އުރީދޫ މޯލްޑިވްސް ޕަބްޖީ ޗެމްޕިއަންޝިޕް ގެ ކޮންޓެންޑަރ ސީރީޒް 3 ގައި ރަޖިސްޓްރީވުމަށް ވަނީ ހުޅުވާލެވިފައި
ވިޔަފާރި
14 Oct 2022 | 17:06
އުރީދޫ މޯލްޑިވްސް ޕަބްޖީ ޗެމްޕިއަންޝިޕް ގެ ކޮންޓެންޑަރ ސީރީޒް 3 ގައި ރަޖިސްޓްރީވުމަށް ހުޅުވާލައިފި

އުރީދޫ ނޭޝަން އިން އުރީދޫ މޯލްޑިވްސް ޕަބްޖީ ޗެމްޕިއަންޝިޕް ކޮންޓެންޑަރ ސީރީޒް 3 ގައި ބައިވެރިވުމަށް އޮންލައިން ރަޖިސްޓްރޭޝަން ޕޯޓަލްއެއް މެދުވެރިކޮށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައެވެ.

15000 ރުފިޔާގެ އަގުހުރި އިނާމްތަކާއި އެކު ކުރިއަށް ގެންދާ އުރީދޫ މޯލްޑިވްސް ޕަބްޖީ ޗެމްޕިއަންޝިޕް ކޮންޓެންޑަރ ސީރީޒް 3 ގައި ބައިވެރިވުމަށް އޮންލައިން ރަޖިސްޓްރޭޝަން ޕޯޓަލްއެއް މެދުވެރިކޮށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު, ރެޖިސްޓާ ވާން ބޭނުން ފަރާތްތަކުން http://ore.do/contender ޒިޔާރަތްކޮށްލުމަށް އުރީދޫއިން އެދެއެވެ. 

އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕް ކޮންޓެންޑަރ ސީރީޒް އަކީ 100،000 ރުފިޔާގެ ގްރޭންޑް ޕްރައިޒް ޕޫލަކާއެކު 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު ބާއްވާ ރާއްޖޭގެ އެންމެ ބޮޑު ޕަބްޖީ ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ހޯދައިދޭ ކޮލިފައިންގް  މެޗް ސިލްސިލާއެކެވެ. މި ސިލްސިލާގެ ފުރަތަމަ ދެ ޕަބްޖީ ކޮލިފައިން މުބާރާތް ނިމި މިހާރު ހުޅުވައިލެވިފައިވަނީ ތިންވަނަ ކޮލިފައިން ސީރީޒްއެވެ. 

އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް ޝައުގުވެރިވާ ގޭމަރުން، އެފަރާތެއްގެ ޓީމްތައް ރަޖިސްޓްރީކޮށް، ކުރިއަށް އޮތް ކޮލިފައިން މުބާރާތްތަކުގައި ވާދަކޮށް، އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕްގެ އޮފިޝަލް ޓޯނަމަންޓް ގައި ވާދަކުރެވޭނެއެވެ. ބައިވެރިވާ ޓީމުތަކުން ރަޖިސްޓްރޭޝަން ފީގެ ގޮތުގައި 150 ރުފިޔާ ގެ އިތުރުން ޓީމް މެމްބަރުންގެ މައުލޫމާތްއާއި ޓީމް ލޯގޯ 15 އޮކްޓޯބަރ 2022 ގެ ކުރިން ޕޯޓަލް މެދުވެރިކޮށް ހުށަހަޅަންޖެހެއެވެ.

އުރީދޫ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕް ގެ ކޮންޓެންޑަރ ސީރީޒް 3 ގެ ޗެމްޕިއަން ޓީމުތަކަށް ކަނޑައެޅިފައިވާ 15،000 ރުފިޔާގެ އިނާމު ހަމަޖެހިފައިވަނީ ތިރީގައި މިވާ ގޮތަށެވެ.

• ޗެމްޕިއަން ޓީމަށް 10،000 ރުފިޔާ

• 2 ވަނަ އަށް ހޮވޭ ޓީމަށް 3،000 ރުފިޔާ 

• 3 ވަނަ އަށް ހޮވޭ ޓީމަށް 2،000 ރުފިޔާ 

ރޯޑް ޓު އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕް:

އުރީދޫ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕް ކޮންޓެންޑަރ ސީރީޒް 1 ގައި  ބައިވެރިވި ޓީމްތަކުގެ ތެރެއިން 16 ޓީމެއް 3 ސެޕްޓެމްބަރ 2022 ފިނާލޭގައި ވަރުގަދަ ކުރިމަތިލުމަކަށްފަހު، 3 ޓީމެއް ވަނީ މި އަހަރުގެ އަހަރު ބާއްވާ އެންމެ ބޮޑު ޕަބްޖީ މުބާރާތް ކަމަށްވާ އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕަށް ކޮލިފައިވެފައެވެ.

