އިވަހަންދޫ ދާއިރާގެ މެމްބަރު ޝިފާއު މަޖިލީހުގައި/ ފޮޓޯ: މަޖިލިސް
ހަބަރު
16 Oct 2022 | 13:14
3700 ގެ އާބާދީ އޮތް އިހަވަންދޫއިން ޕީޕީއެމްއާއި ގުޅުނީ 3 މީހުން: ޝިފާއު

3700 ގެ އާބާދީއެއް އޮތް ހއ އިހަވަންދޫއިން ޕީޕީއެމްއާއި ގުޅުނީ އެންމެ 3 މީހުންކަމަށް އިހަވަންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ. 

ވާދަވެރި ސިޔާސީ ލީޑަރު އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމު ބޮޑުތިލަދުންމައްޗަށް ކުރައްވާ ދަތުރުފުޅުގައި އިއްޔެ ހއ އިހަވަންދުއަށް ވަޑައިގެންފައިވާއިރު، އެމަނިކުފާނަށް އެރަށުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. 

އެމަނިކުފާނު ރަށަށް އަރާވަޑައިގަތީ ރަސްމީ އިއްޒަތުގައެވެ. އަދި އެ ވަގުތު އެމަނިކުފާނުގެ އިސްތިގުބާލުގައި ގިނަ އަދަދެއްގެ ބަޔަކު ތިބި މަންޒަރުވެސް ފެނިގެން ދިޔައެވެ. މުޅި އިހަވަންދޫ ވަނީ ރައީސް ޔާމިންއަށް މަރުހަބާ ކިޔުމަށް ޒީނަތްތެރިކުރެވިފައެވެ. 

ރައީސް ޔާމީން ރަސްމީ އިއްޒަތުގައި އިހަވަންދޫއަށް ވަޑައިގަތުން 

އެއާއެކުވެސް އިހަވަންދޫ ދާއިރާގެ މެމްބަރު ޝިފާއު ވިދާޅުވީ ރައީސް ޔާމިންއަށް މަރުހަބާ ދެންނެވުމަށް އެކަށީގެންވާ އަދަދަކަށް މީހުން ނިކުމެފައި ނުވާކަމަށެވެ. އަދި ރައީސް ޔާމީންއަށް މަރުހަބާ ދެންނެވުމަށް މީހުން ނުނިކުތީ ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހު މި ގައުމަށް ގެނެސްދެއްވާ ތަރައްގީ ރައްޔިތުން ބަލައިގަންނާތީކަމަށް ޝިފާއު ވިދާޅުވިއެވެ. އަދި ރައީސް ޔާމީންއަށް މަރުހަބާ ދެންނެވުމަށް މީހުން ނުނިކުތީ އަނިޔާވެރި ވެރިކަމަކަށް އިހަވަންދޫ ރައްޔިތުން އެއްބަސް ނުވާތީކަމަށް އޭނާ ވިދާޅުވިއެވެ. 

އިހަވަންދޫގައި ވަނީ ރޭ ވަނީ ރައީސް ޔާމީން ބައިވެރިވެވަޑައިގެން ޚާއްސަ ޖަލްސާއެއްވެސް ބާއްވާފައެވެ. އެ ޖަލްސާގައި ގިނަ އަދަދެއްގެ ބަޔަކު ޕީޕީއެމްއާއި ގުޅި ފޯމުތައް ހަވާލުކޮށްފައި ވީނަމަވެސް އިހަވަންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ޝިފާއު ވިދާޅުވީ 3700 މީހުން ދިރިއުޅޭ އިހަވަންދޫއިން ޕީޕީއެމްއާއި އަލަށް ގުޅުނީ އެންމެ ތިން މީހުންކަމަށެވެ. އަދި އެކަމުގެ ސަބަބުންވެސް ހަގީގަތުގައި އިހަވަންދޫގެ ތާއީދު ރައީސް ޔާމީންއަށް ނެތްކަން ހާމަވާކަމަށް އޭނާ ވިދާޅުވިއެވެ. 

އިހަވަންދޫއިން ޕީޕީއެމްއާއި ގުޅުނު މީހެއް ފޯމު ހަވާލުކުރަނީ 

ބޮޑު ތިލަދުންމައްޗަށް ރައީސް ޔާމީން ކުރައްވާ ދަތުރުފުޅުގައި އިހަވަންދޫއަށް ވަޑައިގަތުމުން ކީ ހޫނު މަރުހަބާ އުފަލާއެކު ބަލައިގަންނަކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ. 

އިހަވަންދޫއަށް ގިނަ ކަންތައްތަކެއް ކޮށްދެއްވުމަށްވެސް ރައީސް ޔާމީން ވަނީ ވައުދުވެވަޑައިގެންފައެވެ. 

އޭގެ އިތުރުން މި ސަރުކާރުން އިހަވަންދޫގައި ހޮސްޕިޓަލު އެޅުން ހިމެނޭހެން 14 ކަމެއް ކޮށްދިނުމަށް ވައުދުވެފައިވާއިރު، މިހާތަނަށް އެއިން އެއްވެސް ވައުދެއް ފުއްދާފައި ނުވާކަމަށް އިހަވަންދޫ ކައުނސިލްގެ ރައީސް މުހައްމަދު ސަބާހު ވަނީ ރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން ވިދާޅުވެފައެވެ. 

