ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު/ ފޮޓޯ: ސަން
ހަބަރު
18 Oct 2022 | 21:59
އިންޓަޕޯލްގައި މަސައްކަތް ކުރުމުގެ ފުރުސަތު ދިވެހި ފުލުހުންނަށް!

ފަރަންސޭސި ވިލާތުގެ ލިޔޯންގައި ހުންނަ އިންޓަޕޯލް ހެޑްކުއާޓަރގައި މަސައްކަތްކުރުމުގެ ފުރުސަތު ދިވެހި ފުލުހުންނަށް ލިބިފައިވާކަން ކަމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ހާމަކުރައްވައިފިއެވެ. 

މިއީ އިންޓަޕޯލުގައި މަސައްކަތް ކުރުމުގެ ފުރުސަތު ދިވެހި ފުލުހުންނަށް ލިބިގެންދިޔަ ފުރަތަމަ ފަހަރެވެ. 

އެކަން ފާހަގަކުރައްވާ ކަމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތާރީޚުގައި ފުރަތަމަ ފަހަރަށް ދިވެހި ފުލުހުންގެ ޚިދުމަތަށް ލިބުނު ފުރުސަތުގައި ދިވެހި ފުލުހުންގެ ޗީފް އިންސްޕެކްޓަރެއް، ތިން އަހަރުގެ މުއްދަތަކަށް އިންޓަޕޯލުގައި މަސައްކަތްކުރަން، އެތަނުގެ ހެޑްކުއާޓަރގައި ހުރުމުގެ ފުރުޞަތު ލިބިފައިވާކަމަށެވެ.

އޭނާ މަސައްކަތްކުރަން ހަމަޖެހިފައިވަނީ އިންޓަޕޯލްގެ ކްރައިމް ޔުނީޓުގައިކަމަށްވެސް ސީޕީ ހަމީދު ވިދާޅުވިއެވެ. އަދި ކަނޑައެޅޭ އޮފިސަރު މިހާރުވަނީ ހޮވާފައިކަމަށާ، މިއަހަރު ނިމުމުގެ ކުރިން އޭނާ އިންޓަޕޯލްގެ ހެޑްކުއާޓަރއަށް ފުރާނެކަމަށްވެސް ހަމީދު ވިދާޅުވިއެވެ.

ސީޕީ ވިދާޅުވީ އިންޓަޕޯލް ހެޑްކުއާޓަރގައި މަސައްކަތް ކުރުމުގެ ފުރުޞަތު ރާއްޖެއަށް ލިބިގެން ދިއުމަކީ ކުށްކުރުމާ ދެކޮޅަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުންދާ މަސައްކަތް ބައިނަލްއަޤްވާމީ ފެންވަރުގައި ވެސް ފާހަގަ ކުރެވިގެންދާ ކަމެއްކަމަށެވެ.

އަދި މިއީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ގާބިލުކަން ތަރައްޤީ ކުރުމަށް ވެސް ލިބިގެންދިޔަ ރަނގަޅު ފުރުސަތެއް ކަމަށް ސީޕީ ވިދާޅުވިއެވެ.

ފުރަތަމަ ފަހަރަށް ދިވެހި ފުލުހުންނަށް އިންޓަޕޯލްގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިފައިވާއިރު، ފްރާންސްގެ ލިޔޯންގައި ހެޑްކުއާޓަރު ހުންނަ މިޖަމްޢިއްޔާއަކީ ދުނިޔޭގެ އެންމެ ބޮޑު ބައިނަލްއަގްވާމީ ފުލުހުންގެ ޖަމިއްޔާއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މި ޖަމްޢިއްޔާގެ 7 ސަރަހައްދީ ބިއުރޯ ހުރެއެވެ. ޖުމުލަ 195 މެމްބަރު ގައުމެއްގައި ނެޝަނަލް ސެންޓްރަލް ބިއުރޯ ހުރެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.