މިނީ ބަސް ތަކެއް މާލޭ މަގު މަތީގައި-- ފޮޓޯ: ވޮއިސް
ހަބަރު
12 Oct 2022 | 11:35
ހުޅުމާލެ ފޭސް ދޭއްގައި އިތުރު ދެ ބަސްހުއްޓި ހަދައިފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިތުރު ދެ ތަނަކަށް ބަސް ހުއްޓާ ގޮތަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހަމަޖައްސައިފި އެވެ.

އެމްޓީސީސީން ބުނީ ރާއްޖޭގެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގްރޭޓަރ މާލޭ ސަރަހައްދުގެ ބަސް ރޫޓްތަކުގެ ތެރެއިން ފޭސް ދޭއްގެ ބަސް ރޫޓަށް އިތުރު ދެ ބަސްހުއްޓިއެއް މިއަދުން ފެށިގެން އިތުރު ކޮށްފައިވާ ކަމަށެވެ.

އެގޮތުން ބަސް ހުއްޓި އިތުރު ކޮށްފައިވަނީ، ހުޅުމާލެ ފޭސް ދޭއް އިން ހުޅުމާލެ ފޭސް އެކެއްގެ ރޫޓާއި، ހުޅުމާލެ ފޭސް ދޭއް އިން މާލޭގެ ވެސްޓް ޕާކް ބަސް ރޫޓާއި، ހުޅުމާލެ ފޭސް ދޭއް އިން މާލޭގެ ކާނިވަލް ބަސް ރޫޓްގެ އިތުރުން، ހުޅުމާލެ ފޭސް ދޭއް އިން ވޭލާނާ އިންޓަނޭޝަނަލް އެއާޕޯޓް ބަސް ރޫޓަށެވެ. 

މި ރޫޓް ތަކަށް އިތުރު ކޮށްފައިވާ ދެ ބަސް ހުއްޓި އަކީ، މަސްޖިދުލް އަމީރް ޖަމީލް ބަސް ހުއްޓި (ހުޅުމާލެ ފޭސް ދޭއް ނިރޮޅު މަގު) އާއި ސްޓެލްކޯ ފްލެޓް ބަސް ހުއްޓި (ހުޅުމާލެ ފޭސް - ހިތިގަސް މަގު) ކަމަށްވެސް އެ ކުންފުނިން ބުނެއެވެ. 

މިނީ ބަހުގެ ޚިދުމަތް ކޮންމެ ދުވަހަކު ހެނދުނު 5:45 އިން ރޭގަނޑު 00:15 އަށް ފޯރުކޮށްދެއެވެ. އެގޮތުން ކޮންމެ 10 މިނެޓަކާއި 15 މިނެޓާއި ދޭތެރޭ ވަގުތެއްގައި ކޮންމެ ބަސް ސްޓޮޕަކުންވެސް އެ ޚިދުމަތް ލިބޭއިރު މި ޙިދުމަތަށް ކަނޑައަޅާފައިވާ އަގަކީ -/7 ރުފިޔާއެވެ.

އަދި 65 އަހަރުން މަތީގެ މީހުންނަށާއި، 3 އަހަރުން ދަށުގެ ކުޑަކުދިންނަށް އައި.ޑީ. ކާޑު ދެއްކުމުން ހިލޭ މިނީ ބަހުގައި ދަތުރުކުރެވޭނެއެވެ. އަދި ޙާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން (އެންސްޕާ) އިން ދީފައިވާ ކާޑު ދެއްކުމުން ހިލޭ ދަތުރުކުރެވޭނެއެވެ. މީގެ އިތުރުން، ޔުނިފޯރމްގައި ތިބޭ ސްކޫލް ކުދިންނަށްވެސް ބަހުގައި ހިލޭ ދަތުރުކުރެވޭނެއެވެ.

އާރް.ޓީ.އެލް. މާލޭ ބަހުގެ ރޫޓް މެޕް އާރް.ޓީ.އެލް. ވެބްސައިޓް އަދި ޓްރެވަލް އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް ބެލެން ހުންނާނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.