ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް-- ފޮޓޯ: މަޖިލިސް
ހަބަރު
18 Oct 2022 | 14:43
ރައްޔިތުންނަށް ހެޔޮ އަގުގައި ޓީވީ ބެލުމުގެ ފުރުސަތު ގެއްލުވައި ނުލުމަށް ގޮވާލައިފި!

ރީބްރޯޑްކާސްޓް ކުރުމުގެ ޚިދުމަތް މޮނޮޕޮލައިޒްކޮށް، ރައްޔިތުންނަށް ހެޔޮ އަގުގައި ޓީވީ ބަލާލުމުގެ ފުރުޞަތު ގެއްލުވާލަން މަސައްކަތް ނުކުރުމަށް ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް ބްރޯޑްކޮމް ކޮމިޝަނަށް ގޮވާލައްވައިފިއެވެ. 

ނަސީމް މިފަދައިން ގޮވައިލެއްވީ، ދިވެހިރާއްޖޭގައި ރީ ބްރޯޑްކާސްޓިންގ ހިދުމަތްދޭ ހުރިހާ ފަރާތްތަކަށް ތަފާތުކުރުމެއްނެތި އިންސާފުވެރިކަމާއި ވާދަވެރިކަމާއިއެކު ވިޔަފާރިކުރެވޭނެ މާހައުލެއް ގާއިމްކޮށްދީ، ވަކިބައެއްގެ ނުފޫޒުން ކުދި އޮޕަރޭޓަރުންގެ ވިޔަފާރިތައް ހަލާކުކޮށްލުމަށް ދައުލަތުގެ މުއައްސަސާތައް މެދުވެރިކޮށް އަޅާފައިވާ ހުރަސްތައް ނައްތާލުމަށް ސަރުކާރަށް ގޮވާލައި މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރައްވަމުންނެވެ. 

ޝިޔާމް ގެ ގަރާރަށް ބަހުސް ކުރައްވަމުން ނަސީމް ވިދާޅުވީ، ފުޅާ ދާއިރާއެއްގައި ރީބްރޯޑްކާސްޓް ކުރުމަކީ ކުޑައަގެއްގައި ކުރެވޭނެ ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"އެހެން ކަމުން ރީބްރޯޑްކާސްޓް ކުރުމުގެ ފުރުސަތު ގިނަ ފަރާތްތަކަށް ދީގެން، ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ވާދަވެރިން އުފައްދައިގެން ޚިދުމަތުގެ އަގު ތިރިކުރަން މަސައްކަތް ކުރުމުގެ ބަދަލުގައި، ނުލަފާ ދޮން ބަފައެއްގެ ރޯލު އަދާކޮށް، ގާނޫނީ އިމުން ބޭރުން ފާޑު ފާޑުގެ ގަވާއިދުތައް ހަދައި، މިޚިދުމަތް މޮނޮޕޮލައިޒްކޮށްގެން ތިބެ، ރައްޔިތުންނަށް ހެޔޮ އަގުގައި ޓީވީ ބަލާލުމުގެ ފުރުޞަތު ގެއްލުވާލަން މަސައްކަތް ނުކުރުމަށް އަޅުގަނޑު ބްރޯޑްކޮމް އަށް ނަސޭހަތްތެރިވަން"

ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް

މިއާއެކު ނަސީމް ވަނީ ބްރޯޑްކޮމް ގަވާއިދުގައި ހިމެނޭ ގާނޫނާއި ތަޢާރުޒުވާ މާއްދާތައް އުވާލުމަށް ގޮވާލާފައި އެ ގަވާއިދަކީ ވިޔަފާރިތައް ހަލާކު ކޮށްލާ ގަވާއިދެއް ކަމަށް ވިދާޅުވެފައެވެ. އަދި އެއީ އިންވެސްޓަރުންގެ އިތުބާރު ގެއްލުވާލައި ރާއްޖޭގެ އަގު ވައްޓާލާ ގޮތަށް ހަދާފައިވާ ގަވާއިދެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

ނަސީމް ވިދާޅުވީ ދިވެހިރާއްޖޭގައި ބްރޯޑްކާސްޓްކުރުމުގެ ހުއްދަ ދީފައިވާ ކުންފުންޏެއް ކަމަށްވާ ދިރާގަށް، އެ ދެވިފައިވާ ހުއްދަ އައު ނުކުރާނެ ކަމަށް އަންގާފައިވާ ކަމަށެވެ. އަދި ދިރާގު ޓީވީގެ ޚިދުމަތް ހޯދަމުންދާ 80 ވަރަކަށް ރަށް ރާއްޖޭގައި އޮތް އިރު އެއީ 15000 އެއްހާ ކަސްޓަމަރުން ކަންވެސް ނަސީމް ފާހަގަކުރެއްވިއެވެ. 

"ދިރާގުން ރީބްރޯޑްކާސްޓިންހެ ޚިދުމަތް ފެށީ ތިރީހަކަށް މިލިއަން ޑޮލަރު ޚަރަދު ކޮށްގެން ކަމަށްވޭ. ރަނގަޅު ވާހަކައެއް. ދިރާގުގެ 52 ޕަސެންޓް ހިއްސާ އޮތީ ބަޓަލަކޯގައި. އެއީ ބޭރުގެ ކުންފުންޏެއް. މިއަދު ދިރާގު ވެރިން އެ ތިބީ ބްރޯޑްކާސްޓިން ކޮމިޝަންގެ މިގަވާއިދާ ގުޅޭގޮތުން ބަޓަލްކޯއާއި މިވާހަކަ ހިއްސާ ކުރަން ނުކެރިފައި. ކީއްވެގެންތޯ؟ އިންވެސްޓާ ކޮންފަރެންސް ރާއްޖެއާއި މެދު ގެއްލިދާނެތީ."

ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް

ނަސީމް ވިދާޅުވީ ބްރޯޑްކާސްޓިން ކޮމިޝަންގައި ތިބީ ދިވެހި ރައްޔިތުންދެކެ ލޯބިވާ ބައެއްކަމާއިމެދު ސުވާލު އުފެދޭ ކަމަށެވެ. އެހެނީ، ދިރާގަކީ 14,000 ދިވެހި ރައްޔިތުންގެ ހިއްސާ އޮތް ކުންފުންޏެއް ކަމަށާ، އަދި ދައުލަތަަށްވެސް ޓެކްސް ގެ ގޮތުގައި އެންމެ ބޮޑު އެއްޗެއް ދައްކަނީ ދިރާގުން ކަމަށް ނަސީމް ފާހަގަކުރެއްވިއެވެ. ކަން މިހެން އޮއްވައި، ގާނޫނާއި ޚިލާފަށް ހެދިފައިވާ ގަވާއިދަކުން ދިރާގު "ކޮށައި އަޅާލުމަކީ" ދިވެހި ރައްޔިތުން ޔަރައްގީއަށް ކުރާ އުއްމީދު ފުނޑު ފުނޑު ކޮށްލުން ކަމަށެވެ. ދިވެހިރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ހިންގޭނީ ދިރާގު ފަދަ ބޮޑު ޑިވިޑެންޓް ކުންފުނިތައް ވުޖޫދުގައި އޮވެގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.