އަބްދުﷲ ރިފާއު-- ފޮޓޯ: ޕޮލިސް
ހަބަރު
19 Oct 2022 | 15:00
ޔޯގާ މައްސަލާގައި ދައުވާ ކޮށްފައިވާ ފަރާތެއް ވަކީލަކު ހަމަޖައްސާނެ މާލީ ތަނަވަސްކަން ނެތިފައި!

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތް ހުއްޓުވުމުގެ ތެރެއިން ހިނގި ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި މީހުނއގެ ތެރެއިން ދައުވާ އުފުލާފައިވާ މީހެއް، ވަކީލަކު ހަމަޖައްސާނެ މާލީ ތަނަވަސްކަން ނެތި، އާއްމުންގެ އެހީއަށް އެދިއްޖެއެވެ. 

21 ޖޫން 2022 ވަނަ ދުވަހު ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ކުރިއަށް ގެންދިޔަ ހަރަކާތަށް ހުރަސް އަޅައި، ޓެރަރިޒަމްގެ އަމަލުތައް ހިންގި ކަމުގެ ތުހުމަތު ކުރެވުނު މައްސަލާގައި ދައުވާ ކުރުމަށް މިމަހު ދެވަނަ ދުވަހު ދައުލަތުން ކްރިމިނަލް ކޯޓަށް ވަނީ ހުށަހަޅާފައެވެ. 

އެގޮތުން ދައުވާ އުފުލި މީހުންގެ ތެރެއިން .ތ. ތިމަރަފުށި، ނަރުގިސްވިލާ، ރިފާޢު ވަނީ އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާ އާއި ގުޅިގެން، އޭނާގެ ފަރާތުން ވަކީލަކު ހަމަޖެއްސުމަށް ކްރިމިނަލް ކޯޓުން 10 ދުވަސް ދީފައިވާ ކަމަށް ބުނެފައެވެ.  އެހެންނަމަވެސް، އޭނާގެ މާކީ ތަނަވަސްކަން ހުރި ގޮތުން އެފަދަ ބޮޑު ޚަރަދެއް ކުރެވެން ނެތް ކަން ފާހަގަކޮށް އޭނާ ވަނީ އެކަމުގައި އާއްމުންގެ އެހީތެރިކަމަށް އެދިފައެވެ. 

އެގޮތުން އެހީވެވެން އޮތް ފަރާތްތަކުން އަންނަނިވި އެކައުންޓަށް ފައިސާ ޖަމާކުރުމަށް އޭނާ އެދިފައިވެއެވެ. 

އެކައުންޓް ނަންބަރު: 7715462940102

އެކައުންޓްގެ ނަން: Abdulla Rifaau

ޔޯގާ ހަމަނުޖެހުމާއި ގުޅިގެން ރިފާޢުގެ މައްޗަށް ޖުމުލަ ހަތަރު ދައުވާއެއް ދައުލަތުން ވަނީ އުފުލާފައެވެ. އެގޮތުން އުފުލާފައިވާ ދައުވާ ތަކަކީ؛

1) ޓެރަރިޒަމްގެ ޢަމަލެއްކުރުމުގެ ދަޢުވާ: އަދަބަކީ 20 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން.

2) ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރާ މީހެއްކަން ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ދަޢުވާ: އަދަބަކީ 1 އަހަރާއި 3 އަހަރާ ދެމެދުގެ މުއްދަތަ ކަށް ޖަލަށްލުން.

3) ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުމުގެ ދަޢުވާ: އަދަބަކީ 3 އަހަރާއި 5 އަހަރާ ދެމެދުގެ މުއްދަތަ ކަށް ޖަލަށްލުން.

4) ޤާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅުމުގެ ދަޢުވާ: އަސާސީ އަދަބަކީ 4 މަހައި 24 ދުވަހަށް ޖަލަށްލުން.

