ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ހަބަރު
01 Aug 2025 | 00:10
ދެ ދައުލަތުގެ ހައްލާއި ގުޅޭ ގަރާރު ބަލައިގަތުމުން ރައީސް މަރުހަބާ ވިދާޅުވެއްޖެ

ސުލްޙަވެރިގޮތުގައި ފަލަސްޠީނުގެ މައްސަލަ ޙައްލުކުރުމާއި ދެ ދައުލަތުގެ ޙައްލު ތަންފީޒުކުރުމާ ގުޅޭ ޤަރާރު، "ނިއުޔޯކް ޑެކްލެރޭޝަން" ބަލައިގަތުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުހަބާ ވިދާޅުވެ ރަސްމީ ބަޔާނެއް ނެރުއްވައިފި އެވެ.

އެ މަނިކުފާނު ނެރުއްވި ބަޔާނުގައި ވިދާޅުވީ ޖުލައި 28 އިން 30 އަށް، ސަޢޫދީ ޢަރަބިއްޔާ އާއި ފަރަންސޭސިވިލާތުގެ ރިޔާސަތުގައި، އ.ދ ގައި ކުރިއަށްގެންދިޔަ "ހައި-ލެވެލް އިންޓަރނޭޝަނަލް ކޮންފަރަންސް ފޯ ދަ ޕީސްފުލް ސެޓްލްމަންޓް އޮފް ދަ ކުއެސްޝަން އޮފް ޕަލަސްތީން އެންޑް ދި އިންޕްލިމެންޓޭޝަން އޮފް ދަ ޓޫ- ސްޓޭޓް ސޮލިއުޝަން" ގެ ނަތީޖާ ކަރުދާސް ކަމުގައިވާ، ސުލްޙަވެރި ގޮތުގައި ފަލަސްޠީނުގެ މައްސަލަ ޙައްލުކުރުމާއި ދެ ދައުލަތުގެ ޙައްލު ތަންފީޒުކުރުމާ ގުޅޭ ޤަރާރު "ނިއުޔޯކް ޑެކްލެރޭޝަން" ބަލައިގަތުމަކީ ދިވެހި ސަރުކާރުން މަރުޙަބާ ކިޔާ ކަމެއް ކަމަށެވެ.

"ނިއުޔޯކް ޑެކްލެރޭޝަން" އަކީ، ފަލަސްޠީނުގެ ރައްޔިތުންގެ ދާއިމީ ސިޔާދަތަށާއި، ފަލަސްޠީނުގެ ދައުލަތް ބަލައިގަތުމަށާއި، އެ ދައުލަތަށް އ.ދ ގެ ފުރިހަމަ މެންބަރުކަން ދިނުމަށް، ބައިނަލްއަޤުވާމީ މައިދާނުން ދޭ އެއްބާރުލުމުގެ ފާޅުކަން ބޮޑު ހެއްކެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އަދި އެއީ، އިސްރާއީލުން ފަލަސްޠީނަށް ކެނޑިނޭޅި ދެމުންދާ ޙަމަލާތަކުން ލިބޭ ގެއްލުމުން އަރައިގަތުމަށް ދެމެހެއްޓެނިވި ގޮތްތަކެއް ހޯދައިދިނުމުގައްޔާއި، ފަލަސްޠީނުގެ އިޤްތިޞާދީ ޤާބިލުކަމާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި އެއްބާރުލުން ދިނުމަށް، ބައިނަލްއަޤުވާމީ މައިދާނުން އެކަށައެޅި ވަރުގަދަ އިލްތިޒާމެއް ކަމަށް ވިދާޅުވި އެވެ.

ރައީސްގެ ބަޔާނުގައި 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކާ އެއްގޮތަށް، އިރުމަތީ ޤުދުސް ހިމެނޭހެން، ބައިނަލްއަޤުވާމީ ޤާނޫނުތަކާއި އދ.ގެ ގުޅުންހުރި ޤަރާރުތަކާ އެއްގޮތްވާގޮތުގެ މަތިން ފަލަސްޠީނުގައި މިނިވަން، މުސްތަޤިއްލު ދައުލަތެއް ޤާއިމުކުރުމަށް، ދިވެހި ސަރުކާރާއި ރައްޔިތުން ސާބިތުކަމާއެކު އެއްބާރުލުން ދެމުންގެންދާނެ ކަމަށް ވިދާޅުވި އެވެ.

ފަލަސްތީން-އިޒްރޭލް މައްސަލައަށް އޮތީ ދެ ދައުލަތެއްގެ ހައްލު ކަމަށް ބައިނަލްއަގްވާމީ ދުނިޔެ ވާހަކަ ދައްކާތާ އެތައް އަހަރެއް ވެއްޖެ އެވެ. ނަމަވެސް އިޒްރޭލަށް މަދުދޭ މުސްލިމުންނާ އަދާވާތްތެރި ހުޅަނގުގެ ގައުމުތަކުގެ ވެރީން ދަނީ އެކި ބަހަނާތަކުގައި އެކަމަށް ދެކޮޅު ހަދަމުންނެވެ.

ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެގެން ތިބި ޔަހޫދީ އިޒްރޭލުން ދަނީ މުޅި ފަލަސްތީން ނައްތާލާ ހުރިހާ ބިމެއް އެ މީހުންގެ ބާރުގެ ދަށަށް ގެނައުމަށް އިންސާނިއްޔަތާ ހިލާފު އެތައް ޖަރީމާތަކެއް ހިންގަމުންނެވެ. ނަމަވެސް ހިތްވަރުގަދަ މުޖާހިދުންގެ ސަފުތަކުގެ ބަދަހިކަމާއި ގަދަ ހިތްވަރުން މިހާތަނަށް އެކަން ކާމިޔާބުވެފައި ނެތީ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
27 Sep 2026
ނޭކުރެންދޫގައި ސައިބާ ސެކިއުރިޓީ ވޯކްޝޮޕެއް ބާއްވައިފި
ހދ. ނޭކުރެންދޫގެ ދަރިވަރުންނާއި ބެލެނިވެރިންނާއި މުވައްޒަފުންނަށް އޮންލައިން ކުށްތަކުން ރައްކާތެރިވުމާ ގުޅޭ ވޯކްޝޮޕެއް ފުލުހުން ކުރިއަށް ގެންގޮސްފިއެވެ.
27 Sep 2026
އައްޑޫ އާއި ފުވައްމުލަކުގެ ނަރުދަމާގެ ޚިދުމަތް އެމްޑަބްލިޔުއެސްސީއާ ހަވާލުކުރަން އެއްބަސްވުމަކަށް
އައްޑޫ ސިޓީ ހުޅުދޫ އާއި އައްޑޫ މީދޫގެ އިތުރުން ފުވައްމުލަކު ސިޓީގެ ފެނާއި ނަރުދަމާގެ މަސައްކަތް އެމްޑަބްލިޔުއެސްސީއަށް ބަދަލުލުރުމުގެ މަަސައްކަތް އަންނަ މަހުގެ މެދުތެރެއަށް ނިންމާލެވޭނެ ކަމަށް އެމްޑަބްލިޔުއެސްސީގެ އެމްޑީ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
27 Sep 2026
އައު ސައިން ލެންގުއޭޖް އިޝާރާތްތައް އުފެއްދުމުގެ ވޯކްޝޮޕެއް ފަށައިފި
ސައިން ލެންގުއޭޖް ލަފުޒު މުއްސަނދިކުރުމަށް އަށް ދާއިރާއަކުން އައު އިޝާރާތްތައް އުފެއްދުމުގެ މަސައްކަތު ބައްދަލުވުމެއް ޞިއްޙަތާ ބެހޭ ވުޒާރާއާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް ގުޅިގެން މިއަދު ފަށައިފިއެވެ.
27 Sep 2026
އެޗްޑީސީން ހަތް ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކޮށް ނިންމައިފި
ނެޝަނަލް ފިޓްނަސް ޕްލޭނުގެ ދަށުން އެޗްޑީސީން ހަތް ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކޮށް ނިންމައިފިއެވެ. ބާކީ ހުރި ޖިމްތައް ވެސް ޝެޑިއުލާ އެއްގޮތަށް ނިންމުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
27 Sep 2026
ހޮޓެލް އޭޝިއާ 2026 ގައި އެސްޓީއޯއިން ބައިވެރިވެ އާ ބްރޭންޑެއް ތަޢާރަފުކުރަނީ
ހޮޓެލް އޭޝިއާ 2026 ގައި އެސްޓީއޯއިން ބައިވެރިވެ، އާ ބްރޭންޑެއް ތަޢާރަފުކުރުމާއި ހިލޭ ރަހަ ބެލުމާއި ކޮންމެ ދުވަހަކު ނަސީބުވެރިން ހޮވުން ކުރިއަށް ގެންދާނެއެވެ.
27 Sep 2026
ހޮޓެލް އޭޝިއާ މޯލްޑިވްސް: ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ކުރިއަރާފައިވާ ޕްލެޓްފޯމަށް
2000 ވަނަ އަހަރު އާދައިގެ ކުޑަ ފެށުމަކުން ފެށި ނަމަވެސް ހޮޓެލް އޭޝިއާ މޯލްޑިވްސް ހަރަކާތް މިއަދު ވެފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމާއި، ރިސޯޓް ސަޕްލައި އަދި ކަލިނަރީ ދާއިރާގެ އެންމެ އިތުބާރު ހިފޭ އެއް ޕްލެޓްފޯމަށެވެ.
27 Sep 2026
ހޮޓެލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖުގެ 20 ވަނަ އެޑިޝަން ފަށައިފި
ރާއްޖޭގެ ކެއްކުމުގެ ދާއިރާ ކުރިއަރުވައި، ހުނަރުވެރިން ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ "ހޮޓެލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖު" ގެ 20 ވަނަ އެޑިޝަން މިއަދު ފަށައިފިއެވެ.
27 Sep 2026
މެހެމާންދާރީގެ ދާއިރާ ކުރިއެރުވުމަށް އެހީތެރިވާ މުހިންމު ސްޕޮންސަރުން ފާހަގަކޮށްފި
މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސަރވިސަސް (މެކްސް) ގެ ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ހޮޓެލް އޭޝިއާ މޯލްޑިވްސް 2026 އިން މިދިޔަ އަހަރުތަކެކޭ އެއްގޮތަށް ވެސް، މެހެމާންދާރީގެ ދާއިރާއާއި ކައްކާ ފަންނުގެ ކުރިއެރުމަށް އެހީތެރިވަމުންދާ ލީޑިންގ ސްޕޮންސަރުންނާއި އިންޑަސްޓްރީގެ ބައިވެރިންގެ އަގުވަޒަންކޮށްފިއެވެ.