ކްރިމިނަލް ކޯޓް
ހަބަރު
12 Oct 2022 | 13:01
ޑްރަގް މައްސަލައެއްގައި އުމުރު ދުވަހުގެ ޖަލު އަދަބު، 12 އަހަރަށް ކުޑަކޮށްފި!

ބައި ކިލޯއެއްހާ ޑްރަގް ގެންގުޅުނު މީހަކާއެކު ހެދި އިއުތިރާފްގެ އެއްބަސްވުމުގެ ސަބަބުން އުމުރު ދުވަހުގެ ޖަލު ހުކުމުގެ އަދަބު 12 އަހަރުގެ ޖަލު ހުކުމަކަށް ކުޑަކޮށްފި އެވެ.

މި މައްސަލާގައި އަދަބު ލުއި ކޮށްފައިވަނި ހއ. ކެލާ/ ސަންޝައިން އާދަމް ސަމޫހު ނަމަކަށް ކިޔާ މީހެއްގެއެވެ. 

އޭނާގެ މައްޗަށް ދައުވާ ހުށަހަޅަމުން ދައުލަތުން ބުނެފައިވަނީ, 29 އޮކްޓޫބަރު، 2020 ގައި، ސަމޫހު ދިރިއުޅޭ، ކ.މާލޭ ގ.ހޭވަންގޭގެ ފަސްވަނަ ފްލޯގައި އޭނާ މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އޭގެ ވިޔަފާރި ކުރާކަމަށް ފުލުހުންނަށް ލިބިގެން ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އަދި ފުލުހުން، އޭނާ ގަޔާއި، ދިރިއުޅުނު ގޭގެ އެކި ތަންތަނުން ޖުމުލަ ބައި ކިލޯއެއްހާ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސް ހޯދާފައިވާކަމަށް، އޭނާގެ ކުޑަ ކަމުދާ ތަކެތި ތަހުލީލު ކުރި އިރު އެވެސް ކެނަބިސް އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ދައުވާ ގައި ބުނެފައިވާއިރު ދައުލަތުން އޭނާގެ މައްޗަށް ވަނީ ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާ އުފުލާފައެވެ.

މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށަށް ގާނޫނުގައި އޮންނަ އެންމެ ލުއި އަދަބަކީ ވެސް އުމުރަށް ޖަލަށްލުމާ އެކު 100،000ރ. އިން ޖޫރިމަނާ ކުރުމެވެ.

އެހެން ނަމަވެސް އާދަމް ސަމޫހަށް އަދަބު އެއަށް ވުރެ ލުއިވީ އޭނާ ކުށަށް އިއުތިރާފްވުމުން އޭނާގެ އަދަބު 12 އަހަރަށް ލުއިކުރަން ދައުލަތުން އެއްބަސްވުމެއް ހެދުމުންނެވެ. އަދި އެއްބަސްވުމާ އެއްގޮތަށް ކޯޓުގައި އޭނާ ކުށަށް އިއުތިރާފްވި އެވެ.

އެއްބަސްވުމުގައިވާ ގޮތަށް މިދިޔަ ހޯމަ ދުވަހު ކްރިމިނަލް ކޯޓުން ހުކުމްކުރީ އޭނާ 12 އަހަރާއި ހަ މަހަށް ޖަލަށްލުމެވެ. އެކަމަކު އޭނާ އެއް އަހަރާއި 11 މަސް ބަންދުގައި ހޭދަކޮށްފައިވާތީ އޭނާ ތަންފީޒު ކުރަން ޖެހެނީ 10 އަހަރުގެ ޖަލު ހުކުމެކެވެ.

ޖަލު ހުކުމުގެ އަދަބު ކުޑަކުރިޔަސް، ޖޫރިމަނާގެ އަދަބު ލުޔެއް ނުކުރެ އެވެ. އެހެންވެ، ގާނޫނުގައި އޮންނަ 100،000ރ. އިން އޭނާ ވަނީ ޖޫރިމަނާކޮށްފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.