މެމްބަރު ހަސަންޓޭ މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
19 Oct 2022 | 13:46
ޕާޓީތަކަށް ދައުލަތުން ލާރިދޭކަށް ނުޖެހޭ، ލާރި ހޯދަން ޗަންދާ ނަގާ!: ހަސަން

އެއްވެސް ސިޔާސީ ޕާޓީއަކަށް ދައުލަތުން ލާރި ދޭން ނުޖެހޭކަމަށާއި، ސިޔާސީ ޕާޓީތަކުން ލާރި ހޯދަންވާނީ މެމްބަރުން އަތުން ޗަންދާ ނަގައިގެންކަމަށް މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު (ހަސަންޓޭ) ވިދާޅުވެއްޖެއެވެ. 

ހަސަންޓޭ މިފަދައިން ވިދާޅުވެފައިވަނީ ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމާއި ވަކި ކުރުމުގައި އަމަލުކުރަމުންދާ އުސޫލާއި ގުޅިގެން އާންމުންނާއި ސިޔާސީ ޕާޓީތަކުގެ ކަންބޮޑުވުންތަކާއި ގުޅޭގޮތުން ހުށައެޅިފައިވާ މައްސަލަ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީއިން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓާއި ގުޅޭގޮތުން މަޖިލީހުގައި ވާހަކަދައްކަވަމުންނެވެ. 

ހަސަންޓޭ ވިދާޅުވީ ސިޔާސީ ޕާޓީތަކަށް ދައުލަތުން ޚަރަދުކުރުމަކީ ދުނިޔޭގެ މަދު ގައުމެއްގައި ނޫނީ ކޮށް އުޅޭ ކަމެއް ނޫންކަމަށެވެ. އެހެންކަމުން މިހާރު ސިޔާސީ ޕާޓީތަކަށް ޚަރަދުކުރާ ގޮތަށް ދައުލަތުން ފައިސާ ދޭން ޖެހޭކަމަށް ގަބޫލު ނުކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ. 

"އަޅުގަނޑު ދެކޭގޮތުގައި ސިޔާސީ ޕާޓީތަކަށް ހަގީގަތުގައި ލާރިވެސް ދޭކަށް ނުޖެހޭ. ސިޔާސީ ޕާޓީތަކުން ލާރި ހޯދާނީ އެ ސިޔާސީ ޕާޓީތަކުގެ މެމްބަރުން އަތުން ނަގާ ޗަންދާއިން"

އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު (ހަސަންޓޭ)

ހަސަންޓޭ އިތުރަށް ވިދާޅުވީ ސިޔާސީ ޕާޓީތަކަށް ކޮންމެހެން ލާރި ދޭނަމަ އެކަން ކުރައްވާނީ އިންތިޚާބު ތަކުގައި ސިޔާސީ ޕާޓީތަކުން ބައިވެރިވެ ހޯދާ ނަތީޖާތަކުގެ މައްޗަށްކަމަށް އޭނާ ވިދާޅުވިއެވެ. 

ސިޔާސީ ޕާޓީތަކަށް ދައުލަތުން ބޮޑެތި ޚަރަދުތައް ކުރާއިރު، އެ ޚަރަދުތަކާއި އެއްވަރު މަސައްކަތްތަކެއްވެސް ސިޔާސީ ޕާޓީތަކުން ކުރަން ޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ. އެހެން ނަމަވެސް އެއްވެސް އިންތިޚާބެއްގައި ބައިވެރި ނުވިނަމަވެސް، ނުވަތަ ސިޔާސީ ހަރަކާތްތައް ކުރިއަށް ނުގެންދިޔަނަމަވެސް، ހަސަންޓޭ ވިދާޅުވީ ބަރާބަރަށް ދައުލަތުން ސިޔާސީ ޕާޓީތަކަށް ޚަރަދު ކުރަމުންދާކަމަށެވެ. 