މިހުރިހާ ދައުވާއެއް އޭނާގެ މައްޗަށް ސާބިތުވެއްޖެނަމަ ޖުމުލަ 35 އަހަރުގެ ޖަލުހުކުމެއް އަންނާނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
16 Sep 2026
ރަތްކަނޑާއި ގަލްފް އޮފް އެޑަން ބަލަހައްޓަން ސައުދީން އުފެއްދި ކޯލިޝަންގައި ރާއްޖެ ބައިވެރިވެއްޖެ
މި ކަމަށް ޓަކައި މިއަދު ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ފަރާތުން "މަލްޓިނޭޝަނަލް މެރިޓައިމް ޑިފެންސް ކޯލިޝަން"ގެ ޗާޓަރުގައި ސޮއިކުރެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީ އެވެ.
16 Sep 2026
ބިޒްނަސް ކިޔަވާ ދަރިވަރުން ގިނަވުމަކީ ހާސްވާން ޖެހޭ ކަމެއް: ޑރ. ހަސަން ހަމީދު
ގައުމުގައި އާއްމު ވެފައިވާ ފަސާދައަކީ މާޒީގައި މި އަދަދު 80 އިންސައްތައަށް އެރުމުގެ ނަތީޖާ ކަމަށް ބައެއް މީހުން ބުނާނެ ކަމަށެވެ.
16 Sep 2026
އަވައްޓެރި ސްރީލަންކާގެ ކަސްޓަމްސްގެ އާމްދަނީ 2 ޓްރިލިއަން ރުޕީސްއަށްވުރެ މަތީގައި
މި ކުރިއެރުމާއެކު، މިއަހަރު ނިމޭއިރު ލަންކާ ކަސްޓަމްސްގެ އާމްދަނީ ކުރިން ލަފާކުރިވަރަށްވުރެ ބޮޑުތަނުން އިތުރުވާނެ ކަމަށް ބެލެވެއެވެ
16 Sep 2026
އިންޑިއާ މަނަވަރަކުން ޕާކިސްތާނު ސަރަހައްދަށް ވަނުމުން ޕާކިސްތާނުން އިހުތިޖާޖުކޮށްފި
ޕާކިސްތާނުގެ ފޮރިން އޮފީހުން ބުނީ މިއީ 1991 ވަނަ އަހަރު ދެ ޤައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުންތަކާ ކަނޑައެޅިގެން ޚިލާފު، އަދި ސަރަޙައްދީ ހަމަޖެހުމަށް އޮތް ނުރައްކަލެއް ކަމަށެވެ. އަދި އިންޑިއާއިން މި ހާދިސާގެ ހަޤީޤަތް އޮޅުވާލައި، ޑިޕްލޮމެޓިކް ފެންވަރުގައި ޕާކިސްތާނާ ދެކޮޅަށް ޝަކުވާ ހުށަހަޅަމުންދާ ކަމަށްވެސް އެ ޤައުމުން ބުނެއެވެ
16 Sep 2026
ކޮސޯވޯގެ ކުރީގެ ރައީސް ހާޝިމް ތާޗީ 25 އަހަރަށް ޖަލަށް
ހާޝިމް ތާޗީ އަކީ މުސްލިމެއް ނަމަވެސް ސިޔާސީ ހަޔާތުގައި އޭނާ އަބަދުވެސް އިސްކަންދެއްވީ ދީނީ ކަންކަމަށްވުރެ ބޮޑަށް ކޮސޯވޯގެ މިނިވަންކަމަށާއި ހުޅަނގުގެ ގައުމުތަކާ ގުޅުން ބަދަހިކުރުމަށެވެ
16 Sep 2026
ގައްދޫ އަތުން ޓީސީއަށް މުހިންމު މޮޅެއް
މިއަދުގެ މެޗުން ގައްދޫ އަތުން ޓީސީ މޮޅުވިއިރު، މިއީ މި ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގައި އެ ޓީމަށް ލިބުނު ފުރަތަމަ މޮޅެވެ
16 Sep 2026
ތާރީހީ ކާމިޔާބެއް: އަރަބިއްޔާގެ އެންމެ މޮޅު ދަރިވަރުންނަށް ދެބެއިން
މަތީ ސާނަވީ ބައިން އެއްވަނަ ދަރިވަރަކީ މުހައްމަދު މަބާހް މުހައްމަދެވެ. އަދި ސާނަވީން އެއްވަނަ ދަރިވަރަކީ އޭނާގެ ކޮއްކޮ މުއައްޔަދު މަބާހް މުހައްމަދެވެ.
16 Sep 2026
ޑްރަގް ވިޔަފާރި ކުރާ މީހުންނަށް ހަރުކަށި ފިޔަވަޅު އެޅޭނެ މިންގަނޑު ކުރީން އޮތީ ވަރަށް އުނދަގޫކޮށް: އިހްސާން
"ރައީސް ނިންމެވި ނިންމެވުމަކީ އަޅުގަނޑުމެން އެކަމަށް ދޭނީ [މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް] އެންމެ ހަރުކަށި އަދަބޭ. އެއީ މަރުގެ އަދަބު," މިނިސްޓަރު ވިދާޅުވި އެވެ.