މޮޅުވެފައިވާ ޓީމްތައް:

ޗެމްޕިއަން ޓީމް: އާރް ޖީސީ ޑެނޯ

2 ވަނައަށް މޮޅުވި ފަރާތް: ކޭއެޗް އީސްޕޯޓްސް

3 ވަނައަށް މޮޅުވި ފަރާތް: އެލްއެންއެން ސްޕީޝީސް

އުރީދޫ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕް ކޮންޓެންޑަރ ސީރީޒް 2:

ސެޕްޓެމްބަރު މަހު ބޭއްވުނު މި ދެވަނަ ސިލްސިލާގައި ވަނީ 500 ގޭމަރުންނާއެކު 89 ޓީމަކުން ވާދަކޮށްފައެވެ. ގަދަ ހިފުމަކަށްފަހު 3 ސެޕްޓެމްބަރުގައި މުބާރާތް ނިމިގެން ދިޔައައީ އެންމެ މޮޅު 3 ޓީމުން އުރީދޫ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕް ގައި ވާދަކުރުމަށް ޖާގަ ހޯދައިގެންނެވެ. 

މޮޅުވެފައިވާ ޓީމްތައް:

ޗެމްޕިއަން ޓީމް: އެސްޑީއެމްޒީ އީސްޕޯރޓްސް

2 ވަނައަށް މޮޅުވި ފަރާތް: އާރްޖީސީ އޯޕެކްސް

3 ވަނައަށް މޮޅުވި ފަރާތް: އީ2އެސް އަކަޓްސުކި

3. އުރީދޫ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕް ކޮންޓެންޑަރ ސީރީޒް3:

އުރީދޫ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕް ކޮންޓެންޑާރ ސީރީޒް 3 ގައި ވާދަކޮށް އެންމެ މޮޅު 3 ޓީމު އުރީދޫ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕަށް ކޮލިފައިވާނެއެވެ. މި މުބާާރާތުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ވަނީ މިހާރު ހުޅުވާލާފައެވެ. ރެޖިސްޓަރ ވުމަށް http://ore.do/contender ޒިޔާރާތްކޮށްލާށެވެ.

4. އުރީދޫ ޕަބްޖީ ޗެމްޕިއަންޝިޕް އޮފިޝަލް ކޮލިފައިން އިވެންޓް:

އުރީދޫ ޕަބްޖީ ޗެމްޕިއަންޝިޕް އޮފިޝަލް ކޮލިފައިން އިވެންޓް ގައި ވާދަކޮށް އެންމެ މޮޅު 7 ޓީމު އުރީދޫ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕަށް ކޮލިފައިވާނެއެވެ. މި މުބާާރާތް ބާއްވަން ހަމަޖެހިފާވަނީ މި އަހަރު ނޮވެމްބަރު މަހުއެވެ.

5. އުރީދޫ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕް:

100،000 ރުފިޔާ ގެ ޕްރައިޒް ޕޫލަށް 16 ޓީމުން ވާދަކުރާނެއެވެ. މި މުބާާރާތް ބާއްވަން ހަމަޖެހިފާވަނީ މި އަހަރު ޑިސެމްބަރު މަހުއެވެ.

