ހައި ކޯޓް-- ފޮޓޯ: ވަން އޮންލައިން
ހަބަރު
18 Oct 2022 | 18:06
އަނަސްގެ މަރާލި މައްސަލާގައި ހިމެނޭ "ކުޑަކުއްޖާ" 18 އަހަރަށް ޖަލަށް!

ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ރަހުމު ކުޑަ ގޮތަކަށް މާރާލި ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސް މަރާލި މައްސަލައިގައި ގަސްތުގައި މީހަކު މެރުމުގެ ދައުވާ ކުރި "ކުޑަކުއްޖާ" 18 އަހަރަށް ޖަލަށް ލާން ހައިކޯޓުން ހުކުމްކޮށްފި އެވެ. 

އަނަސް މަރާލީ ޖުލައި 31، 2017 ވަނަ ދުވަހުގެ ރޭ ހަތަރު ސައިކަލެއްގައި ތޫނު އެއްޗެހި ހިފައިގެން އައި އަށް މީހަކަށް ފިލަން އޭނާ ލިޓަސް ސާވިސް ސެންޓަރަށް ވަނުމުން އެތާ ތެރޭގައި އޭނާއަށް ވަޅިން ހަމަލާދީ އެވެ. އޭނާގެ ހަށިގަނޑަށް 24 ފަހަރު ވަޅި ހަރާފައިވެ އެވެ.

އަނަސްގެ މަރުގެ މައްސަލައިގައި އަށް މީހަކަށް ދައުލަތުން ދައުވާކޮށްފައިވެ އެވެ. އެގޮތުން ލ. ގަން، ނަންނާރިގެ، ޖުނައިހު އާއި، ސ. ފޭދޫ، ވެސްޓަންވިލާ، ހަސަން މަހްފޫޒާއި، ދަފްތަރު ނަމްބަރު 1746، ސިމާހު މޫސާއާއި، ތ. ކިނބިދޫ ގުލްފާމްގެ، މުހައްމަދު ސާޒްގެ މައްޗަށް ކޮށްފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އެވެ.

އަދި ޅ. ކުރެންދޫ، އަސަރުމާގެ، އަހުމަދު ޒަޔާނާއި، މ. ދިމިޝްގު، އުސްމާން ޝަރީފާއި، މ. ލޮނުމިދިލިގެ، އަފްރާހު އަބްދުލްރައްޒާގު، އިތުރުން ހާދިސާ ހިނގި އިރު ކުޑަކުއްޖެއްގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާކޮށްފައިވެ އެވެ.


ހާދިސާ ހިނގި އިރު 18 އަހަރު ނުފުރޭ މީހާގެ މައްސަލަ ހުށަހެޅީ ޖުވެނައިލް ކޯޓަށެވެ. ބާކީ މައްސަލަތައް ކްރިމިނަލް ކޯޓަށެވެ. ޖުވެނައިލް ކޯޓަށް ހުށަހެޅި މައްސަލަ ބަލައި ތުހުމަތު ކުރެވޭ މީހާގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.


ޖުވެނައިލް ކޯޓުގެ އެ ހުކުމް ހައިކޯޓުގައި ދައުލަތުން އިސްތިއުނާފު ކޮށްފައިވާއިރު، ހައިކޯޓުގައި އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން މުހައްމަދު އަނަސް މަރާލިކަން، އޭރު އުމުރުން 18 އަހަރު ނުވާ ކުއްޖެއްގެ މައްޗަށް ސާބިތުވާ ކަމަށް މިމަހު 11 ވަނަ ދުވަހުވަނީ ކަނޑައަޅާފައެވެ.

އަދި ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ވަނީ އޭނާ 18 އަހަރާއި ނުވަ މަހަށް ޖަލަށްލާން ހުކުމްކޮށްފައެވެ.

އަނަސްގެ ވާރިސުންގެ ބަސް މީގެކުރިން ހައިކޯޓުން ނެގިއިރު، އޭނާގެ ކިބައިން މަރަށް މަރު ހިފަން ބޭނުންވާ ކަމަށް ހުރިހާ ވާރިސުން ވެސް ބުނެފައިވެއެވެ. ނަމަވެސް ކުޑަކުދިންގެ އަދުލުގެ ގާނޫނު އޮންނަ ގޮތުން، ކުޑަކުއްޖެއްގެ ގޮތުގައި ހުރެ ކުރާ ކުށްތަކަށް މަރުގެ އަދަބެއް ނުދެވޭނެއެވެ. މައްސަލާގައި ހިމެނޭ ކުޑަކުއްޖާ މަރުގެ އަދަބުން ސަލާމަތްވީ އެހެންވެއެވެ.

ހާދިސާ ހިނގި އިރު އެ މީހާ އަކީ ކުޑަކުއްޖެއް ކަމުން، ކުޑަކުދިންނަަށް ގާނޫނުން ހާއްސަ ރައްކާތެރިކަން ލިބިގެންވާތީ އެ މައްސަލައިގައި ހިމެނޭ މީހާގެ ވަނަވަރު ވަނީ ސިއްރު ކުރެވިފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.