ޖަމިއްޔަތުއްސަލަފްގެ ޗީފް މާކެޓިންގ އޮފިސަރ، ޢަލީ ރަމީޒު
ހަބަރު
19 Oct 2022 | 14:13
ސިޔާސީ މީހަކަށް ވެގެން މުޅި ގައުމު ފަނާކޮށްލީ، މަދު ފައިސާ ކޮޅަކަށް: ޢަލީ ރަމީޒު

ބޮޑެތި ސިއްރުތައް ދަންނަ ސިޔާސީ ބޭފުޅަކަށް ވެގެން، ކުޑަކުޑަ ފައިސާކޮޅަކަށް މުޅި ޤައުމު ފަނާކޮށްލާފައިވާ ކަމަށް ބުނެ ޖަމިއްޔަތުއްސަލަފްގެ ޗީފް މާކެޓިންގ އޮފިސަރ، ޢަލީ ރަމީޒު ޢަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރ ޢިމްރާން އަށް ނުސީދާގޮތެއްގައި ބަހުގެ ހަމަލާތަކެއް ދެއްވައިފިއެވެ. 

ވަކި މީހެއްގެ ނަން ހާމަނުކޮށް ނުސީދާކޮށް މިނިސްޓަރު ޢިމްރާން އަށް އަމާޒުކޮށް ޢަލީ ރަމީޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ތިމާ ނޫން އެހެން އެއްވެސް މީހަކަށް ނޭނގޭ، އަދި އެހެން މީހެއްގެ ގާތު ބުނުން ހުއްދަ ނުވާ، އެވާހަކައެއް ބުނެފިނަމަ ދުނިޔެވެސް ފަނާވެދާވަރުގެ ކަންކަން ދަންނަ ސިޔާސީ މީކަށް ވެގެން، މުޅި ޤައުމު ފަނާކޮށްލީ، ކުޑަކުޑަ ފައިސާކޮޅަކަށް ކަމަށެވެ.

ޢަލީ ރަމީޒު މިފަދައިން ވިދާޅުވެ ބަހުގެ ހަމަލާއެއް ޢިމްރާން އަށް ދެއްވާފައި މިވަނީ، އަފްރާޝީމްގެ މަރުގެ ހަގީގަތް ޔާމީނަށް އެނގެނޭ ކަމަށާއި ޑޮކިއުމެންޓްތައް އަތުގައި އެބަހުރި ކަމަށް 1 މެއި 2015ގައި އޭރުގެ އިދިކޮޅު އިއްތިހާދުން ބޭއްވި ބޮޑު އެއްވުމުގައި އިމްރާން ވިދާޅުވި ވިދާޅުވުމަށް ގުޅުވައިގެން ކަމަށް ބެލެވެއެވެ.

"[އަފްރާޝިމް އަވަހާރަކޮށްލުމުގައި އަމަލީ ގޮތުން ބައިވެރިވިކަން ސާބިތުވެ މަރަން ހުކުމްކޮށްފައިވާ] ހުމާމު ބުނީ ތެދެއް. ހުމާމު ބުނީ ޑރ. އަފްރަޝީމް ޝަހީދުކުރި މީހުން އެންމެ ރަނގަޅަށް އެނގޭނީ ރައީސް ޔާމީނާއި އަހުމަދު އަދީބާ ދެ މީހުންނަށޭ. އެ ދެ މީހުންނަށް އެނގޭނެ. އާދެ، މި ގައުމުގައި ތިބި އެންމެ ބޮޑު ދެ އަނިޔާވެރިން އެ ދެ މީހުންނަކީ. އަޅުގަނޑުމެން އެއްވެ މި ތިބީ މި އަނިޔާވެރިކަމާ ދެކޮޅަށް، މި އަނިޔާވެރިކަން ނިންމަން،" 

"އަފްރާޝީމް[ގެ މަރާ] ގުޅިގެން ގާތްގަނޑަކަށް ހަތް މީހުން މަރާލާފައި މި ބިންމައްޗަށް ވެއްޓުނީ. ކޮބާތޯ ޔާމީނަށް އެނގޭ ހަގީގަތް... މި ހުރީ އަޅުގަނޑު އަތުގައި ހުރި ޑޮކުމަންޓްތައް މިއަދު ވަގުތު ނެތް [ތަފްސީލަށް ދާން]. ދިވެހި ލޮބުވެތި ރައްޔިތުން، މި ހުރީ އަޅުގަނޑު އަތުގައި ޑޮކުމެންޓްތައް." މެއި ޑޭގެ މުޒާހާރާގައި ޢިމްރާން ވިދާޅުވެފައިވެއެވެ. 

ޢިމްރާން އެފަދައިން ވިދާޅުވި ނަމަވެސް އޭނާ ހޯމް މިނިސްޓަރ ކަމުގެ މަގާމުގައި ހުރެމެ، އެ ސިއްރުތައް އަދި އަދަށް ދާންދެންވެސް ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދެއްވާފައެއް ނުވެއެވެ. އެކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް އޭނާއަށް މީގެ ކުރިން ވެސް ވަނީ އަމާޒުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