ޝެއިޚް އަބްދުﷲ ސައުދާން
ހަބަރު
19 Oct 2022 | 11:39
ދޫ އޮޅިގެން އެއްޗެއް ބުނެވުމާއި ސަރުކާރުން ކުރާ ލާދީނީ ކަންކަން ނުފެނުމާ ތަފާތު: ޝެއިޚް ސައުދާން

ދޫ އޮޅިގެން އެއްޗެއް ބުނެވުމާއި ސަރުކާރުން ކުރާ ލާދީނީ ކަންކަން ނުފެނުމާ ތަފާތު ކަމަށް ބުނެ ދީނީ ޢިލްމުވެރިޔާ ޝެއިޚް ސައުދާން ހޯމް މިނިސްޓަރ ޢިމްރާން އަށް ރައްދުދެއްވައިފިއެވެ. 

ޝެއިޚް ސައުދާން މިފަދައިން ވިދާޅުވީ، ކުރީގެ ރައީސް އަދި އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޔާމީން އަބްދުލް ގައްޔޫމް ބާރަށުގައި އޮތް ޖަލްސާގައި ވާހަކަދައްކަވަމުން، ޢީސާ ޢަލައިހިއްސަލާމް ފާސްދާނު ލެއްވިފައިވާ ކަމަށް ވިދާޅުވުމާއި ގުޅިގެން ޢިމްރާން އެމަނިކުފާނަށް ރައްދު ދެއްވައި ކުރެއްވި ޓުވީޓާއި ގުޅިގެންނެވެ.  

ޔާމީން އެފަދައިން ވިދާޅުވުމާއި ގުޅިގެން، އެކަމަށް ރައްދު ދެއްވައި ޢިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޢީސާގެފާނުގެ ފަސްދާނު ލެވިފައިވާ ކަމަށް ގަބޫލު ކުރުމަކީ ޔަގީނުންވެސް ސުންނަތް ޖަމާޢަތުގެ އަގީދާއެއް ނޫން ކަމަށެވެ. 

"މިއީ ރައީސް ޔާމީން ކޮންތާކުން ދަސްކުރެއްވި އަގީދާއެއް ބާ؟ މި ބޭފުޅާއަށް ބާރެއް ލިބިއްޖެނަމަ މި ގޮތަށް ދީނުގެ ކިތައް ކަންތައް ބަދަލު ކޮށްލައްވާނެބާ؟" ޢިމްރާން ސުވާލުކުރައްވާފައިވެއެވެ. 

ޢިމްރާންގެ އެ ޓުވީޓަށް ރައްދު ދެއްވައި ސައުދާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ދޫ އޮޅިގެން އެއްޗެއް ބުނެވުމާއި ސަރުކާރުން ކުރާ ލާދީނީ ކަންކަން ނުފެނުމާ ތަފާތު ކަމަށެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގައި ނުކުރާ ވަރަށް މި ސަރުކާރުން ލާދީނީ ކަންކަން ކުރަމުން އަންނަ ކަންވެސް އޭނާ ފާހަގަކުރެއްވިއެވެ. 

"ޔާމީންގެ ވެރިކަމުގައި ނުކުރާ ވަރަށް، ލާދީނީ އެތައް ކަމެއް ވަނީ މަނިކުފާނު ގެނައި ކޯލިޝަނުން ކޮށްފައި. މި ސަރުކާރަށްވުރެ ލާދީނީ ސަރުކާރެއް އަދި ދިވެހި ފަސްގަނޑުން ފެނިފައި ނުވޭ." ޝެއިޚް ސައުދާން ޢިމްރާން އަށް ރައްދުދެއްވައި ކުރެއްވި ޓުވީޓުގައި ވެއެވެ. 

ޢީސާގެފާނު ފަސްދާނުލެވުފައިވާ ކަމަށް ރައީސް ޔާމީން ދެއްކެވި ވާހަކަފުޅަށް ރައްޔިތުންގެ ކިބައިން މައާފަށް އެދި އެއީ އެމަނިކުފާނަށް ބުނެވުނު ކުށް ބަހެއް ކަމަށް އެފަހުން ބޭއްވި ޖަލްސާގައި ވަނީ ގަބޫލުކުރައްވާފައެވެ. 

އެފަދައިން ވިދާޅުވެފައި ވަނިކޮށް، ޢިމްރާން ޔާމީންނަށް ބަހުގެ ހަމަލާތައް ފޮނުއްވާފައިވާއިރު، އިމްރާން ހޯމް މިނިސްޓަރ ކަމުގެ މަގާމުގައި ހުރެ، ލަދީނީ އެތައް ކަމެއް ރާއްޖޭގައި ހިނގަނުންދާއިރުވެސް އެކަންކަން އޭނާއަަށް ނުހުއްޓުވޭ ކަމަށްބުނެ ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. 

