ލޮކްޑައުން ވަގުތުގައި ކާތަކެތި ޑެލިވާ ކުރުމުގެ މަސައްކަތުގައި އެމްއެންޑީއެފް އިން ބައިވެރިވަނީ-- ފޮޓޯ: ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ
ހަބަރު
19 Oct 2022 | 22:45
ކޮވިޑް އެލަވަންސް އެންމެ ގިނައިން ދޫކުރީ ސަލާމަތީ ބާރުތަކަށް!

ކޮވިޑް-19 އާއި ގުޅިގެން ފްރޮންޓް ލައިންގައި މަސައްކަތް ކުރި ފަރާތްތަކަށް  2020 ވަނަ އަހަރު ދޫކުރި އެލަވަންސް ގެ ތެރެއިން އެންމެ ބޮޑު އިންސައްތަ އެއް ހިއްސާކުރަނީ ސަލާމަތީ ބާރުތަކާއި ޕޮލިސް ކޮންސްޓިބިއުލަރީ އަށް ކަން ހާމަވެއްޖެއެވެ.

މިކަން ހާމަވެފައިވަނީ، ދައުލަތުގެ އެކިއެކި މުއައްސަސާތަކުން ކޮވިޑާއި ގުޅިގެން ކޮށްފައިވާ ޚަރަދުތައް ކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތު ގާނޫނާއި ދައުލަތުގެ މާލިއްޔަތު ގަވާއިދާއި، ކޮވިޑް-19 އާއި ގުޅިގެން މިނިސްޓްރީ އޮފް ފިނޭންސް އިން ނެރެފައިވާ ސާކިއުލާތަކާއި، އެކަމާއި ގުޅުންހުރި އެހެނިހެން ގަވައިދުތަކާއި އެއްގޮތަށްތޯ ބެލުމަށް އޮޑިޓް ގާނޫނުގެ ދަށުން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުނު "ކޮވިޑް 19 އާއި ގުޅިގެން ފްރޮންޓް ލައިންގައި މަސައްކަތް ކުރި ފަރާތްތަކަށް ދިން އެލަވަންސްގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓް" އިން ނެވެ.

އެގޮތުން އޮޑިޓަރ ޖެނެރަލްގެ އެ ރިޕޯޓުގައި ހިމަނާފައިވަނީ، ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ، މޯލްޑިވްސް ޕޮލިސް ސަރވިސް، އަދި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އޮޑިޓްތަކުވައި ފްރޮންޓްލައިން އެލަވަންސް އާއި ގުޅޭގޮތުން ފާހަގަކުރެވުނު ކަންކަން ކަމަށްވާއިރު، ފްރޮންޓްައިން އެލަވަންސް ގެ ގޮތުގައި ދޫކުރެވުނު ފައިސާގެ އިންސައްތަ އާއި، މުއައްސަސާތަކުން ޚަރަދު ކުރި ޖުމުލަ ފައިސާގެ އަދަދު އެ ރިޕޯޓުގައި ވެއެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އެ ރިޕޯޓުން ދައްކާ ގޮތުން، 01 ޖަނަވަރީ 2020 ވަނަ ދުވަހުން ފެށިގެން 31  ޑިސެމްބަރު 2020 އަށް ފްރޮންޓް ލައިންގައި މަސައްކަތް ކުރި ފަރާތްތަކަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ޖުމުލަ 27,419,004 (ހަތާވީސް މިލިއަން ހަތަރު ސަތޭކަ ނަވާރަ ހާސް، ހަތަރު ރުފިޔާ) ޚަރަދުކޮށްފައިވާއިރު، އެ މުއްދަތުގެ ތެރޭގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން ޖުމުލަ 24,000,000 (ސައުވީސް މިލިއަން ރުފިޔާ) ފްރޮންޓް ލައިން އެލަވަންސް ގެ ގޮތުގައި ޚަރަދުކޮށްފައިވެއެވެ. ވުމާއެކު މިދެ މުައައްސަސާއަށް އެކަނިވެސް 51 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ 2020 ވަނަ އަހަރު ޚަރަދު ކުރެވިފައެވެ. އަދި މީގެ އިތުރުން، ހަމަ މި އަހަރު ތެރޭގައި ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ވަނީ 35,966,200 (ތިރީސް ފަސް މިލިއަން ނުވަސަތޭކަ ފަސްދޮޅަސް ހަހާސް ދުއިސައްތަ ރުފިޔާ) ފްރޮންޓްލައިން އެލަވަންސް އަށް ޚަރަދުކޮށްފައެވެ.

