ހޯމް މިނިސްޓަރ ޢިމްރާން އަބްދުﷲ
ހަބަރު
16 Oct 2022 | 19:33
ޢިމްރާން ރައީސް ޔާމީނަށް: ދީން މަތިވެރި ކުރަން ޢަދާލަތަށް ވަންނަ ނަމަ ދިންނަވާ، ނަސީބު ލިބޭނެ

ދީނަށް އުޅެ ދީން މަތިވެރި ކުރުމަށް އަދާލަތުޕާޓީއަށް ވަންނަ ނަމަ މާތް ރަސްކަލާނގެ އިރާދަފުޅުން އެމީހަކު ދިންނަވާ ނަސީބު ލިބޭ މީހަކަށް ވާނެ ކަމަށް ވިދާޅުވެ އެޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރ ޢިމްރާން ކުރީގެ ރައީސް އަދި އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ޔާމީން އަބްދުލްގައްޔޫމް އަށް ރައްދުދެއްވައިފިއެވެ. 

ޢިމްރާން މިފަދައިން ވިދާޅުވީ، ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީއަށް ވަދެގެން މާތް ﷲގެ ދިންނެވުމާއި ފުއްސެވުމެއް ނުލިބޭނެ ކަމަށާއި އެޕާޓީން އެހާވަރަށް ސިޔާސީ ކަންކަން ރައްޔިތުންނަށް އޮޅުވާލަމުންދާ ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ޔާމީން އަބްދުލްގައްޔޫމް ވިދާޅުވުމާއި ގުޅިގެންނެވެ. 

ޔާމީންގެ ވާހަކަ އަށް ރައްދު ދެއްވައި ޢިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އަދާލަތަށް ވަންނަނީ މީހުންނަށް އަނިޔާ ކުރުމާއި، ވައްކަން ކުރުމަށް ނަމަ، ރައީސް ޔާމީން ވިދާޅުވީ ރަނގަޅަށް ކަމަށެވެ. 

އެހެންނަމަވެސް، އަދާލަތުޕާޓީއަށް ވަންނަނީ މާތް ﷲގެ ދީނަށް އުޅެ، ދީން މަތިވެރި ކޮށް، ހެޔޮލަފާ މުއުމިނަކަށް ވުމުގެ ނިޔަތުގައި ނަމަ، ﷲގެ އިރާދަފުޅާއި އެކު އެމީހަކީ ދިންނަވާ ނަސީބު ލިބޭ މީހަކަށް ވާނެ ކަމަށް ޢިމްރާން ވިދާޅުވިއެވެ. 

ރޭ ހއ. އިހަވަންދޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވަނީ އަދާލަތު ޕާޓީއާއި އެޕާޓީގެ އިލްމުވެރިންނަށް މި ސަރުކާރުން ކުރާ އެއްވެސް ގޯސްކަމެއް ނުފެންނަ ކަމަށް ވިދާޅުވެ އެޕާޓީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

"ކީއްވެގެންތޯ އަދާލަތު ޕާޓީ އުފެދުނީ. އަޅުގަނޑުމެންނަށް އޭރު ހީވި، އަދާލަތު ޕާޓީއަށް ވަދެގެން ނޫނީ ﷲގެ ދިންނެވުމާއި ފުއްސެވުމެއް ނުލިބޭނޭ. މިއަދު އެކަމު އަޅުގަނޑަށް ހީވަނީ އޭގެ އަނެއްކޮޅަށް. ﷲގެ ދިންނެވުމާއި ފުއްސެވުން ނުލިބޭނީ އަދާލަތު ޕާޓީއަށް ވަދެއްޖިއްޔާ." ޔާމީން ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