އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ
ދުނިޔެ
09 Oct 2022 | 13:19
މޯދީގެ ޢީދު މީލާދުގެ ތަހުނިޔާ އާއި އެކު އައީ ޢީދު މުބާރަކް!

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ، ޢީދު މީލާދުގެ ތަހުނިޔާ ފޮނުވައި ކުރެއްވި ޓުވީޓެއްގައި ޢީދު މުބާރަކް ލިޔުއްވާފައި ވުމުން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވާން ފަށައިފިއެވެ. 

އިންޑިއާގެ ބިދުޢަވެރި ޖަމާޢަތްތަކުން މިއަދު ފާހަގަކުރަމުންދާ، ރަސޫލާ ﷺ ގެ ޢީދު މީލާދު ތަހުނިޔާ އަރިސްކޮށް މިއަދު މޯދީ ކުރެއްވި ޓުވީޓެއްގައި ވަނީ މި މުނާސަބަތަކީ މުޖުތަމައުގައި އެކުވެރިކަމާއި، އަމާންކަން އިތުރަށް ގެނުވާނެ މުނާސަބަތަކަށް ވެގެން ދާނެ ކަމަށް އެދޭކަމަށެވެ. އެއަށްފަހު މޯދީ ވަނީ "ޢީދު މުބާރަކް" މިފަދައިންވެސް އެ ޓުވީޓުގައި ލިޔުއްވާފައެވެ. 

މޯދީގެ މި ޓުވީޓު ރާއްޖޭގައި ހުންނަ އިންޑިއާ ގެ ހައިކޮމިޝަނުން ވެސް ރިޓުވީޓް ކޮށްފައިވާއިރު، އެ ޓުވީޓާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް އެމަނިކުފާނަށް ވަނީ އަމާޒުވެފައެވެ. އެގޮތުން، އެޔަށް ރިޕަލައި ކުރި އެބަޔަކު ވަނީ ޢީދު މީލާދުގައި ޢީދު މުބާރަކް ކިޔައި ތަހުނިޔާ ދެންނެވުމުން މުސްލިމުން ފާހަގަ ކުރަނީ ދެ ޢީދުކަންވެސް މޯދީ އަށް ނޭނގޭ ކަމަށް ބުނެފައެވެ. 

އަދި އެއަަށް ކޮމެންޓު ކުރި ގިނަ ބަޔަކު ވަނީ، މޯދީގެ ބަހާއި ޢަމަލާ ދިމާ ނުވާކަމަށް ބުނެފައެވެ. އެގޮތުން، މުސްލިމުންނަށް އަނިޔާކޮށް، މުސްލިމުންގެ މިސްކިތްތައް ސުންނާފަތި ކުރާ މީހަކު، ޢީދު މީލާދުގެ ނަމުގައި މުސްލިމުންނަށް ތަހުނިޔާ ވިދާޅުވި ނަމަވެސް މުސްލިމުންނަށް ދެމުންގެންދާ އަނިޔާތައް ނުދޭ ކަމަށް ނުވާނެ ކަމަށް ބުނެފައެވެ.  