ވަކިވަކި ދާއިރާތަކަށް، 2020 ވަނައަހަރު ދޫކުރެވުނު ކޮވިޑް ފްރޮންޓްލައިން އެލަވަންސް ބެހިފައިވާ ގޮތް:

• ސަލާމަތީ ބާރުތަކަށް -- %57

• ސިއްޙީ ދާއިރާ އަށް -- %30

• ތަޢުލީމީ ދާއިރާއަށް -- %1

• އެހެނިހެން -- %12

2020 ވަނައަހަރު ފްރޮންޓް ލައިން އެލަވަންސް ދޫކުރެވުނު ފަރާތްތަކުގެ ވަޒީފާގެ ބާވަތް:

• ސަލާމަތީ ބާރުތަކާއި ޕޮލިސް ކޮންސްޓިބިއުލަރީ -- %53

• ސަލާމަތީ ބާރުތަކުގެ ތެރޭގައި ހިމެނޭ އެހެނިހެން މުވައްޒަފުން --%3

• މެޑިކަލް މުވައްޒަފުން -- %15

• ޖެނަރަލް ސަޕޯޓް މުވައްޒަފުން -- %15

• މެޑިކަލް ސަޕޯޓް މުވައްޒަފުން -- %7

• ދަރުމަވެރިން %5

• އެހެނިހެން މުވައްޒަފުން -- %2

ފޮޓޯ-- އޮޑިޓާ ޖެނެރަލްގެ އޮފީސް 

ކޮވިޑް-19 އާއި ގުޅިގެން ފްރަންޓް ލައިންގައި މަސައްކަތް ކުރާ ފަރާތްތަކަށް ޚާއްސަ އެލަވަންސް އެއް ދިނުމަށް ނިންމައި، އެ އެލަވަންސް ދޭންވީގޮތުގެ އުސޫލެއް ކަނޑައަޅައި އެ އުސޫލާއި އެއްގޮތަށް އެލަވަންސް ދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 5 މެއި 2020 ވަނަ ދުވަހު ފިނޭންސް މިނިސްޓްރީއަށް ވަނީ އަންގާފައެވެ. އަދި މިކަމުގައި އެންމެ އިސްކޮށް މަސައްކަތް ވިލަރެސް ކުރާނެ ފަރާތަކީ އެންޑީއެމްއޭ ކަމަށާއި، އެ އޮތޯރިޓީން މި އެލަވަންސް އާއި ގުޅޭ މަސައްކަތް ތަކުގެ ތަފްސީލް އެނގޭނެހެން ދަފްތަރެއް އެކުލަވައި ލުމަށާއި، އެ އޮތޯރިޓީން މިކަމާއި ގުޅޭގޮތުން އެކި އިދާރާތަކުން މަސައްކަތް ކޮށްފައިވާ ފަރާތްތަކުގެ މައުލޫމާތު އެންޑޯޒް ކުރުމަށްފަހު ފިނޭންސް މިނިސްޓްރީއަށް ފޮނުވުމަށްވެސް އެންޑީއެމްއޭއަށް ވަނީ އަންގާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Oct 2026
އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
މި ފައިސާ އަތުލައިގެންފައި ވަނީ މި މަހުގެ ހަތްވަނަ ދުވަހު ރާއްޖެއިން ބޭރަށް ފުރަންދިޔަ އިންޑިއާ މީހެއްގެ އަތުންނެވެ.
12 Oct 2026
އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން
