ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް-- ފޮޓޯ: މަޖިލިސް
ހަބަރު
19 Oct 2022 | 10:37
ކެރިކުޅަދާނަ ވީ މިންވަރަކުން ހުރިހާ ކުޅިވަރަށްވެސް އެހީވާނަން: މަހުލޫފް

ދައުލަތަށް ކެރިކުޅަދާނަ ވީ މިންވަރަކުން ހުރިހާ ކުޅިވަރެއް ކުރިއަރުވަން ވެސް އެހީވާނެ ކަމަށް ގޫތް މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މަހްލޫފް މިފަދައިން ވިދާޅުވީ، މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރޭސިންގް ކުރިއެރުވުމާއި ގުޅޭގޮތުން ސަރުކާރު ގެންގުޅުއްވާ ސިޔާސަތާއި ގުޅޭގޮތުން ކުޅުދުއްފުށި އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު ޔާސިރު އަބްދުއްލަތީފް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ. 

ޔާސިރު ވިދާޅުވީ ރޭސިން އަކީ ދުނިޔޭގައި ވަރަށް ބޮޑު ކުޅިވަރަކަށްވާއިރު އެ ކުޅިވަރު ރާއްޖޭގައިވެސް ވަރަށް ބާރަށް ކުރިއަރަމުން އަންނަ ކަމަށެވެ. އަދި އެ ކުޅިވަރުން ކުޅުދުއްފުށިންވެސް ރަންވަނަތައް ހޯދަމުން އަންނައިރު، އެ ކުޅިވަރު ކުރިއަރުވަން ވަސީލަތްތައް ގާއިމް ކުރުމަށް ސަރުކާރުގެ ވިސްނުން ހުރިތޯ އާއި، އެ ވަސީލަތްތައް ގާއިމް ކުރެވޭއިރު، އެ ކުޅިވަރުން އެންމެ ކުރިއަރާފައިވާ މީހުން ތިބި ސަރަހައްދު ތަކުގައި ވަސީލަތްތައް ގާއިމް ކުރުމަށް ކިހާ އިސްކަމެއް ދެއްވާނެތޯ ޔާސިރު ސުވާލު ކުރެއްވިއެވެ. 

ޔާސިރުގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު މަހްލޫފް ވިދާޅުވީ، ދުނިޔޭގައި މީހުން ކުޅެމުންދާ ވަރަށް ގިނަ ކުޅިވަރުތައް ހުރިކަމަށެވެ. އަދި އޭގެ ތެރެއިން ގިނަ ކުޅިވަރުތަކަށް ޝައުގުވެރިވާނެ ގިނަ ޒުވާނުންނެއް ރާއްޖޭގައި އުޅޭނެ ކަމަށެވެ. އެހެންނަމަވެސް، އެކަންކަމަށް އެހީވަމުންދަނީ މިނިސްޓްރީގެ ވަސީލަތްތައް ހުރި މިންވަރަކުން ކަމަށްވެސް މަހްލޫފް ފާހަގަކުރައްވިއެވެ. 

އަޅުގަނޑުމެންގެ އެވަރަށް ބިން ހުރިތޯ، ފައިސާ ހުރިތޯ ކިތައް ކުޅިވަރަށްތޯ އަޅުގަނޑުމެންނަށް ނޭޝަނަލް ސްޓޭޓަސް ދެވެނީ. މިހުރިހާ ކަމެއް ހަގީގަތުގައި މިނެ ކިރާފަ، އަޅުގަނޑުމެން ކުރާ ކޮންމެ ކަމެއް ކުރަން މިޖެހެނީ.

