުމަށްފަހު
12 Oct 2026
ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް
މި ނިންމުމާއެކު އެ ޕްރޮވިންސްގައި ޢިމްރާން ޚާންގެ ޕާޓީން ވެރިކަންކުރަމުންދިޔަ ސަރަޙައްދީ ސަރުކާރުގެ ބާރުތައް ކަނޑުވާލައި، އެ ސަރަޙައްދަށް ޕާކިސްތާނުގެ އަސްކަރީ ސިފައިން މިހާރު ވަނީ ފޮނުވާފައެވެ
12 Oct 2026
ދެއްވަދޫ ހޭންޑްބޯޅަ ކޯޓުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމުގެ 1.81 މިލިއަން ރުފިޔާގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށް، 120 ދުވަހުން ނިންމުމަށް ވަނީ ކަނޑައަޅައިފައެވެ.
12 Oct 2026
ވެލާނާ އެއާޕޯޓް ދެ ކެޓަގަރީއަކުން ވާދަކުރަނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ލީޑިންގ އެއާޕޯޓް އަދި ކަސްޓަމަރ އެކްސްޕީރިއަންސް ކެޓަގަރީއަށް ނޮމިނޭޓްވެ، ދުނިޔޭގެ ބޮޑެތި އެއާޕޯޓްތަކާ ވާދަކުރާނެއެވެ.