ކޮމެންޓް
ހަނދު
ޔާމީން ވިދާޅުވީމާ އެއީ ދޫ އޮޅިގެން ، އެހެން މީހަކު ބުނެފިއްޔާ އެއީ ޤަޞްދުގަ ބުނިއެއްޗެއް، ކޮންވައްތަރު ޝެއިޚުން މިއީ....؟ ެ
19 Oct 2022
އަދުހަމް
ކޮންހާ ބޭކާރު ވާހަކަ އެއް ތިދައްކަނީ. ކާކު ގަބޫލު ކުރާނެ ކަމަށް. ކަލެއަށްވެސް ނުފެންނާނެ ތާއީދު ކުރާ މީހާގެ ކުށެއް، ފެނުނަސް އެވާހަކަ ދައްކާކަށް ނުކެރޭނެ. ފަސް އަޅައި ފޮރުވަން މަސައްކަތް ކުރާނީ.
20 Oct 2022
ގުޅޭ ލިޔުންތައް
15 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް ހައްލުކުރާ އޮފީހުގެ ވެރިޔަކަށް މާނިއު އައްޔަންކޮށްފި
މި އޮފީހަކީ ވަކި މުއްދަތަކަށް ޚާއްޞަ ބާރުތަކެއް ލިބިގެން ހިންގާ އޮފީހެކެވެ. އެ އޮފީހުން ބަލަހައްޓާ ސަރަހައްދުގެ ތެރޭގައި މާލެއާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނެއެވެ
15 Sep 2026
އީއެން ހޭންޑް ބޯލް އާއި އެމްޖީ ސްޕޯޓްސް މޮޅުވެއްޖެ ކުޅުނު މެޗްތަކުން މޮޅުވެއްޖެ
މި މުބާރާތުގައި މިރޭ އެންޖީ ސްޓާޓިން ނިކުންނާނީ އީއެން ހޭންޑް ބޯލްއާ ދެކޮޅަށެވެ. މިމެޗް ފަށާނީ20:30 ގައެވެ. މިރޭ ކުޅޭ ދެވަނަ މެޗްގައި ބައްދަލުކުރާނީ ނައިން އެކްސް އާއި އެމްޖީ ސްޕޯޓްސް ކްލަބެވެ.
15 Sep 2026
އޮަގަސްޓްމަސް ނިމުނުއިރު، ރަސްމީ ރިޒާވް އިތުރުވެއްޖެ
ޖުލައި މަސް ނިމުނުއިރު 638 މިލިއަން ޑޮލަރުގައި ހުރި ރަސްމީ ރިޒާވް އޮގަސްޓް ނިމުނުއިރު ވަނީ %0.9 އިތުރުވެފައިވެއެވެ
15 Sep 2026
އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ޝަމްހީދު އިޢުލާނުކުރައްވައިފި
ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. ޝަމްހީދު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ޕޮޑްކާސްޓެއްގައި އިޢުލާނުކުރައްވައި، ރާއްޖެ އިޤުތިޞާދީ ގޮތުން ބަނގުރޫޓުވުމާ ގާތުގައިވާ ކަމަށް ވިދާޅުވެއްޖެއެވެ.
15 Sep 2026
މާލެ އަތޮޅުން މަހަށް ނިކުމެ އުޅުނު ދޯންޏަކުން މާވަހަރެއްކަމަށް ބެލެވޭ އެއްޗެއް ހޮވައިފި
އޭތީގެ ބަރުދަނުގައި 10 ވަރަކަށްކިލޯ ހުރި މި މާވަހަރުގައި ހުދަންބަރަކުން ފެންނާނެކަމަށް ބުނާ ހުރިހާ އަލާމާތް ތަކެއް ފެންނަން ހުރިކަމަށް ވެއެވެ
15 Sep 2026
ދިވެހިރާއްޖެއާއި މެލޭޝިޔާއާ ދެމެދު ރަސްމީ ވާހަކަތައް ބާއްވައިފި
މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި މެލޭޝިޔާގެ ބޮޑުވަޒީރު ރަސްމީ ވާހަކަފުޅުތައް މިއަދު ބާއްވަވައިފިއެވެ.
15 Sep 2026
އޭލެވެލް ދަރިވަރުންނަށް އޮންލައިންކޮށް ނެގި ކްލާހަކުން ލަދުވެތި މަންޒަރެއް
އިމްތިޙާން ބޯމަތިވެފައިވާ މި ދަނޑިވަޅުގައި، "ދަނަތު ލާނިން ސެންޓަރ" ގެ ފަރާތުން ތަޖުރިބާކާރު ދިވެހި މުދައްރިސް އިލްޔާސް ޝުޖާޢު ކުރިއަށް ގެންދެވި މި ސެޝަނުގައި 300 އެއްހާ ދަރިވަރުން ބައިވެރިވިއެވެ.
15 Sep 2026
ރާއްޖޭގައި ތެޔޮ ހޯދުމުގެ ދިރާސާ ކުރުމަށް މަޝްވަރާކުރައްވާނެ ކަމަށް އަންވަރު ވިދާޅުވެއްޖެ
ރައީސް އޮފީހުގައި ދެ ލީޑަރުން ބޭއްވެވި ރަސްމީ ބައްދަލުވުމަށް ފަހު މީޑިއާތަކަށް ދެއްވި ގުޅިފައިވާ ބަޔާނުގައި ބޮޑުވަޒީރު އަންވަރު ވިދާޅުވީ ރާއްޖޭގެ ސަރަހައްދުން ތެލާއި އެ ނޫން ވެސް މައުދަންތައް ފެނިދާނެތޯ ބެލުމުގެ ފުރުސަތުތައް ހޯދައިދިނުމަށް ރައީސް ޑރ. މުޢިއްޒު އެދިވަޑައިގެންފައިވާ ކަމަށެވެ. ޕެޓްރޯނަސް އަކީ ދުނިޔޭގެ ތަފާތު ސަރަހައްދުތަކުގައި ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވާ ބައިނަލްއަޤުވާމީ ވަރުގަދަ ކުންފުންޏެއް ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.