ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދިޔަ ބަޔަކު އެއާޕޯޓުގައި- ފޮޓޯ/ ހައްޖު ކޯޕަރޭޝަން
ދުނިޔެ
11 Oct 2022 | 14:05
މަހްރަމަކު ނުލައި ހައްޖާއި އުމްރާ ވެވޭނެ ގޮތް ހަދައިފި

ހައްޖާއި އުމްރާގެ އަޅުކަން އަދާކުރުމަށް ދާ އަންހެން ހައްޖުވެރިންނާއެކު  މަހްރަމެއް ހުރުން ލާޒިމް ކުރާ އުސޫލު އުވާލައި އިތުރު ބަދަލުތަކެއް ސައުދީ އަރަބިއްޔާއިން ބަދަލުކޮށްފިއެވެ. 

މިސްރުގެ ވެރިރަށް ގާހިރާގައި ހުންނަ ސައޫދީ އެމްބަސީގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން، ސައޫދީގެ ހައްޖާއި އުމްރާގެ ކަންކަމާ ބެހޭ ވަޒީރު ޑރ. ތައުފީގު އައްރަބީއާ އިއްޔެ ވިދާޅުވީ، ދުނިޔޭގެ އެއްވެސް ގައުމަކުން އުމްރާ ނުވަތަ ހައްޖުގެ އަޅުކަން އަދާކުރުމަށްޓަކައި ސައޫދީއަށް އެތެރެވާ އިރު، މަހްރަމަކު ގެނައުން މިހާރު މަޖުބޫރު ނޫން ކަމަށެވެ.

މިހާތަނަށް ސައޫދީ އަރަބިއްޔާ އިން އަމަލުކުރަމުން އައި އުސޫލުގައި އޮންނަ ގޮތުން، އުމްރާ ނުވަތަ ހައްޖުގެ އަޅުކަން އަދާކުރުމަށްޓަކައި ސައޫދީ އަށް އެތެރެވާ ކޮންމެ އަންހެނަކު، އޭނާއާ އެކުގައި މަހްރަމަކު ގެންދަންޖެހެ އެވެ. އެގޮތުން މަހްރަމުންގެ ގޮތުގައި މީގެކުރިން ބަލައިގަންނަމުން ދިޔައީ ފިރިމީހާ، ބައްޕަ ނުވަތަ ދާއިމަށް ކައިވެނި ހަރާމް ފިރިހެނުންނެވެ. އެ އުސޫލު ދޫކޮށްލީ ކީއްވެގެން ކަމެއް ސައޫދީ ސަރުކާރުން ނުބުނެ އެވެ. 

މީގެ އިތުރުން، އުމްރާގެ އަޅުކަން އަދާކުރުމަށް ވިސާ ދިނުމުގައި ސައޫދީން މިހާތަނަށް އަމަލު ކުރަމުން އައި އުސޫލަކީ، ކޮންމެ މަހަކު ވެސް ވަކި އަދަދަކަށް ވިސާ ދޫކޮށް އުމްރާގެ އަޅުކަން ކުރުމަށްވެސް އެކަމަށް ޚާއްސަ ވިސާއެއް ނަގައިގެން ކަމަށް ވީ ނަމަވެސް ސައުދީ ވަޒީރު ވިދާޅުވީ، މީގެ ފަހުން ވިސާ ދޫކުރުމުގައި ވަކި އަދަދެއް ނޯންނާނެކަމަށާ އަދި ކޮންމެ ކަހަލަ ވިސާއެއްގައިވެސް ސައުދީއަށް އެތެރެވާ މީހަކަށް އުމްރާގެ އަޅުކަން އަދާކުރެވޭނެކަމަށެވެ. 

"މިހާރު މި ހަމަޖެއްސި ގޮތުން، ކޮންމެ ކަހަލަ ވިސާއެއްގައި ސައޫދީ އަށް އެތެރެވާ މީހަކަށް ވެސް އުމްރާގެ އަޅުކަން އަދާކުރެވޭނެ. ކޮންމެ މަހަކަށް ވަކި ކޯޓާއެއްގެ ވެސް މިހާރަކު ނޯންނާނެ." ސައޫދީގެ ހައްޖާއި އުމްރާގެ ކަންކަމާ ބެހޭ ވަޒީރު ވިދާޅުވިއެވެ. 

