އެންޑީއޭ އިން ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން
ހަބަރު
20 Oct 2022 | 21:23
އަހަރެއް ފަހުން ހުސްވެފައިވާ އެންޑީއޭގެ ސީއީއޯގެ މަގާމަށް އިމާދު ސޯލިހު!

އަހަރަށްވުރެ ގިނަ ދުވަސް ވަންދެން ހުސްކޮށް އޮތް ނެޝަނަލް ޑްރަގް އޭޖެންސީ (އެން.ޑީ.އޭ) ގެ ސީއީއޯގެ މަގާމަށް ކުރީގެ ސްޓޭޓް މިނިސްޓު އިމާދު ސޯލިހު ހަމަޖައްސަވައިފިއެވެ. 

އެންޑީއޭގެ ސީއީއޯގެ މަގާމަށް އިމާދު ސޯލިހު ހަމަޖައްސަވާފައި ވާކަން އެ އިދާރާއިން އަންގާފައިވަނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުލޫމާތުދެއްވަމުންނެވެ. 

އޭނާ އެމަގާމަށް އައްޔަންކޮށްފައިވަނީ އެންޑީއޭގެ ކުރީގެ ސީއީއޯ މަގާމުން އިސްތިއުފާދެއްވިތާ އަހަރަށްވުރެ ގިނަ ދުވަސް ފަހުންނެވެ. 

އެކަމާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އެންޑީއީގެ ބޯޑުން ބުނީ އިމާދު އެ މަގާމަށް އައްޔަންކޮށްފައިވަނީ އެ މަގާމަށް ކުރިމަތިލި މީހުންގެ އިންޓަވިއުކުރުމަށްފަހު މިހާރު އެ އިދާރާ އޮތް ހާލަތަށް ބަލައި، އެ މަގާމު އަދާކުރެވޭނެ އެންމެ ގާބިލް ފަރާތަކީ އިމާދު ސޯލިހު ކަމުގައި ޔަގީންކުރެވޭތީކަމަށެވެ. 

ސީއީއޯގެ މަގާމަށް މީހަކު އައްޔަންކުރުމަށް ދިގު ޕްރޮސެސްއެއް ކަނޑައްތުކޮށްފައިވާކަން ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތުދެއްވަމުން އެންޑީއޭގެ ބޯޑު މެމްބަރުން ވަނީ ވިދާޅުވެފައެވެ. 

އިމާދު ސޯލިހަކީ ކުރީގެ ބަންޑާރަ ނައިބު ޑރ. ހަސަން ސައީދު އުފެއްދެވި ގައުމީ ޕާޓީގައި އިސްކޮށް އުޅުއްވި ބޭފުޅެކެވެ. ގާނޫނުއަސާސީ އެކުލަވާލި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެމްބަރުކަން ކުރެއްވި އިމާދަކީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ.

އެންޑީއޭގެ ސީއީއޯކަމުގެ މަގާމާއި ހަވާލުވެވަޑައިގެން، އެ އިދާރާއާއި މަތިވެފައިވާ ޒިންމާތައް އަދާކުރައްވާ ޑްރަގް ގެ ވަބާއިން ދިވެހި މުޖުތަމައު ސަލާމަތްކުރުމަށް އެންޑީއޭގެ މެންޑޭޓުގައި ހިމެނޭ ކަންކަން ތަންފީޒުކުރުމަށް ކެނޑިނޭޅި މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން އިމާދު ސޯލިހު ވަނީ ދެއްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.
07 Oct 2026
ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައިފި
ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކަމަށް އޭނާގެ ވަކީލުން ހާމަކޮށްފިއެވެ.
07 Oct 2026
ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް
ތަޤުރީރު ނިންމަވާލައްވަމުން ވައިސް ޗާންސެލަރ ވަނީ ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ: "ދަރިވަރުންނަށް ދަސްވަނީ ކޮން އެއްޗެއްތޯ؟"، "އެކަން އެނގެނީ ކިހިނެއްތޯ؟" އަދި "މިއަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ؟" އެވެ.
07 Oct 2026
”ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް“
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައުވާ ކަމަށް ފުލުހުން ބުނެފިއެވެ.
07 Oct 2026
އާ އީޖާދުތަކަށް އަހުލުވެރިކުރުވުމަށް އެމްއެންޔޫ-އެޖް 2026 ސިމްޕޯޒިއަމް ފަށައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އެކަޑަމިކް މުވައްޒަފުންގެ މެދުގައި ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށާއި، ތަޢުލީމީ ދާއިރާގެ އައު އީޖާދުތައް ޙިއްޞާކުރުމުގެ މަޤްޞަދުގައި ބާއްވާ "އެމްއެންޔޫ-އެޖް 2026" ސިމްޕޯޒިއަމް މިއަދު ފަށައިފިއެވެ.
07 Oct 2026
އަތޮޅުތެރެއިން ވެސް ޢުމްރާވެރިންނަށް ހިލޭ ވެކްސިން ޖެހޭ ގޮތް ހަމަޖައްސައިފި
ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިންނަށް ނޮވެމްބަރު ޢުމްރާއިން ފެށިގެން އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކުން ވެސް ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
07 Oct 2026
މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
އުމުރުން 39 އަހަރުގެ މެސީ ވަނީ މިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖަހައި އަދި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