ސަރުކާރުން މަސްވެރިންނަށް ބޮޑެތި އިހުމާލުތަކެއްވާތީ، އިހަވަންދޫ މަސްވެރިންގެ ތާއީދު މި ސަރުކާރަށް ގެއްލިފައިވާކަމަށް މަޝްވެރިންގެ ޝުއޫރުތައް ފާޅުކޮށް ވާހަކަ ދެއްކެވި ބޭފުޅަކުވެސް ވަނީ ވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Aug 2026
ވޯލްޑް ކަޕް ބޮއިކޮޓް ކުރުމުގެ ނިންމުމަށް ޔޫއެފާއިން ބަދަލެއް ނުގެނައި
ފީފާގެ ވިޔަފާރި ޕްލޭން އަނބުރާ ގެންދިޔަ ނަމަވެސް، ވޯލްޑް ކަޕް ބޮއިކޮޓް ކުރުމުގެ ނިންމުން ދެމެހެއްޓުމަށް ޔުއެފާއިން ނިންމައި، އިންފަންޓީނޯގެ ރައީސް ކަމާ މެދު އިތުބާރު ނެތްކަން ހާމަކޮށްފި.
07 Aug 2026
ހޫތީންގެ ވަރުގަދަ ހަމަލާއެއް ސައުދީއަށް؛ 11 މީހަކު ޒަޚަމްވި
ޔަމަނުގެ ހޫތީން ސައޫދީ އަރަބިއްޔާގެ ދެކުނުގެ ސަރަހައްދެއް ކަމަށްވާ ނަޖްރާންއަށް ދިން ހަމަލާތަކެއްގައި 11 އާންމުން ޒަޚަމްވެފައިވާ ކަމަށް ސައޫދީ އިސްވެ އޮންނަ ކޯލިޝަނުން ހާމަކޮށްފިއެވެ.
07 Aug 2026
ގެއްލުނު މީހުން ހޯދަން ބޮޑު ސަރަހައްދެއް ބަލައިފި؛ އަދިވެސް ނުފެނޭ
ލާމު އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރަނިކޮށް އަޑިއަށްދިޔަ "ފްރެންޑް 4" ދޯނިން ގެއްލުނު ތިން މީހުން ހޯދުމަށް، އެމްއެންޑީއެފާއި ފުލުހުން ގުޅިގެން ހިންގާ އޮޕަރޭޝަނުގައި ކަނޑާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން މިއަދު ހާމަކޮށްފިއެވެ.
06 Aug 2026
ވަގަށް ނަގާފައިވާ ތަކެތި ނުއަގުގައި ގަންނަކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފި
އޭނާ ހައްޔަރުކޮށްފައިވަނީ އައްޑޫސިޓީ ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަންގައި މި އޮގަސްޓު މަހުގެ 5 ވަނަ ދުވަހު ކޯޓުއަމުރެއްގެ ދަށުންނެވެ.
06 Aug 2026
ދައުރުވާ ދިވެހި ފައިސާ މަދުކުރުމަށް މަރުކަޒީ ބޭންކުން އިތުރު ފިޔަވަޅެއް އަޅައިފި
އެމްއެމްއޭއިން ބުނީ މިދޔަ އަހަރުގެ ޖުލައިމަހު އޯޕަންމާކެޓް އޮޕަރޭޝަން އަލުން ފެށި ފަހުން ބޭންކިން ނިޒާމުގައި ހުރި ރުފިޔާގެ ޒާއިދު ލިކުއިޑިޓީގެ ތެރެއިން އެވެރެޖްކޮށް 2.7 ބިލިއަން ރުފިޔާ މިހިނގާ އަހަރުގެ ޖުލައިގެ ނިޔަލަށް ނެގިފައިވާކަމަށެވެ.
06 Aug 2026
ކަޕްވިނާސް ކަޕްގެ ފައިނަލަށް ނިއުރޭޑިއަންޓާއި މާޒިޔާ
ފައިނަލް މެޗްގެ ކުރިން މި މުބާރާތުަގައި މި ދެޓީމް ބައްދަލުކުރާ މެޗް އޮންނާނީ މިމަހުގެ މިމަހުގެ 15 ވަނަ ދުވަހެވެ
06 Aug 2026
ފޭސް ދޭއްގައި ހިންދޫންގެ އަޅުކަން ކުރި އަންހެން މީހާ ހައްޔަރު ކޮށްފި
ފުލުހުން ބުނި ގޮތުގައި އުމުރުން 44 އަހަރުގެ އެ އަންހެން މީހާ އަކީ ރާއްޖޭގައި ގަވާއިދާ ހިލާދަށް އުޅެމުންދިޔަ މީހެކެވެ. ރާއްޖެ އައީ 2024 ވަނަ އަހަރު އެވެ.
06 Aug 2026
މާޒިޔާ ކަޕްވިނާސްކަޕް ފައިނަލާ ގާތަށް ޖެހިލައިފި
ކަޕްވިނާސް ކަޕްގައި މިރޭ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި، އޮޑި ބައްދަލުކުރާ މެޗް އެއްވަރުވުން ނުވަތަ ނިއު ބަލިވެއްޖެނަމަ މާޒިޔާއަށް ފައިނަލިގެ ޖާގައެއް ކަށަވަރުވާނެއެވެ