އެވްސެކޮމްގެ ފަރާތުން އައިއޭސީ އާއި އެހީ ހަވާލުކުރަނީ--ފޮޓޯ: އައިއޭސީ
ހަބަރު
17 Oct 2022 | 12:32
އެވްސެކޮމްގެ މުވައްޒަފުންގެ ފަރާތުން ޕާކިސްތާން ރައްޔިތުންނަށް ބޮޑު އެހީއެއް!

‏ޙާލުގައި ޖެހިފައިވާ ޕާކިސްތާންގެ ރައްޔިތުންނަށް އޭވިއޭޝަން ސެކިޔުރިޓީ ކޮމާންޑް (އެވްސެކޮމް) ގެ މުވައްޒަފުން ހަދިޔާކުރި ފައިސާގެ އެހީ އިންޓަނޭޝަނަލް އެއިޑް ކެންޕެއިން (އައިއޭސީ) އާއި ހަވާލުކޮށްފިއެވެ. 

އެވްސެކޮމް އިން ބުނީ، ޕާކިސްތާނުގެ ރައްޔިތުންނަށް އެވްސެކޮމްގެ މުވައްޒަފުން ހަދިޔާކުރި 57،709.35 ރުފިޔާ އައިއޭސީ ⁦‪ އާއި އިއްޔެ  ހަވާލުކޮއްފައިވާ ކަމަށެވެ.

އެވްސެކޮމްގެ ފަރާތުން ފޯރުކޮށްދިން މި އެހީއާއި ގުޅިގެން އައިއޭސީން ވަނީ، އެ ތަނުގެ މުވައްޒަފުން މިފަދަ މުހިއްމު ވަގުތު ތަކުގައި ދައްކަވާ ނަމޫނާއާއި، އެހީ ފޯރުކޮށްދިނުމުގައި ނަންގަވާ އިސްކަމަށް ޝުކުުުރުއަދާކޮށްފައެވެ. އަދި އެވްސެކޮމް ނަމޫނާ އަކަށް ބަލައިގަނެ އެހެނިހެން މުއައްސަސާތަކުންވެސް އައިއޭސީއާއި އެކު ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމުގައި ބައިވެރިވުމަށް އައިއޭސީން ވަނީ އެދިފައެވެ. 

އެވްސެކޮމްގެ މުވައްޒަފުންގެ ފަރާތުން މިފަދަ އިސްނެންގެވުމެއް ނަގާފައިވާއިރު، މީގެ ކުރިން އެހެނިހެން ތަންތަނުންވެސް ފާކިސްތާނަށް އެހީވުމަށް އައިއޭސީ އަށް ފައިސާ ވަނީ ފޯރުކޮށްދީފައެވެ. އެގޮތުން ޕާކިސްތާނުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެއްލައްކަ މީލް ޕެކް ހަދިޔާ ކުރުމަށް އައިއޭސީން ފަށާފައިވާ ކެންޕެއިނަށް ލިބުނު ބައެއް ފައިސާއިން މީލް ޕެކްތައް މިހާރު ވަނީ ޕާކިސްތާނުގެ ރައްޔިތުންނަށް ހަދިޔާ ކޮށްފައެވެ. 

އެ މީލް ޕެކްތައް ހަދިޔާ ކުރުމަށް އައިއޭސީގެ ޓީމް ޕާކިސްތާނުގައި ހަރަކާތްތެރިވަމުންދާއިރު، ޕާކިސްތާނުގައި ފެންބޮޑުވުމުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުންވި ސަރަހައްދަށް އެ ޓީމުގެ ހަތަރު މެންބަރުން ވަނީ ޒިޔާރަތްކޮށްފައެވެ. އަދި މިޒިޔާރަތުގައި އެއްލައްކަ ހޮޓްމީލް ޕެކް ޕާކިސްތާން އަށް ނަމުގައި ހިންގަމުންދާ ގައުމީ ހަރަކާތުގެ ބައެއް މީލް ޕެކް ތައްޔާރުކޮށް އިއްޔެ ބަހާފައިވާ ކަމަށް އައިއޭސީން ބުނެއެވެ.

އެގޮތުން އިންޓަނޭޝަނަލް އެއިޑް ކެމްޕޭންގެ ޓީމުން ޕަާކިސްތާނުގައި ހޮޓް މީލް ޕެކް ތައްޔާރުކުރުމާއި ޓެންޓްތަކަށް ބެހުމުގެ މަސައްކަތުގައި އަމަލީ ގޮތުން ވަނީ ބައިވެރިވެފައެވެ.

އެގޮތުން ބެހުނު މީލްޕެކް ގެ ތެރޭގައި، ގިޔާސުއްދީން ސްކޫލް ގެ ޕީޓީއޭ ގެ ފަރާތުން ހަދިޔާ ކުރި 1000 މީލް ޕެކާއި، ބައެއް ޖަމިއްޔާތަކުންނާއި މުއައްސަސާތަކުން ހަދިޔާ ކުރި މީލްޕެކް ހިމެނޭކަން އައިއޭސީން ވަނީ ފާހަގަކޮށްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް