މެމްބަރު ހުސެއިން މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
17 Oct 2022 | 12:11
ފަނޑިޔާރުންގެ ގާނޫނުތަކަށް ފުލުފުލުގައި އިސްލާހު ހުށައަޅަނީ އެމްޑީޕީގެ ހަރުގެއަކަށް ހެދުމަށް: ހުސެއިން

ފަނޑިޔާރުންގެ ގާނޫނަށް ފުލުފުލުގައި އިސްލާހުތައް ހުށައަޅަމުންދަނީ، ފަނޑިޔާރު ގެއަކީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ހަރުގެއަކަށް ހެދުމަށްކަމަށް ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފު (ސެމްބެ) ވިދާޅުވެއްޖެއެވެ. 

މެމްބަރު ހުސެއިން މިފަދައިން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ 3 ވަނަ ދައުރުގެ 24 ވަނަ ޖަލްސާގައި، ފަނޑިޔާރުންގެ ގާނޫނަށް ހުށައަޅާފައިވާ އިސްލާހަށް ވާހަކަދައްކަވަމުންނެވެ. 

އެ އިސްލާހަށް ބަހުސްކުރައްވަމުން ހުސެއިން ވިދާޅުވީ ފަނޑިޔާރުގެ އެމްޑީޕީގެ ހަރުގެއަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ވާހަކައަކީ މީގެ ކުރިންވެސް އިދިކޮޅުން ދައްކަމުންދާ ވާހަކަތަކެއްކަމަށެވެ.

އެގޮތަށް ދަންނަވަން ޖެހެނީ ފަނޑިޔާރުންގެ ގާނޫނަށް އިސްލާހުތައް ހުށައަޅާއިރު ސިޔާސީ ނުފޫޒުން ކޯޓުތައް މިނިވަންކުރުމަށް ވީ ވައުދާއި އެއްގޮތަށް ޖުޑިޝަލް ސާރވިސް ކޮމިޝަން އިސްލާހު ކުރުމުގެ މަސައްކަތް ނުކުރާތީކަމަށް ހުސެއިން ވިދާޅުވިއެވެ. 

"ޖޭއެސްސީ އިސްލާހުކުރަން، އެއީ މި ސަރުކާރު އައުމުގެ ކުރިން ރައްޔިތުންނާއި ހަމަޔަށް އެންމެ ވަރުގަދަކޮށް ދެއްކި ވާހަކަ. އަދި މެނިފެސްޓޯގައި އެންމެ ވަރުގަދަ އެއް ވައުދުވެސް މެ. އެހެން ނަމަވެސް މި ވައުދު ފުއްދުމަށްޓަކައި، 4 އަހަރަކީ މަދު ދުވަސްތަކެއް ނޫން، މިހާރު ފެށިގެން އެދަނީ ރައްޔިތުންނަށް ދަޅަދެއްކުމަށްޓަކައި އެމްޑީޕީގެ ބޮޑު މަންޒަރު ދެއްކުމަށް ކުރަމުންދާ މަސައްކަތް"

ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް 

އެވާހަކަތަކާއި ގުޅުވާ މެމްބަރު ހުސެއިން ވިދާޅުވީ ރާއްޖޭގެ ޖުޑިޝަރީ އިސްލާހުކުރުމަށް އެމްޑީޕީއިން ވީ ވައުދަކީ އެއްވެސް ދިރާސާއެއް ނެތި، ރައްޔިތުންގެ ވޯޓު ހޯދުމުގެ ނިޔަތުގައި ވީ ވައުދެއްކަން މިހާރު ފެންނަމުންދާކަމަށެވެ. 

ރައްޔިތުންގެ މަޖިލީހުންވެސް ކަންކަން ކުރަމުންދާ ގޮތަކީ ސަރުކާރުން ހުށައަޅާ ބިލުތައް ރަބަރު ސްޓޭމްޕު ޖަހާ އުސޫލުން ފާސްކޮށްދިނުންކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ، އެހެންވުމުގެ ސަބަބުން ސަރުކާރު ޖަވާބުދާރީކޮށް ކަންކަން އިސްލާހުކުރުމުގެ މަސައްކަތް މަޖިލީހުގެ ތެރެއިން ކުރުމުގެ ފުރުސަތުވެސް ނޯންނަކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.