އިންޑިއާގެ ވެރިކަމަށް ނަރެންދުރަ މޯދީ އައި ފަހުން އެގައުމުގައި މުސްލިމުންނާއި ދެކޮޅަށް ހިންގާ ޖަރީމާތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން އެ ސަރުކާރުންވަނީ މުސްލިމުންގެ ގެތައް ސުންނާފަތިކޮށް، މިސްކިތް އަންދައި، ހަލާކުކޮށް، އެތައް މުސްލިމުންނަށް އަނިޔާކޮށް ހައްޔަރުވެސް ކޮށްފައެވެ. އަދި ސަރުކާރުގެ އެފަދަ އަމަލުތަކަށް މޯދީގެ ޕާޓީ، ބީޖޭޕީ ގެ އިސް ފަރާތްތަކުން އަންނަނީ ތައުރީފްވެސް ކުރަމުންނެވެެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Oct 2026
ފޯބްސްގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް
ފޯބްސްއިން ހާމަކޮށްފައިވާ ގޮތުގައި، މި ރޭންކިންގއަކީ ބޭންކުތަކުގެ ހަމައެކަނި ބޮޑުމިނަށް ބަލައިގެން އެކުލަވައިލި ލިސްޓެއް ނޫނެވެ. އޭގެ ބަދަލުގައި، މިއީ އެ ބޭންކެއްގެ މާލީ ހާލަތު ހުރިގޮތާއި، ދިމާވާ މާލީ ގޮންޖެހުންތަކުން އަރައިގަތުމުގެ ގާބިލުކަން ހުރި މިންވަރު ވަޒަންކުރުމަށްފަހު އެކުލަވައިލި ލިސްޓެކެވެ. ބީއެމްއެލް މި ލިސްޓުގައި ހިމެނުމަކީ އެ ބޭންކުގެ މާލީ ދުޅަހެޔޮކަން ބައިނަލްއަގުވާމީ މިންގަނޑުތަކުން ބަލައިގަނެފައިވާ ކަމުގެ ހެއްކެކެވެ
12 Oct 2026
އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
މި ފައިސާ އަތުލައިގެންފައި ވަނީ މި މަހުގެ ހަތްވަނަ ދުވަހު ރާއްޖެއިން ބޭރަށް ފުރަންދިޔަ އިންޑިއާ މީހެއްގެ އަތުންނެވެ.
12 Oct 2026
އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން
ޕޮލްކޯއަކީ މީގެ ކުރިންވެސް ފުލުހުންގެ ފްލެޓްތައް އެޅުމުގެ މައްސަލާގައި އުސޫލުން ބޭރުން ބޮޑެތި މުއާމަލާތްތަކެއް ހިންގާފައިވާ މުއައްސަސާއެއްކަން އޮޑިޓް އޮފީހުން ނެރުނު ބްލޫސް ހައުސިން ޕްރޮޖެކްޓާ ގުޅޭ ހާއްސަ އޮޑިޓްގައި ވަނީ ބަޔާންކޮށްފައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ ފުލުހުންގެ ޓަވަރުތައް އެޅުމަށް އެޑްވާންސް ފައިސާގެ ގޮތުގައި ދޭންޖެހޭ 58.9 މިލިއަން ރުފިޔާގެ ބަދަލުގައި އެކި ނަންނަމުގައި 124 މިލިއަނަށްވުރެ ގިނަ ރުފިޔާ އައިލެންޑް އެކްސްޕާޓް ކިޔާ ކުންފުންޏަކަށް ދިން މުއާމަލާތާ ގުޅޭ މައްސަލައެވެ.
12 Oct 2026
ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
މި ކަންކަމަށް ޙައްލެއް ހޯދުމުގެ ގޮތުން، އިތުރު ދީނީ ޢިލްމުވެރިންނާއި ޖަމްޢިއްޔާތައް ބައިވެރިކޮށްގެން ކުރެވެހެން ހުރި މަސައްކަތްތައް، ގުޅިގެން ކުރުމަށް ދެ ފަރާތުން ވަނީ އެއްބަސްވެފަ އެވެ.
12 Oct 2026
އިމާރާތްކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް އަމަލުކުރުމަށް އެޗްޑީސީގެ އިލްތިމާސެއް
މުއްދަތު ހަމަވުމަށްފަހު، ހުޅުމާލޭގެ އެއްވެސް ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތް ކުރިއަށްގެންދެވޭނީ، ގަވާއިދާ އެއްގޮތަށް ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅުތައް އަޅައި، ސޭފްޓީ މިންގަނޑުތައް ފުރިހަމަކުރުމަށްފަހު
12 Oct 2026
ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް
މި ނިންމުމާއެކު އެ ޕްރޮވިންސްގައި ޢިމްރާން ޚާންގެ ޕާޓީން ވެރިކަންކުރަމުންދިޔަ ސަރަޙައްދީ ސަރުކާރުގެ ބާރުތައް ކަނޑުވާލައި، އެ ސަރަޙައްދަށް ޕާކިސްތާނުގެ އަސްކަރީ ސިފައިން މިހާރު ވަނީ ފޮނުވާފައެވެ
12 Oct 2026
ދެއްވަދޫ ހޭންޑްބޯޅަ ކޯޓުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމުގެ 1.81 މިލިއަން ރުފިޔާގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށް، 120 ދުވަހުން ނިންމުމަށް ވަނީ ކަނޑައަޅައިފައެވެ.
12 Oct 2026
ވެލާނާ އެއާޕޯޓް ދެ ކެޓަގަރީއަކުން ވާދަކުރަނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ލީޑިންގ އެއާޕޯޓް އަދި ކަސްޓަމަރ އެކްސްޕީރިއަންސް ކެޓަގަރީއަށް ނޮމިނޭޓްވެ، ދުނިޔޭގެ ބޮޑެތި އެއާޕޯޓްތަކާ ވާދަކުރާނެއެވެ.