އުރީދޫ ނޭޝަން އިން ވަނީ ރާއްޖޭގެ އެންމެ ބޮޑު ޕްރައިޒް ޕޫލާއެކު ހުޅުވާލި "އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕް" ގައި ބައިވެރިވުމަށް ރާއްޖޭގެ ހުރިހާ ގޭމަރުންނަށް މަރުހަބާ ކިޔާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Oct 2026
ފޯބްސްގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް
ފޯބްސްއިން ހާމަކޮށްފައިވާ ގޮތުގައި، މި ރޭންކިންގއަކީ ބޭންކުތަކުގެ ހަމައެކަނި ބޮޑުމިނަށް ބަލައިގެން އެކުލަވައިލި ލިސްޓެއް ނޫނެވެ. އޭގެ ބަދަލުގައި، މިއީ އެ ބޭންކެއްގެ މާލީ ހާލަތު ހުރިގޮތާއި، ދިމާވާ މާލީ ގޮންޖެހުންތަކުން އަރައިގަތުމުގެ ގާބިލުކަން ހުރި މިންވަރު ވަޒަންކުރުމަށްފަހު އެކުލަވައިލި ލިސްޓެކެވެ. ބީއެމްއެލް މި ލިސްޓުގައި ހިމެނުމަކީ އެ ބޭންކުގެ މާލީ ދުޅަހެޔޮކަން ބައިނަލްއަގުވާމީ މިންގަނޑުތަކުން ބަލައިގަނެފައިވާ ކަމުގެ ހެއްކެކެވެ
12 Oct 2026
އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
މި ފައިސާ އަތުލައިގެންފައި ވަނީ މި މަހުގެ ހަތްވަނަ ދުވަހު ރާއްޖެއިން ބޭރަށް ފުރަންދިޔަ އިންޑިއާ މީހެއްގެ އަތުންނެވެ.
12 Oct 2026
އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން
ޕޮލްކޯއަކީ މީގެ ކުރިންވެސް ފުލުހުންގެ ފްލެޓްތައް އެޅުމުގެ މައްސަލާގައި އުސޫލުން ބޭރުން ބޮޑެތި މުއާމަލާތްތަކެއް ހިންގާފައިވާ މުއައްސަސާއެއްކަން އޮޑިޓް އޮފީހުން ނެރުނު ބްލޫސް ހައުސިން ޕްރޮޖެކްޓާ ގުޅޭ ހާއްސަ އޮޑިޓްގައި ވަނީ ބަޔާންކޮށްފައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ ފުލުހުންގެ ޓަވަރުތައް އެޅުމަށް އެޑްވާންސް ފައިސާގެ ގޮތުގައި ދޭންޖެހޭ 58.9 މިލިއަން ރުފިޔާގެ ބަދަލުގައި އެކި ނަންނަމުގައި 124 މިލިއަނަށްވުރެ ގިނަ ރުފިޔާ އައިލެންޑް އެކްސްޕާޓް ކިޔާ ކުންފުންޏަކަށް ދިން މުއާމަލާތާ ގުޅޭ މައްސަލައެވެ.
12 Oct 2026
ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
މި ކަންކަމަށް ޙައްލެއް ހޯދުމުގެ ގޮތުން، އިތުރު ދީނީ ޢިލްމުވެރިންނާއި ޖަމްޢިއްޔާތައް ބައިވެރިކޮށްގެން ކުރެވެހެން ހުރި މަސައްކަތްތައް، ގުޅިގެން ކުރުމަށް ދެ ފަރާތުން ވަނީ އެއްބަސްވެފަ އެވެ.
12 Oct 2026
އިމާރާތްކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް އަމަލުކުރުމަށް އެޗްޑީސީގެ އިލްތިމާސެއް
މުއްދަތު ހަމަވުމަށްފަހު، ހުޅުމާލޭގެ އެއްވެސް ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތް ކުރިއަށްގެންދެވޭނީ، ގަވާއިދާ އެއްގޮތަށް ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅުތައް އަޅައި، ސޭފްޓީ މިންގަނޑުތައް ފުރިހަމަކުރުމަށްފަހު
12 Oct 2026
ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް
މި ނިންމުމާއެކު އެ ޕްރޮވިންސްގައި ޢިމްރާން ޚާންގެ ޕާޓީން ވެރިކަންކުރަމުންދިޔަ ސަރަޙައްދީ ސަރުކާރުގެ ބާރުތައް ކަނޑުވާލައި، އެ ސަރަޙައްދަށް ޕާކިސްތާނުގެ އަސްކަރީ ސިފައިން މިހާރު ވަނީ ފޮނުވާފައެވެ
12 Oct 2026
ދެއްވަދޫ ހޭންޑްބޯޅަ ކޯޓުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމުގެ 1.81 މިލިއަން ރުފިޔާގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށް، 120 ދުވަހުން ނިންމުމަށް ވަނީ ކަނޑައަޅައިފައެވެ.
12 Oct 2026
ވެލާނާ އެއާޕޯޓް ދެ ކެޓަގަރީއަކުން ވާދަކުރަނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ލީޑިންގ އެއާޕޯޓް އަދި ކަސްޓަމަރ އެކްސްޕީރިއަންސް ކެޓަގަރީއަށް ނޮމިނޭޓްވެ، ދުނިޔޭގެ ބޮޑެތި އެއާޕޯޓްތަކާ ވާދަކުރާނެއެވެ.