މިނިސްޓަރު އަހްމަދު މަހްލޫފް 

މިއާއެކު މަހްލޫފް ވިދާޅުވީ، ރޭސިންގް ކުރިއަރުވަން ރޭސިން އެސޯސިއޭޝަނެއް އުފައްދައި އެ އެސޯސިއޭޝަނުންވެސް ވަރަށް ބޮޑު މަސައްކަތްތަކެއް ކުރަމުންދާތާ ވަރަށް ޒަމާން ވެއްޖެކަމަށެވެ. އަދި އެ މަސައްކަތް ތަކުން، ކޮންމެވެސް ވަރެއްގެ އަލިކޮޅެއް މިހާރު ފެންނަމުން ދާކަން ފާހަގަކުރައްވައި މަހްލޫފް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވެސް ރޭސިންގް އެސޯސިއޭޝަނާއި ބައްދަލު ކުރައްވައި އެކަމަށް ބޭނުންވާ ޓްރެކްއެއް އަޅާނެ ބިން ހަމަޖައްސަވާނެ ކަމުގެ ޔަގީންކަން މިހާރު ދެއްވާފައިވާކަމަށެވެ. 

"ޑްރިފްޓް އެސޯސިއޭޝަނާއި ވެސް އިއްޔެވެސް އަޅުގަނޑު ބައްދަލު ކުރިން. އެމީހުންގެ ޝައުގުވެރިކަމަކީ މުޅިން އެހެން ތަފާތު ކަމެއް. އެމީހުން އެކަން ކުރަންވެސް ތަންތަން އެބަ ބޭނުންވޭ. އެހެންވީމާ ބައިވަރު. ރޯލާ ސްކޭޓް ކުރަން ބޭނުންވާ ކުދިން އަންނާނެ. ކޮންމެސް އެހެން ކުޅިވަރެއް. ރަގްބީ ކުޅެން ބޭނުންވާ ކުދިން އުޅޭ. ބައިވަރު. އިނގޭތޯ. އެހެންވީމާ ދައުލަތައް ކެރިކުޅަދާނަ ވީވަރަކުންނޭ ކިޔާފަ ނޫންތޯ ގާނޫނު އަސާސީގައިވެސް އޮންނަނީ ކަންކަން ކޮށްދޭވާހަކަ. އެހެންވީމާ ކުޅިވަރުގައިވެސް ކެރިކުޅަދާނަ ވީ ވަރަކަކުން ދެވެން އޮތް އެހީތެރިކަމެއް އިރާދަކުރެއްވިޔާ ދޭނަން." މިނިސްޓަރު މަހްލޫފް ވިދާޅުވިއެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.
06 Oct 2026
ޕެރޯލް ބޯޑްގެ ނިންމުން ބަދަލުކޮށް އަބުޗާ އަލުން ހައްޔަރުކޮށްފި، ޕެރޯލް ބޯޑް އެއްކޮށް ވަކިކޮށްފި
އައްޑުއަށް ޑްރަގް އެތެރެކޮށް އޭގެ ވިޔަފާރި އެންމެ ވަރުގަދައަށް ކުރާ މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ފުލުހުން ތުހުމަތުކުރާ އިބްރާހިމް ރަޝީދު (އަބުޗާ) ޕެރޯލްގެ ދަށުން މިނިވަން ކުރި ކުރުން ބަދަލުކޮށް އަލުން އޭނާ މިއަދު ހައްޔަރުކޮށްފި އެވެ.
06 Oct 2026
ކަޅެހުއްޓާއަށް ގޮސް އުޅެނިކޮށް ހާލު ދެރަވި ދިވެއްސަކު ނިޔާވެއްޖެ
ނިޔާވެފައިވަނީ އުދަރެސް / ގއ. ކޮލަމާފުށި، އަޙްމަދު މިސްޙާޤު (45އ) އެވެ.
06 Oct 2026
އަމާން އުދަރެސް ޓަވަރަކުން ވެއްޓުނު މީހާ ނިޔާވެއްޖެ، 15 ވަނަ ފަންގިފިލާއިން ވެއްޓުނީ 20 އަހަރުގެ ޒުވާނެއް
ޓަވަރުގެ 15 ވަނަ ފަންގިފިލާއިން ވެއްޓުނީ 20 އަހަރުގެ ޒުވާނެކެވެ.
06 Oct 2026
ހުޅުމާލެ ފޭސް 2 ގެ އުދަރެސް ޓަވަރުން މީހަކު ވެއްޓިއްޖެ
މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، ހުޅުމާލެ ފޭސް 2 ގެ އުދަރެސް 8 ޓަވަރުން މީހަކު ވެއްޓިގެން އުޅޭކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ.