އިދިކޮޅު ކޯލިޝަންގެ ލީޑަރ ރައީސް ޔާމީން އަބްދުލްގައްޔޫމް-- ފޮޓޯ: ޕީޕީއެމް
ހަބަރު
18 Oct 2022 | 10:05
ރައީސް ޔާމީން ރައީސް ނަޝީދަށް: ތިވަރަށް ނޫންތޯ ނަގޫ ފިތޭނީ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ހުންނެވީ "ނަގޫ ފިތިފައި" ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޔާމީން އެމަނިކުފާނަށް ފާޑުވިދާޅުވެއްޖެއެވެ. 

ހއ.ދިއްދޫ ގައި ރޭ ކުރިއަށް ދިޔަ ޕީޕީއެމްގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ރައީސް ނަޝީދަކީ، އަމިއްލަ ފުޅަށް ޑިމޮކްރަސީ ގެ ޗެންޕިއަންކަމަށް ދައުވާ ކުރައްވާ ބޭފުޅެއްކަމަށެވެ. އެހެން ނަމަވެސް ޕީޕީއެމް އިން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ސިޓީތަކެއްގެ ލެޓަހެޑްގައި "އިންޑިއާ އައުޓް" ޖަހާފައި ހުރުމުން މަޖިލީހުން އެ ސިޓީ ބަލައި ނުގަތް ކަމަށެވެ.

"މަޖިލީހުން އަޅުގަނޑުމެންނަށް ލިބުނު ދައުވަތަކަށް އަޅުގަނޑުމެން ނަންތަކެއް ހުށަހެޅީ. އެކަމަކު އަޅުގަނޑުމެންގެ ހުރިހާ ލެޓަހެޑެއްގައި އިންޑިއާ އައުޓް ޖަހާފައި އޮންނާނެ. މިއީ ރާއްޖެއިން ބޭރަށް އދ.އަށް ދިޔަސް އެހެން ތަނަކަށް ދިޔަސް އަދި އިންޑިއާއަށް ދިޔަސް މިހެން ޖެހިފައި އޮންނާނެ. މިސިޓީތައް މިހާތަނަށް އެއްވެސް ތަނަކުން ބަލައި ނުގެންފައެއް ނެތް. އެކަމަކު ހިތާމައަކީ ދެރަވަނީ ލަދުގަންނަނީ ލަދުވެތި ވަނީ އެމްޑީޕީގެ ރައީސް، ޑިމޮކްރަސީގެ ޗެމްލިއަން ކަމަށް ދައުވާ ކުރައްވާފައި މިއަދު އެސިޓީ ބަލައި ގަންނާކަށް ނުކެރުނޭ. އެއީ އިންޑިއާ އައުޓް ޖަހާފައި އޮތީމަ. ދެން ރައީސް ނަޝީދުގެ ބަހުން ނޫންތޯ މިވާހަކަ ދަންނަވަންވީ. ތިވަރަކަށް ނޫންތޯ ރައީސް ނަޝީދުގެ ނަގޫ ފިތޭނީ." ޔާމީން ވިދާޅުވިއެވެ.

