ސަމާލުވުމަށް އަންގާފައިވާ ކޯފް ސިރަޕްތަކެއް
ހަބަރު
09 Oct 2022 | 12:20
އިންޑިއާގެ ކޯފް ސިރަޕާމެދު ސަމާލުވާން އެދިއްޖެ

ގެމްބިއާގެ ތުއްތު ކުދިންތަކެއް ކިޑްނީ މައްސަލަ ތަކެއް ކުރިމަތި ވުމަށްފަހު ނިޔާވީ އިންޑިޔާގެ ކުންފުންޏަކުން އުފައްދާފައިވާ ކޯފް ސިރަޕް އެއް ރާއްޖެ އެތެރެވުމުގެ ފުރުސަތު އޮތުމުން، އެކަމަށް ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު އިލްތިމާސްކޮށްފި އެވެ.

އެ އިދާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އިންޑިއާގެ ހަރިޔާނާ ސްޓޭޓުގައި ހުންނަ މެއިޑެން ފާމަސޫޓިކަލް ލިމިޓެޑުން އުފައްދާ، ކުޑަކުދިންނަށް ދޭ ކޯފް ސިރަޕެއްގައި ހިމެނޭ، ޑައެތުލީން ގްލައިކޯލް އާއި އެތެލީން ގްލައިކޯލް ކިޔާ މާއްދާތަކެއްގެ ސަބަބުން އެ ބޭސްތައް ތަގައްޔަރުވެފައިވާ ކަމަށް ގެންބިއާ އިން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

އެހެންކުން މިބޭސްތަކުގެ ދެނެގަނެވިފައިވާ ބެޗްތަކުގެ ރައްކާތެރިކަން ކަށަވަރުނުވާތީ، މިބޭސްތަކުގެ ބެޗްތައް ބޭނުން ނުކުރުމަށް އެއެލާޓުގައި ވަނީ ބުނެފައެވެ. 

އަދި މިބޭހަކީ ރާއްޖެއަށް އިމްޕޯޓުކުރުމަށާއި، ވިއްކުމަށް ހުއްދަކުރާ ބޭހުގެ ލިސްޓްގައި ހިމެނޭ ބޭހެެއް ނޫނެވެ. އެހެން ނަމަވެސް ބޭސްސިޓީއަށް ނުވަތަ އެނޫންވެސް ގޮތަކުން ރާއްޖެއަށް މިބޭސް އިމްޕޯޓުވުމުގެ ފުރުސަތު އޮތްކަމަށް ވާތީ މިކަމަށް ސަމާލުވާނެ އެމްއެފްޑީއޭއިން ވަނީ އެދިފައެވެ.

އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭސް ސިޓީ އަށް ބޭސް އެތެރެކުރާއިރު، ހާއްސަ ސަމާލުކަމެއް ދީގެން ޕޯޓުތަކުގައި ބަލައިފާސްކުރުމުން ގެންދާނެ ކަމަށްވެސް އެއިދާރާއިން ވަނީ ބުނެފައެވެ.

މިއަހަރުގެ ޖުލައި މަހުގައި ގެމްބިއާގެ ފަސް އަހަރުން ދަށުގެ ތުއްތު ކުދިންތަކަކަަށް ކިޑްނީ މައްސަލަ ތަކެއް ކުރިމަތިވެ ނިޔާވުމާއި ގުޅިގެން އެ ސަރަހައްދުގެ ސިއްހަތާބެހޭ އިދާރާތަކުން ވަނީ އެކަން ސަމާލުކަމަށް ގެނެސްފައެވެ. އަދި އެގޮތުން ކިޑްނީ މައްސަލަ ދިމާވި ކުދިންތައް ނިޔާވެފައިވާއިރު، އެކުދިންނަށް އެ މައްސަލަ ތައް ކުރިމަތިވީ, އެ ސަރަހައްދުގައި ވިއްކަން ހުރި ރޯގާ ބޭހެއް ބޭނުންކުރިތާ 4 ނުވަތަ 5 ދުވަސް ފަހުންކަން އޭރުވަނީ ފާހަގަކުރެވިފައެވެ

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.