ވަކީލު ޢަލީ ޝާހު-- ފޮޓޯ: ސަން
ހަބަރު
19 Oct 2022 | 18:34
ޔޯގާ ހަމަނުޖެހުން: މާލީ އެހީއަށް އެދުނު މީހާއަށް، ވަކީލު ޝާހު ހިލޭ ވަކާލާތުކޮށްދެނީ!

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތް ހުއްޓުވުމުގެ ތެރެއިން ހިނގި ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި މީހުނއގެ ތެރެއިން ދައުވާ އުފުލާފައިވާ މީހެއް، ވަކީލަކު ހަމަޖައްސާނެ މާލީ ތަނަވަސްކަން ނެތި، އާއްމުންގެ އެހީއަށް އެދިފައިވަނިކޮށް އޭނާއަށް ހިލޭ ވަކާލާތު ކޮށްދޭނެ ކަމަށް ވަކީލު އަލީ ޝާހު ވިދާޅުވެއްޖެެއެވެ. 

21 ޖޫން 2022 ވަނަ ދުވަހު ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ކުރިއަށް ގެންދިޔަ ހަރަކާތަށް ހުރަސް އަޅައި، ޓެރަރިޒަމްގެ އަމަލުތައް ހިންގި ކަމުގެ ތުހުމަތު ކުރެވުނު މައްސަލާގައި ދައުވާ ކުރުމަށް މިމަހު ދެވަނަ ދުވަހު ދައުލަތުން ކްރިމިނަލް ކޯޓަށް ވަނީ ހުށަހަޅާފައެވެ. 

އެގޮތުން ދައުވާ އުފުލި މީހުންގެ ތެރެއިން .ތ. ތިމަރަފުށި، ނަރުގިސްވިލާ، ރިފާޢު ވަނީ އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާ އާއި ގުޅިގެން، އޭނާގެ ފަރާތުން ވަކީލަކު ހަމަޖެއްސުމަށް ކްރިމިނަލް ކޯޓުން 10 ދުވަސް ދީފައިވާ ކަމަށް ބުނެފައެވެ. އެހެންނަމަވެސް، އޭނާގެ މާކީ ތަނަވަސްކަން ހުރި ގޮތުން އެފަދަ ބޮޑު ޚަރަދެއް ކުރެވެން ނެތް ކަން ފާހަގަކޮށް އޭނާ ވަނީ އެކަމުގައި އާއްމުންގެ އެހީތެރިކަމަށް އެދިފައެވެ. 

ރިފާއު އާއްމުންގެ އެހީއަށް އެދި ކުރި ޓުވީޓަށް ވަކީލު އަލީ ޝާހު ކުރެއްވި ކޮމެންޓެއްގައި ވަނީ، އެއްވެސް އަގަކާއި ނުލައި އެ މައްސަލާގައި އޭނާއަށް އެހީތެރިވާން ތައްޔާރަށް ހުންނެވިކަމަށް ވިދާޅުވެފައެވެ. 

ޔޯގާ ހަމަނުޖެހުމާއި ގުޅިގެން ރިފާޢުގެ މައްޗަށް ޖުމުލަ ހަތަރު ދައުވާއެއް ދައުލަތުން ވަނީ އުފުލާފައެވެ. އެގޮތުން އުފުލާފައިވާ ދައުވާ ތަކަކީ؛

1) ޓެރަރިޒަމްގެ ޢަމަލެއްކުރުމުގެ ދަޢުވާ: އަދަބަކީ 20 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން.

2) ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރާ މީހެއްކަން ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ދަޢުވާ: އަދަބަކީ 1 އަހަރާއި 3 އަހަރާ ދެމެދުގެ މުއްދަތަ ކަށް ޖަލަށްލުން.

3) ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުމުގެ ދަޢުވާ: އަދަބަކީ 3 އަހަރާއި 5 އަހަރާ ދެމެދުގެ މުއްދަތަ ކަށް ޖަލަށްލުން.

4) ޤާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅުމުގެ ދަޢުވާ: އަސާސީ އަދަބަކީ 4 މަހައި 24 ދުވަހަށް ޖަލަށްލުން.

މިހުރިހާ ދައުވާއެއް އޭނާގެ މައްޗަށް ސާބިތުވެއްޖެނަމަ ޖުމުލަ 35 އަހަރުގެ ޖަލުހުކުމެއް އަންނާނެއެވެ. 

ގާނޫނީ ވަކީލު ޢަލީ ޝާހު އަކީ ޔޯގާ ހަމަނުޖެހުމުގެ މައްސަލާގައި ހައްޔަރު ކުރި، ޕީޕީއެމްގެ ހަރަކާތު ކޮމިޓީގެ ރައީސް މުހައްމަދު އިސްމާއިލް ގެވެސް ވަކީލުންގެ ޓީމުގައި ހިމެނޭ ކުޅަދާނަ ވަކީލެކެވެ. 

ކޮމެންޓް
ވ
ތިބާއަށްހެޔޮޖަޒާދެއްވާށި
19 Oct 2022
ކަނބުލޮ
👍
20 Oct 2022
ގުޅޭ ލިޔުންތައް
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
07 Oct 2026
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ
ޒެލެންސްކީ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗެރްނީހީވް ސަރަހައްދުގެ ޕްރައިލޫކީ ސިޓީގައި ފަސް ބުރީގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ފަސް މީހުން މަރުވެ، 26 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުއްޖަކު ހިމެނެއެވެ.
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.