ޔާމީން އިތުރަށް ވިދާޅުވީ، ނަޝީދަކީ އަމިއްލަފުޅަށް ނެލްސަން މަންޑޭލާއަށް ވެވަޑައިގެން އެގޮތުގައި މަޝްހޫރުކަން ހޯއްދަވަން މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށާއި، ރައީސް މައުމޫނުގެ ވެރިކަމުގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިވަންކަން ދޭން ނުކެރެނީ ނަގޫ ފިތިގެން ކަމަށް ވިދާޅުވެ އެމުހާވިރާ ދިވެހިންގެ ތެރެއަށް ގެނެސްދެއްވި ބޭފުޅަކީ ނަޝީދު ކަމަށެވެ. އެހެންނަމަވެސް މިއަދު ރައްޔިތުން ކައިރީ ނަޝީދު ދައްކަވަން އޮތީ ކޮން ވާހަކައެއްތޯ ޔާމީން ސުވާލު ކުރެއްވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
ރަސްމީ ފުރަތަމަ ދަތުރުފުޅުގައި އެންޑީ ބާނަމް ޔޫކްރޭނަށް ވަޑައިގަންނަވަނީ
ބޮޑުވަޒީރު ބާނަމް ވިދާޅުވީ، ރަޝިޔާގެ ފިއްތުންތަކާއި ބިރު ދެއްކުމުގެ ސަބަބުން އިނގިރޭސިވިލާތުގެ ނިންމުންތަކަށް ބަދަލެއް ނާންނާނެ ކަމަށާއި، އިންސާފުވެރި އަދި ދެމެހެއްޓެނިވި ސުލްހައެއް ގާއިމުވަންދެން އިނގިރޭސިވިލާތުން ފަހަތަށް ނުޖެހޭނެ ކަމަށެވެ.
24 Aug 2026
ޓޫރިސްޓުންގެ ޢަދަދު މަދުވިޔަސް ފަތުރުވެރިކަމުގެ އާމްދަނީ އިތުރު: އެމްއެމްއޭ
މެދުއިރުމަތީ ހަނގުރާމައިގެ ސަބަބުން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު ދަށަށް ދިޔަ ނަމަވެސް އެ ސިނާޢަތުން ޤައުމުގެ އިޤުތިޞާދަށް ވަން ބޭރު ފައިސާ އެއް އިންސައްތަ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބުނެފިއެވެ.
24 Aug 2026
ނިއުކާސަލް ޔުނައިޓެޑާއި ލިވަޕޫލް ބައްދަލުކުރިމެޗް އެއްވަރުވިއިރު ސިޓީއަށް މޮޅެއް
ނިއުކާސަލް އާއި ލިވަޕޫލް މެޗް އެއްވަރުވިއިރު، ބޯންމައުތު އަތުން ސިޓީ މޮޅުވެފައި ވަނީ ހަނިގޮތަކަށެވެ
24 Aug 2026
420އަށް ވުރެ ގިނަ ފެތުންތެރިންނާއެކު ކާމިޔާބުކަމާއެކު ނިންމާލައިފި
މާލޭ ރަސްފަންނު ސަރަޙައްދުގައި މި އޮގަސްޓް މަހުގެ 21 އިން 22 އަށް ސްވިމް މޯލްޑިވްސް އިން އިންތިޒާމުކުރި މި މުބާރާތަކީ މާލޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އޯޕަން ވޯޓާ ފެތުމުގެ މުބާރާތެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވި ފެތުންތެރިންގެ ތެރޭގައި އުމުރުން ހަ އަހަރާއި 79 އަހަރާ ދެމެދުގެ މީހުން ހިމެނެއެވެ. މި މުބާރާތުގައި ކުރިއަށް ގެންގޮސްފައިވަނީ އެއް ކިލޯމީޓަރު 500 މީޓަރު އަދި 250 މީޓަރުގެ ރޭސްތަކެވެ.
24 Aug 2026
އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި 4 އަހަރުގެ ކުއްޖަކު ޝަހީދުކޮށްލައިފި
ފުރަތަމަ ހަމަލާ އަމާޒުވީ ޣައްޒާގެ މެދުތެރޭގައި އޮންނަ ޒަވާޔިދާ އަވަށުގެ ޢިމާރާތަކަށެވެ. އެ ހަމަލާގެ ސަބަބުން ވެއްޓުނު ކުނިބުނިތަކާއި ރޮކެޓް އެތިކޮޅުތައް ވަށައިގެން އެތައް މީޓަރަކަށް ފެތުރި މަދުވެގެން ހަ މީހަކު ޒަޚަމްވި ކަމަށް ސިއްހީ ޚިދުމަތްތެރިން ބުނެފައިވެއެވެ. ޒަޚަމްވި މީހުންގެ ތެރޭގައި ހިމެނޭ ހަތަރު އަހަރުގެ މުޙައްމަދު ޢަބްދުއްސަލާމް ޠާހާ ފަހުން ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ޝަހީދުވެފައިވެއެވެ.
24 Aug 2026
އަނިޔާވި މީހުންގެ ތެރެއިން ދެމީހެއްގެ ހާލު ސީރިއަސް: ފުލުހުން
އަދި މި ހާދިސާގައި އަނިޔާވި 4 ބިދޭސީންނަށް އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންދާ ކަމަށާ އެއީ ބަންގްލަދޭޝް 2 މީހުންނާއި އިންޑިއާ 2 މީހުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.