ހައްޖުވެރިންނަށް ލުއިފަސޭހަ ގޮތްތައް ހަމަޖައްސައިދިނުމަށް އަބަދުވެސް ވަރަށް ބޮޑު އިސްކަމެއް ދޭ ކަމަށްވެސް ސައުދީ ސަރުކާރުން ބުނެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Aug 2026
ދައުލަތުން ގެއްލުނު މުދަލާއި ފައިސާ ހޯދަން މީގެ ކުރިން މަސައްކަތްކުރި ނިޔަތް ރަނގަޅެއްނޫން: ރައީސް
ރައީސް މުޢިއްޒު ވިދާޅުވީ، މި ސަރުކާރުން މަސައްކަތް ކުރަމުންދަނީ ނިޒާމީ ގޮތެއްގައި މިކަން ހަރުދަނާކުރުމަށް ކަމަށެވެ
26 Aug 2026
އިގްތިސާދު ފުޅާކުރަން މިހާތަނަށް އެންމެ ކާމިޔާބު މަސައްކަތްތަކެއް ކުރީ މި ސަރުކާރުން
ރައީސް ތަކުރާރު ކުރައްވާ ވިދާޅުވީ މި ސަރުކާރަކީ އިގްތިސާދު ކުރިއެރުވުމަށް ވަރަށް އިސްކަންދޭ އެކަމުގައި “ޕްރޯ” ސަރުކާރެއް ކަމަށެވެ
26 Aug 2026
ބޭރުފައިސާގެ މައްސަލާގައި އަޅަމުންދާ ފިޔަވަޅުތަކުގެ ނަތީޖާ ރަނގަޅުވާނެ: ރައީސް
ރައީސް ވިދާޅުވީ ސަރުކާރުގެ އިޤްތިޞާދީ އިޞްލާޙީ މަސައްކަތްތަކާ ގުޅޭގޮތުން ސިޔާސީ ގޮތުން އެކި ފަރާތްތަކުން އެކި ވާހަކަތައް ދެއްކި ނަމަވެސް، މި ފިޔަވަޅުތަކަކީ ޤައުމުގެ ޙާލަތު ރަނގަޅުކުރުމަށް ކޮންމެހެން އަޅަންޖެހޭ ފިޔަވަޅުތަކެއްކަން ޢާންމު ރައްޔިތުން ޤަބޫލުކުރާ ކަމަށެވެ
26 Aug 2026
ލަންކާގެ ހައިކޮމިޝަނަރު އެމް. ރިޒްވީ، ފުވައްމުލަކު އަޙްމަދު ޢަލީ ދީދީ ކްރިކެޓް ދަނޑަށް
ދަނޑަށް ކުރެއްވި ޒިޔާރަތުގައި ވާހަކަފުޅު ދައްކަވަމުން ހައިކޮމިޝަނަރު އެމް. ރިޒްވީ ވަނީ ފުވައްމުލަކުގައި ކްރިކެޓް ކުޅިވަރަށް އޮތް ބޮޑު ޝައުޤުވެރިކަން ފާހަގަކުރައްވާފައެވެ.
26 Aug 2026
ނޭޕާލަށް ކުރިމަތިވި ފެންބޮޑުވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ފޮނުއްވައިފި
ރައީސް ވަނީ ހާދިސާގެ އަސަރުކޮށްފައިވާ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެމެޖެންސީ ޓީމުތަކުން ކެނޑިނޭޅި ކުރަމުންދާ މަސައްކަތަށް ތަޢުރީފު ކުރައްވާފައެވެ
26 Aug 2026
އެއްގަމު އުޅަނދުފަހަރު ދެން އެންމެ ގިނަވެގެން ދުއްވޭނީ 20 އަހަރުވަންދެން
ބިލުގައިވާ ގޮތުން އުޅަނދެއް އުފެއްދި ތާރީޚުން ފެށިގެން 20 އަހަރު ފުރުމުން އެ އުޅަނދެއްގެ ރަޖިސްޓްރީ ބާޠިލުކުރެވޭނެއެވެ
26 Aug 2026
މިސްކިތް ތަރައްޤީކުރުމަށް ސްރީލަންކާ ސަރުކާރުން 10 މިލިއަން ރުޕީސް ދެނީ
މިސްކިތްތައް ތަރައްޤީކުރުމަށް ސަރުކާރުން ފައިސާ ދިނުމަށް ނިންމާފައިވަނީ، ހާއްސަ މުނާސަބާއަކާ ގުޅިވައިގެންނެވެ. މި މަސައްކަތް ކުރިއަށް ގެންދަނީ ލަންކާގެ ކަމާބެހޭ ވުޒާރާ އާއި މުސްލިމް ދީނީ އަދި ސަގާފީ ކަންތައްތަކާ ބެހޭ ޑިޕާޓްމަންޓް ގުޅިގެންނެވެ.
26 Aug 2026
ފޯމްތައް އިސްލާހްކުރަން ދޭ މުއްދަތު 21 ދުވަހަށް އިތުރުކޮށްފި
ފޯމުތަކުގެ ވެރިފިކޭޝަން މަރުހަލާ ކުރިއަށްދާއިރު އެއްވެސް މައުލޫމާތެއްގެ ފުށުއެރުމެއް ނުވަތަ ސައްހަނޫން ކަމެއް ފާހަގަކުރެވިއްޖެނަމަ، އެކަން އިސްލާހުކުރަން ޖެހޭނީ "ހިޔާވަހިކަން ޕޯޓަލް" މެދުވެރިކޮށެވެ.