ޕޮލްކޯއަކީ މީގެ ކުރިންވެސް ފުލުހުންގެ ފްލެޓްތައް އެޅުމުގެ މައްސަލާގައި އުސޫލުން ބޭރުން ބޮޑެތި މުއާމަލާތްތަކެއް ހިންގާފައިވާ މުއައްސަސާއެއްކަން އޮޑިޓް އޮފީހުން ނެރުނު ބްލޫސް ހައުސިން ޕްރޮޖެކްޓާ ގުޅޭ ހާއްސަ އޮޑިޓްގައި ވަނީ ބަޔާންކޮށްފައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ ފުލުހުންގެ ޓަވަރުތައް އެޅުމަށް އެޑްވާންސް ފައިސާގެ ގޮތުގައި ދޭންޖެހޭ 58.9 މިލިއަން ރުފިޔާގެ ބަދަލުގައި އެކި ނަންނަމުގައި 124 މިލިއަނަށްވުރެ ގިނަ ރުފިޔާ އައިލެންޑް އެކްސްޕާޓް ކިޔާ ކުންފުންޏަކަށް ދިން މުއާމަލާތާ ގުޅޭ މައްސަލައެވެ.
12 Oct 2026
ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
މި ކަންކަމަށް ޙައްލެއް ހޯދުމުގެ ގޮތުން، އިތުރު ދީނީ ޢިލްމުވެރިންނާއި ޖަމްޢިއްޔާތައް ބައިވެރިކޮށްގެން ކުރެވެހެން ހުރި މަސައްކަތްތައް، ގުޅިގެން ކުރުމަށް ދެ ފަރާތުން ވަނީ އެއްބަސްވެފަ އެވެ.
12 Oct 2026
އިމާރާތްކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް އަމަލުކުރުމަށް އެޗްޑީސީގެ އިލްތިމާސެއް
މުއްދަތު ހަމަވުމަށްފަހު، ހުޅުމާލޭގެ އެއްވެސް ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތް ކުރިއަށްގެންދެވޭނީ، ގަވާއިދާ އެއްގޮތަށް ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅުތައް އަޅައި، ސޭފްޓީ މިންގަނޑުތައް ފުރިހަމަކުރުމަށްފަހު
12 Oct 2026
ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް
މި ނިންމުމާއެކު އެ ޕްރޮވިންސްގައި ޢިމްރާން ޚާންގެ ޕާޓީން ވެރިކަންކުރަމުންދިޔަ ސަރަޙައްދީ ސަރުކާރުގެ ބާރުތައް ކަނޑުވާލައި، އެ ސަރަޙައްދަށް ޕާކިސްތާނުގެ އަސްކަރީ ސިފައިން މިހާރު ވަނީ ފޮނުވާފައެވެ
12 Oct 2026
ދެއްވަދޫ ހޭންޑްބޯޅަ ކޯޓުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމުގެ 1.81 މިލިއަން ރުފިޔާގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށް، 120 ދުވަހުން ނިންމުމަށް ވަނީ ކަނޑައަޅައިފައެވެ.
12 Oct 2026
ވެލާނާ އެއާޕޯޓް ދެ ކެޓަގަރީއަކުން ވާދަކުރަނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ލީޑިންގ އެއާޕޯޓް އަދި ކަސްޓަމަރ އެކްސްޕީރިއަންސް ކެޓަގަރީއަށް ނޮމިނޭޓްވެ، ދުނިޔޭގެ ބޮޑެތި އެއާޕޯޓްތަކާ ވާދަކުރާނެއެވެ.
12 Oct 2026
ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ނިންމައިފި
ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުالله ޒިޔަތުގެ ހެކިބަސް ނެގުމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފިއެވެ.