ފިނޭންސް މިނިސްޓަރު އަމީރު އަދި ޓުއަރިޒަމް މިނިސްޓަރު މައުސޫމު
ހަބަރު
20 Oct 2022 | 10:38
ފަތުރުވެރިން އަންނާނެ އަދަދާ ގުޅޭ ގޮތުން ދެ މިނިސްޓަރުންގެ އަންދާޒާ ދިމައެއް ނުވޭ!

2023 ވަނަ އަހަރު ދިވެހިރާއްޖެއަށް އަންނާނެކަމަށް އަންދާޒާކުރެވޭ ފަތުރުވެރިންގެ އަދަދާއި ގުޅިގެން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ހާމަކުރެއްވި އަންދާޒީ ހިސާބުތަކާއި ޓުއަރިޒަމް މިނިސްޓަރު ޑރ މައުސޫމު ހާމަކުރެއްވި ހިސާބުތަކާއި ދިމާނުވާކަން ހާމަވެއްޖެއެވެ. 

ޓުއަރިޒަމް މިނިސްޓްރީއިން ހާމަކޮށްފައިވާ ތަފާސް ހިސާބުގައި ވާ ގޮތުން ނަމަ އަންނަ އަހަރު ދިވެހިރާއްޖެއަށް 2 މިލިއަން ޓުއަރިސްޓުން އަންނާނެކަމަށް ވަނީ އަންދާޒާކޮށްފައެވެ. 

އެހެން ނަމަވެސް އެ އަދަދަށް ދިވެހިރާއްޖެއަށް ފަތުރުވެރިން ނުގެނެވޭނެކަމަށް އެންމެ ފަހުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ދެއްވި ޕްރެސްކޮންފަރެންސްގައި ހާމަކުރެއްވި އަންދާޒީ ހިސާބުތަކުން ވަނީ ފެނިގެން ގޮށްފައެވެ. 

އެ ޕްރެސް ކޮންފަރެންސްގައި ރާއްޖޭގެ އިގްތިސާދާއި ފަތުރުވެރިކަމުގެ ސިނާއަތާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ މިހާރު ދިވެހިރާއްޖޭގެ އިގްތިސާދު ހުރީ މޮޑެރޭޓް ލެވެލްއެއްގައިކަމަށެވެ. އަދި މި ގޮތަށް އިގްތިސާދު އޮތްކަމަށް ވާނަމަ ދިވެހިރާއްޖެއަށް އަންނާނެކަމަށް ލަފާކުރެވެނީ 1.8 މިލިއަން ފަތުރުވެރިންކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

އިގްތިސާދު އެންމެ ރަނގަޅު ހާލަތުގައިވެސް އަންނާނީ 1.9 މިލިއަން ޓުއަރިސްޓުންކަމަށް އަމީރު ވިދާޅުވިއެވެ. އަދި މިހާރަށްވުރެ އިގްތިސާދު ގޯސްވެއްޖެ ހާލަތެއްގައި ނަމަ ރާއްޖެއަށް އަންނާނީ 1.7 މިލިއަން ޓުއަރިސްޓުންކަމަށް ފިނޭންސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. 

ފިނޭންސް މިނިސްޓަރު އިތުރަށް ވިދާޅުވީ އަންނަ އަހަރު ފަތުރުވެރިކަމުގެ ސިނާއަތު ކުރިއަރާނެކަމަށް ބެލެވެނީ 9.3 އިންސައްތަކަމަށެވެ. 

ފިނޭންސް މިނިސްޓްރީއިން ހާމަކޮށްފައިވާ އަންދާޒީ ހިސާބުތަކަށް ބަލާއިރު، ޓުއަރިޒަމް މިނިސްޓްރީއިން އަންނަ އަހަރު 2 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރާނެކަމަށް ބުނެފައި އޮތް ނަމަވެސް އެ އަދަދަށް ފަތުރުވެރިން އަންނާނެކަމަށް ލަފައެއް ނުކުރެވެއެވެ. 

ފިނޭންސް މިނިސްޓްރީއިން ހާމަކުރި ރިޕޯޓުގައި ވާގޮތުން ރާއްޖޭގެ ފަތުރުވެރިކަމަށް އަންނަ އަހަރުވެސް ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމަކީ ރަޝީޔާ-ޔޫކުރެއިން ހަނގުރާމައެވެ. އެހެންކަމުން، ފަތުރުވެރިކަން ރަނގަޅުކުރުމަށް އާ މާކެޓުތަށް ހޯދަން ޖެހޭކަންވެސް އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
ތިން ޖުމްލައިން ޝެއިޚް ދެއްވީ ވަރުގަދަ އިންޒާރަކާއި އަގުހުރި ނަޞޭޙަތެއް
ދުނިޔެއަކީ ފަނާވަނިވި ތަނެކެވެ. އިންސާނާ ދުނިޔެއަށް ފޮނުއްވުނީ ވަކި މުއްދަތަކަށް، ވަގުތީ އިމްތިޙާނެއް ފުރިހަމަކުރުމަށެވެ. ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެއްކަން ކީރިތި ޤުރްއާނުގެ އާޔަތްތަކުންނާއި، އަޅުގަނޑުމެންގެ ލޯމަތިން ކޮންމެ ދުވަހަކު ފެންނަމުންދާ މަންޒަރުތަކުން ސާބިތުވެއެވެ.
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.