ސަފާރީ ހިއްކުމުގެ މަސައްކަތް ސިފައިން ކުރަނީ-- ފޮޓޯ: އެމްއެންޑީއެފް
ހަބަރު
16 Oct 2022 | 17:30
ކޮއްދިއްޕަރު ކައިރިއަށް 36 މީހުން ތިބި ސަފާރީއެއް ދިޔަވަނީ

ކޮއްދިއްޕަރު ރިސޯޓް ކައިރިއަށް 36 މީހުން ތިބި ސަފާރީއެއް ދިޔަވާތީ ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ، "އެމްވީ އެމްޕެރަރ ވޮޔޭޖަރ" ނަމަކަށް ކިޔާ ސަފާރީއަކަށް ދިޔަވާކަމުގެ މަޢުލޫމާތު ލިބިގެން އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން ހަރަކާތްތެރިވާން ފަށާފައިވާކަމަށެވެ.

މި ސަފާރީ، ކޮއްދިއްޕަރު ރިސޯޓުގެ އިރުދެކުނުން ގާތްގަނޑަކަށް 2 ނޯޓިކަލް މޭލު އެތެރެއިން ދިޔަވާކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވަނީ މިއަދު 14:48 ހާއިރުކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ. 

އެ ސަފާރީގައި 22 ޓުއަރިސްޓުންނާއި 14 ފަޅުވެރިން ތިބި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.  

މީގެ އިތުރުން އެމްއެންޑީއެފުން ބުނީ، މި ހާދިސާގެ މަޢުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ "ހާބަރ ކްރާފްޓް 113" ޑައިވަރުންނާއެކު އެ ސަރަހައްދަށް ގޮސް، އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމަށާ، އެގޮތުން އެ ސަފާރީން ދިޔަހިއްކުމުގެ މަސައްކަތުގައި ކޯސްޓްގާޑުގެ ސިފައިން މިހާރު ހަރަކާތްތެރިވަމުންދާ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Aug 2026
ސާޅީސް ޖަމިއްޔާއާ އެކު ސަލަފުގެ މަދަނީ ޖަމިއްޔާތަކުގެ މަހާސިންތާ މާދަމާ ރޭ ފަށަނީ
މި ހަފްތާ ބަންދުގައި މާލޭގައި ކުރިއަށް ދާ މި މަހާސިންތާގައި 40 ޖަމިއްޔާއަކުން މިހާތަނަށް ބައިވެރިވެފައިވެ އެވެ.
12 Aug 2026
ބައްޕަ މަރުވުމާ ގުޅިގެން މެސީގެ އަސަރުގަދަ ޕޯސްޓެއް
"އެއީ ހަމައެކަނި ބައްޕައެއް ނޫނެވެ. އެއީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާއެވެ. އަދި އަހަރެންގެ ހުރިހާ ކަމެއް ބަލަހައްޓައިދިން ފަރާތެވެ"
12 Aug 2026
ބީއެމްއެލްއިން ޓީޓީތަކަށް ދޫކުރާ ޑޮލަރު އިތުރުކޮށްފި
ބީއެމްއެލްއިން ބުނީ މި ނިންމުން ނިންމީ އެ ބޭންކަށް ލިބޭ ޑޮލަރުގެ މިންވަރާއި ކަސްޓަމަރުން ހުށަހަޅާ ޓީޓީތަކުގެ އަދަދަށް ބެލުމަށް ފަހުގައި ކަމަށެވެ
12 Aug 2026
ނަޝީދު ގޮވާލެއްވުން: 10 ދުވަސްތެރޭ 19ރއަށް، މަސްދުވަސްތެރޭ 17ރއަށް ޑޮލަރުގެ އަގު ތިރިކުރޭ
އެއީ ކުރިއަށް އޮތް 10 ދުވަސްތެރޭ ކަޅުބާޒާރުގައި ޑޮލަރުގެ އަގު 19 ރުފިޔާއަށް ތިރިކުރުން ކަމުގައި ވިދާޅުވި އެވެ.
12 Aug 2026
އުރީދޫ ޕީއެމްއެންސީ މޯލްޑިވްސް ފައިނަލްސްގައި 16 ޓީމަކުން ތަށްޓަށް ވާދަކުރާނެ
12 Aug 2026
ދައުލަތަށް ދަރިފުޅު ނެގި މައްސަލަ: އެކަން ބަލަމުންދާ ކަމަށް އެޗްއާރުސީއެމުން ބުނެފި
އެ ކޮމިޝަނުން މިހެން ބުނީ އެ މައްސަލާގައި އެޗްއާރުސީއެމުން އެއްޗެއް ނުބުނާތީ އެތައް ބަަޔަކު ފާޑުކިޔުންް އަމާޒު ކުރުމުންނެވެ.
12 Aug 2026
މަހާއި ރިހާކުރު ކައްކާ އަދި ހަވާދު ހަދާ މީހުންނަށް ޒޯނެއް ކަނޑައަޅާ ފުރުސަތު ދެނީ
މިކަން ދިރާސާކުރުމަށް ފޮނުވާފައިވަނީ މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 12 ވަނަ ރަސްމީ އާންމު ޖަލްސާގަ އެވެ.
12 Aug 2026
ކެންސަރު ބަލީގެ ފަރުވާއަށް ބޭނުންކުރާ އިންޖެކްޝަނެއްގެ ނަކަލު ރާއްޖެ އެތެރެކޮށްފި
ކެންސަރު ބަލީގެ ފަރުވާއަށް ބޭނުންކުރާ "އޮޕްޑިވޯ" ބްރޭންޑުގެ އިންޖެކްޝަނެއްގެ ނަކަލު (ފޯލްސިފައިޑް) ބެޗެއް ރާއްޖެއަށް އެތެރެކޮށްފައިވާތީ، އެ ބޭނުންކުރުމާއި ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) އިން މަނާކޮށްފިއެވެ.