ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް-- ފޮޓޯ: މިހާރު
ހަބަރު
10 Oct 2022 | 14:48
ރައީސް ޔާމީން ހއ އަތޮޅުގެ 5 ރަށަކަށް ވަޑައިގަންނަވަނީ!

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޕީޕީއެމްގެ ރައީސް، ރައީސް ޔާމީން ހއ.ގެ 5 ރަށަކަށް ދަތުރުކުރެއްވުމަށް ހަމަޖެހިއްޖެއެވެ. 

ޕީޕީއެމް އިން މިއަދު ބުނީ، މިމަހު 12 އިން 15 އަށް ހއ. ކެލާ، ބާރަށް، ދިއްދޫ، އިހަވަންދޫ އަދި ތުރާކުނަށް ރައީސް ޔާމީން ވަޑައިގަންނަވާނެ ކަމަށެވެ. 

ޔާމީންގެ މިދަތުރުފުޅަކީ ޕާޓީގެ މެމްބަރުންނާ ރައްޔިތުންނާ ބައްދަލުކުރައްވައި، ރިޔާސީ އިންތިޚާބުގެ މެނިފެސްޓޯއަށް މައުލޫމާތު އެއްކުރުމާއި ރައްޔިތުން ބޭނުންވާ ކަންކަން ދެނެގަތުން ކަމަށްވެސް އެ ޕާޓީން ބުނެއެވެ. މީގެ އިތުރުން މިއީ، ޕާޓީގެ ހަރަކާތްތައް ރަށްރަށުގައި ވަރުގަދަކޮށް، ރިޔާސީ އިންތިޚާބަށް ވާންޖެހޭ ތައްޔާރީތައް ވުމަށް ކުރެވޭ ދަތުރެއް ކަމަށްވެސް ބުނެފައިވެއެވެ. 

ހއ. އަތޮޅަކީ ރައީސް ޔާމީންގެ ޒައާމަތުގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގަވާފައިވާ އަތޮޅެކެވެ. އެގޮތުން ހއ. އިހަވަންދޫގައި 14 ޕްރޮޖެކްޓް ، ކެލާގައި 16 ޕްރޮޖެކްޓް، ދިއްދޫގައި 27 ޕްރޮޖެކްޓް، ބާރަށުގައި 17 ޕްރޮޖެކްޓް، ތުރާކުނުގައި 15 ޕްރޮޖެކްޓް ހިންގާފައިވެއެވެ. މީގެ ތެރެއިން ގިނަ ޕްރޮޖެކްޓްތަކަކީ ރައީސް ޔާމީންގެ ވެރިކަމުގައި ނިންމަވާފައިވާ އަދި މިސަރުކާރު ވެރިކަމަށް އައި އިރު ހިނގަމުންދާ ޕްރޮޖެކްޓްތަކެވެ.

މިމަހު ތެރޭގައި ހއ އަށް ރައީސް ޔާމީން ވަޑައިގަންނަވާ އިރު، މިދިޔަ މަހު އެމަނިކުފާނު ވަނީ ދ.ކުޑަހުވަދޫއަށްވެސް ވަޑައިގެންފައެވެ. އެމަނިކުފާނުގެ އެ ދަތުރުގެ ތެރެއިން ކުޑަހުވަދޫ ރައްޔިތުންނާއި ބައްދަލު ކުރައްވައި އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ވެސް ދައްކަވާފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