ހޯމް މިނިސްޓަރު އިމްރާން އަބްދުالله-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ހަބަރު
18 Oct 2022 | 11:53
ރާއީސް ޔާމީން ދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: ޢިމްރާން

ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ބޯ ހަމަނުޖެހޭ ވާހަކަ ކަމަށް ހޯމް މިނިސްޓަރ އަދި އަދާލަތުޕާޓީގެ ރައީސް އިމްރާން ވިދާޅުވެއްޖެއެވެ. 

ޢިމްރާން އެފަދައިން ވިދާޅުވެފައި ވަނީ، އިއްޔެ ހއ. ބާރަށުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ކޯލިޝަނުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ދެއްކެވި ވާހަކާފުޅަކާއި ގުޅިގެންނެވެ. އެގޮތުން އެ ޖަލްސާގައި ރައީސް ޔާމީން ވަނީ, ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް ޢަލީ ޒާހިރު، އެމަނިކުފާނުގެ ޝަރީއަތް ހިނގަމުންދާ ގޮތް އިރު އިރުކޮޅާ ބައްލަވާ ކަމަށް ތުހުމަތުކުރައްވާފައެވެ. އަދި އޭނާ އެގޮތަށް ކަންތައް ކުރައްވަނީ ކީއްވެތޯވެސް ޔާމީން ވަނީ ސުވާލު ކުރައްވާފައެވެ. 

ޔާމީންގެ ވި ވާހަކަތަކަށް ރައްދު ދެއްވައި ޢިމްރާން ކުރެއްވި ޓުވީޓެއްގައި ވަނީ، ރާއްޖޭގެ ރައީސްކަން ކުރެއްވި ބޭފުޅަކު، ކުޑަކުދިން ދައްކާ ކަހަލަ ހަމަ ނުޖެހޭ ވާހަކަ ދައްކަވާތީ ހައިރާންވާ ކަމަށް ވިދާޅުވެ ފާޑުވިދާޅުވެފައެވެ. 

ރައީސް ޔާމީންގެ ޝރީޢަތާއި ގުޅޭ ކަންކަން އަލީ ޒާހިރު ބައްލަވާ ކަމަށް އެމަނިކުފާނު ވިދާޅުވި ނަމަވެސް އަލީ ޒާހިރު ވަނީ އެކަން ދޮގު ކުރައްވާފައެވެ. އެގޮތުން ޢަލީ ޒާހިރު ވިދާޅުވީ، ރައީސް ޔާމީނާއި މެދު ނެތް ޝައުގެއް ރައީސް ޔާމީންގެ ޝަރީއަތާއި މެދުވެސް އަމުދުން ނެތް ކަމަށެވެ. އަދި ރައީސް ޔާމީންގެ ޝަރީޢަތް ހިނގަމުންދާ ގޮތް ޔޫޓިއުބުން ފެންނައިރުވެސް ބަލާލާނެ ވަގުތު ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.  

ކޮމެންޓް
ޖިހާދު
އިމްރާން ތީ މިގައުމުގަ ސިޔާސީ ރަންޑިއެއް. އަބަދުވެސް ހިހޫ ތަނުންކާންތެޅޭނެ. އަލީ ޒާހިރުއަށް ބައި ނޭޅޭ ގޮތަށް މިގައުމުގަ އެއްވެސް ޟަރީއަތެއް ނުހިގާ
18 Oct 2022
ޞިގ Thu
ޢަލީ ޒާހިރަކީ ތަނެއްގަ ހުރި މަރުމޯލެއް.
19 Oct 2022
ގުޅޭ ލިޔުންތައް
05 Aug 2026
ސްޓޭޓް ފާމާއިން އެސްޓްރަޒެނިކާއާ ގުޅިގެން މަސައްކަތް ފަށައިފި
ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބޭނުންވާ ބޭސް ލިބުން ހަރުދަނާކުރުމާ ގުޅޭ ގޮތުން ސްޓޭޓް ފާމާއިން ޔޫރަޕްގެ ބޮޑު ބޭސް އުފައްދާ ކުންފުނި އެސްޓްރަޒެނިކާގެ މަންދޫބުންނާ މިއަދު ބައްދަލުކޮށް މަޝްވަރާ ފަށައިފިއެވެ.
05 Aug 2026
ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތައް ސަރުކާރަށް ނެގޭ އިސްލާހެއް
ރަށްރަށާއި ސިޓީ ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިންތަކާއި ތަންތަން، ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި ސަރުކާރަށް ނެގޭގޮތަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް މުހިންމު އިސްލާހުތަކެއް ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
05 Aug 2026
ވިލުންތެރި ދައުލަތެއް ބިނާކުރެވޭނީ ނަޒާހަތްތެރިކަން އިތުރުކޮށްގެން
މުސްތަގުބަލުގެ ޖީލުތަކަށް ހަރުދަނާ ޑިމޮކްރަސީތަކާއި ދުޅަހެޔޮ އިޤުތިޞާދުތައް ކަށަވަރުކޮށްދެވޭނީ ނަޒާހަތްތެރިކަމާއި ޖަވާބުދާރީވުމާއި ދެފުށް ފެންނަ ގޮތްތަކާއި އީޖާދީ ވުނަކުރުންމަތީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
05 Aug 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އއ. އުކުޅަހަށް ވަޑައިގަންނަވައިފި
ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އއ. އުކުޅަހަށް މިއަދު ވަޑައިގަންނަވައިފިއެވެ.
05 Aug 2026
ހުއްދަނެތް އުފެއްދުންތައް ފިހާރަތަކުންވެސް ލިބެން ހުރޭ: އެމްއެފްޑީއޭ
ރާއްޖޭގައި މިހާތަނަށް 8000 އަށްވުރެ ގިނަ ފުޑް ސަޕްލިމަންޓް ލިސްޓުކޮށްފައިވާ ކަމަށާއި ހުއްދައެއް ނެތި ސަޕްލިމަންޓްތައް އިޝްތިހާރު ނުކޮށްވެސް ވިއްކަމުންދާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