އެީ ބަދަލުވާން ޖެހޭ ކަމެއްކަމަށާއި، އެ އުސޫލުން އަމަލުކޮށްގެން ނޫނީ ސިޔާސީ ޕާޓީތައްވެސް ޒިންމާދާރު ކުރެވިދާނެކަމަށް ގަބޫލު ނުކުރައްވާކަމަށް ހަސަންޓޭގެ ވާހަކައިގައި ވަނީ ވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
މުދައްރިސުންނަކީ ޤައުމުގެ ކުރިމަގު ބައްޓަންކޮށް ހިތްވަރު ދީ މަގު ދައްކައިދޭ ފަރާތް: ނައިބު ރައީސް
ދުނިޔޭގެ ޓީޗަރުންގެ ދުވަހާ ގުޅިގެން ރާއްޖޭގެ ނައިބު ރައީސް މުދައްރިސުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި އެ ފަރާތްތަކަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.
05 Oct 2026
ކުރިން އެމްޑީޕީން ބުނީ ރަސްމާލެއަކީ އަގެއް ނެތް ވެލިގަނޑެއް ކަމަށް
ރަސްމާލެ ހިއްކުމުގެ މަޝްރޫއު ފެށިގެން އައިއިރު އިދިކޮޅު ފަރާތްތަކުން އެއީ "އަގެއް ނެތް ވެލިގަނޑެއް" ކަމަށް ބުނެ ވާހަކަ ދެއްކި ނަމަވެސް، މިއަދު އެއީ ދައުލަތުގެ އެންމެ ބޮޑު ރައުސުލްމާލު ކަމަށް އެ ފަރާތްތަކުން ވެސް ގަބޫލުކޮށްފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ޙުސައިން އިމްރާން ލަޠީފް (އިއްމު) މިއަދު ވިދާޅުވެއްޖެއެވެ.
05 Oct 2026
އީގަލް ހިލްސް އެއްބަސްވުން ހާމަކުރުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި
ދޮޅު މަހުގެ ޗުއްޓީއަކަށް ފަހު މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމެވެ. އެ މައްސަލައިގައި ބަޔާންކޮށްފައިވާ ގޮތުން, ސެޕްޓެމްބަރު 21 ގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ރައްޔިތުންގެ ފައިސާއިން ހިއްކާފައިވާ ރަސްމާލެއިން 500 ހެކްޓަރަށް ވުރެ ބޮޑު ބިމެއް 99 އަހަރަށް އީގަލް ހިލްސްއަށް ދޫކޮށްލީ ބިމު ކުއްޔެއް ނުވަތަ އެކުއިޒިޝަން ކޮސްޓެއް ނެގުމެއް ނެތި, ހިއްކުމުގެ ޚަރަދު ވެސް ދައުލަތަށް އަނބުރާ ލިބޭނެ އެއްވެސް ގޮތެއް ނެތް ހާލުގައެވެ.
05 Oct 2026
އެމްބިއުލާންސާ ގުޅުވައި، ފަތުރާ ވާހަކަތައް ނަޑެއްލާ ކައުންސިލުން ކުށްވެރިކޮށްފި
ގދ. ނަޑެއްލާގެ މަގުތަކާ ގުޅޭގޮތަށް އެ ރަށަށް އައު އެމްބިއުލާންސެއް ގެނައުމާ ގުޅިގެން، ހަޤީޤަތް އޮޅުވާލައި އެކި ފަރާތްތައް ބަދުނާމުކޮށް ދޮގު ވާހަކަ ފަތުރަމުންދާކަން ފާހަގަކޮށް އެކަން އެ ރަށު ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
05 Oct 2026
ގަޒުފުކުރި ކަމަށް ތުހުމަތުކުރެވޭ މައްސަައިގައި އީޝާގެ އަޑުއެހުން ސިއްރުކޮށް ބާއްވައިފި
ހެނދުނު ބޭއްވި މި އިބްތިދާއީ އަޑުއެހުން ކޯޓުން ކުރިއަށް ގެންގޮސްފައިވަނީ ސިއްރު އަޑުއެހުމެއްގެ ގޮތުގައި ކަމުން، ނޫސްވެރިންނަށް ޝަރީޢަތުގެ މަޖިލީހަށް ވަނުމުގެ ފުރުޞަތެއް ލިބިފައެއް ނުވެއެވެ. މި މައްސަލަ ބައްލަވަނީގާޒީ އިބްރާހީމް ޒިހުނީއެވެ.
05 Oct 2026
ޓީޗަރުން ކުރައްވާ ބުރަ މަސައްކަތައް ޝުކުރު އަދާކުރަން: މެޑަމް ސާޖިދާ
އެކަމަނާ އެކްސްގައި ޝާއިޢުކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދަރިވަރުން ބިނާކޮށް ބައްޓަންކުރުމުގައި މުދައްރިސުން ވަރަށް މުހިންމު ދައުރެއް އަދާކުރައްވާ ކަމަށާއި މިއަދު ފެންނަ ބަދަހި މުޖުތަމަޢުތައް ބިނާކުރުމުގައި އެ ބޭފުޅުންގެ ޙިއްޞާ ވަރަށް ބޮޑު ކަމަށެވެ.
05 Oct 2026
ދަރިވަރުންގެ މުޒާހަރާތައް ހޫނުވެ ފަރަންސޭސިވިލާތުގެ 500 އެއްހާ ސްކޫލް ބަންދުކޮށްފި
ފަރަންސޭސިވިލާތުގެ ތަޢުލީމީ ވަޒީރު އެޑޮއާ ޖެފްރާ އާދީއްތަ ދުވަހު ހާމަކުރީ، އެ ސްކޫލްތަކުގެ ކިޔެވުން ހުއްޓައިލީ ސެކިއުރިޓީ ކަންކަން ހަމަޖެހިފައި ނެތުމުން ކަމަށެވެ. އެ މުޒާހަރާތައް ފެށުނީއްސުރެ 24 ސްކޫލެއްގައި ހުޅު ޖަހައި ބޮޑެތި ގެއްލުންތައް ދީފައިވާ ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.
05 Oct 2026
ވިއެޓްނާމަށް މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކު 20 އަހަރަށް ޖަލަށް
ވިއެޓްނާމަށް ޣައިރުޤާނޫނީ ގޮތެއްގައި މަސްތުވާތަކެތި އެތެރެކުރި ދިވެހި ރައްޔިތަކު 20 އަހަރަށް ޖަލަށްލުމަށް އެ ޤައުމުގެ ކޯޓަކުން ޙުކުމްކޮށްފިއެވެ. މި ޙުކުމް އިއްވާފައިވަނީ ވިއެޓްނާމްގެ ޚާން ހުއާ ޕްރޮވިންސްގެ ޕީޕަލްސް ކޯޓުންނެވެ.