ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފް (ސެމްބެ)--ފޮޓޯ: މަޖިލިސް
ހަބަރު
11 Oct 2022 | 11:13
އިއްޔެ މުޒާހަރާ ރޫޅާލައި ބާރުގެ ބޭނުންކުރި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ގެ ސަރުކާރުން މަސްވެރިންނަށް ވެފައިވާ ވައުދުތައް ފުއްދަމުން ނުދާ ކަމަށްބުނެ، މަސްވެރިންގެ ހައްގުގައި އަޑު އުފުލުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން މަސްމާރުކޭޓު ސަރަހައްދުގައި އިއްޔެ ކުރި މުޒާހަރާ ރޫޅައިލައި ފުލުހުން ހާލަތާ ނުބައްދަލު ބާރު ބޭނުންކޮށްފައިވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅުއްވި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.

މި ސަރުކާރުން މަސްވެރިންނަށް ވެފައިވާ ވަޢުދުތައް ނުފުއްދައި މަސްވެރިންނަށް އިހުމާލުވެފައިވާތީ މަސްވެރިންގެ ކަންބޮޑުވުންތައް ސަރުކާރަށް އަޑު އިއްވުމުގެ ގޮތުން އިއްޔެ ހަވީރު މުޒާހަރާ ކޮށްފައިވަނީ އެމްއެމްއޭ ސަރަހައްދުގައެވެ. މުޒާހަރާ ފެށިތާ ގިނަ އިރެއް ނުވަނީސް ބާރުގެ ބޭނުން ކޮށްގެން ފުލުހުން ވަނީ މުޒާހަރާ ރޫޅައިލާފައެވެ. އަދި އެ މުޒާހަރާގެ ތެރެއިން 10 މީހަކު ވެސް ވަނީ ހައްޔަރުކޮށްފައެވެ.

އެ މީހުން ދޫކޮށްލުމަށް ގޮވާލައި އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފް (ސެމްބެ) އެވެ. 

ސެމްބެ ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނެފައިވަނީ މަސްވެރިންގެ ޙައްޤުގައި އިދިކޮޅު ޕާޓީތަކުން އަޑު އުފުލުމުން ފުލުހުން ހާލަތާ ނުބައްދަލު ބާރު ބޭނުންކޮށްގެން 10 މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެއީ ޤާނޫނުއަސާސީން ލިބިދޭ ޚިޔާލުފާޅުކުރުމާއި, އެއްވެ އުޅުމުގެ ޙައްޤަށް ހުރަސް އެޅުން ކަމަށެވެ.

އެގޮތުން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ޤާނޫނު އަސާސީގެ 27 ވަނަ މާއްދާ އާއި 32 ވަނަ މާއްދާ އިން ރައްޔިތުންނަށްލިބިދީފައިވާ އަސާސީ ޙައްގު ތަކަށްވާއިރު އެ ހައްގު ހަނިކޮށް ރައްޔިތުން ހައްގުތަކުން މަހުރޫމްކުރަމުންދާތީއާއި، އިހްތިޖާޖުގައި ބައިވެރިވި ކަނބަލުންގެ ކަރާމާތް ފުލުހުން ނަގާލާފައިވާތީއާއި އަދި މިއީ ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓާއި ފުލުހުންގެ ގާނޫނާއިވެސް ހިލާފު ކަމެއް ކަމަށް އެ މައްސަލާގައި ބުނެފައިވެއެވެ. 

އަދި މުޒާހަރާ ރޫޅާލުމުގައި ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށް އިހްތިޖާޖުގެބައިވެރިންނަށް އަނިޔާވާގޮތަށް ފުލުހުންގެ ޢަމަލު ކުރުމަކީ ޑިމޮކްރަސީގެ އަސާސްތަކާއި ހިލާފަށްއިދިކޮޅު ޕާޓީގެ ހައްގުތަކާއި ޒިއްމާތަކަށް ހުރަސްއެޅުމަށް ސަރުކާރުން އަންގައިގެން ފުލުހުން ލައްވާ ހިންގާ ގައިރު ގާނޫނީ އަމަލެއް ކަމަށްވެސް ސެމްބެ ވިދާޅުވިއެވެ.

އެހެންކަމުން އެފަދަ އަމަލުތައް ނުހިންގުމަށާއި، އެއްވެ އުޅުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް ނޭޅުމަށާއި، އިހްތިޖާޖުގެ ތެރެއިން ހައްޔަރުކޮށްފައިތިބި މީހުން ދޫކޮށްލުމަށާއި، ކަނބަލުންގެ ކަރާމާތަށް އަރައިގަނެފައިވާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރުމަށް ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކަށް އޭނާ ގޮވާލެއްވި އެވެ.

މި މައްސަލައިގައި ޙުސައިން ގޮވައިލެއްވީ ޚިޔާލު ފާޅުކުރުމުގެ ޙައްޤަށް ހުރަސް އަޅައި, އަންހެނުންގެ ކަރާމާތަށް އަރައިގަނެފައިވާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަޙްޤީޤުކޮށް ދިނުމަށެވެ. ނަމަވެސް މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ 08 މެންބަރުންނެވެ. ނުފެންނަ ކަމަށް 23 އަދި ވަކި ކޮޅަކަށް އެއް މެމްބަރަކު ވޯޓެއް ނުދެއްވި އެވެ. ވުމާއެކު އެ މައްސަލަ ވަނީ މަޖިލީހުން ބޭރުކޮށްލައިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.