ނަރުދޫ ކައުންސިލް ކުރިމަތީ ރައްޔިތުން ކުރަނީ
ހަބަރު
20 Oct 2022 | 22:41
ނަރުދޫ ކައުންސިލް ކުރިމަތީ މުޒާހަރާކުރަނީ

ށ. ނަރުދޫ ކައުންސިލް ކުރިމައްޗަށް އެރަށުގެ ރައްޔިތުންގެ ތެރެއިން ބަޔަކު އެއްވެ މުޒާހަރާ ކުރަން ފަށައިފިއެވެ.

ނަރުދޫ ކައުންސިލް ކުރިމައްޗަށް އެއްވެ އެރަށު ބަޔަކު މުޒާހަރާ ކުރަނީ ''މިލައުތުރު ސްޕޯޓްސް ފިއެސްޓާ 2022''ގެ ހޭންޑް ބޯލް މުބާރާތުގެ އެއްވެސް މެޗެއް އެރަށުގައި ނުކުޅެން އަތޮޅު ކައުންސިލުން ނިންމުމުން އެކަމާ ހިތްހަމަނުޖެހިން ކަމަށް މައުލޫމާތު ލިބެއެވެ.

އެކަމާ ހިތްހަމަނުޖެހިގެން ނަރުދޫގެ 200 ރައްޔިތުން ކައުންސިލް އިދާރާ ކައިރިއަށް އެއްވެ، ހިންހަމަނުޖެހުން ފާޅުކުރަމުންނެވެ. މިލައުތުރު ސްޕޯޓްސް ފިއެސްޓާ ބޭއްވުމަށް ނިންމި ތިން ރަށުގެ ތެރޭގައި ނަރުދޫ ހިމެނެއެވެ.

އެ ފިއެސްޓާގެ ފުޓްސަލް މުބާރާތަށް ފުރިހަމަ އެއްބާރުލުމެއްދީ މުބާރާތުގެ ކަންކަން ވަރަށް ފުރިހަމައަށް ނިންމާލާފައި ވަނިކޮށް ހޭންޑް ބޯލް މުބާރާތް ބޭއްވުމަށް އެރަށަށް ފުރުސަތެއް ނުލިބުނެވެ. އެމުބާރާތް ބޭއްވުމަށް ހަމަޖެއްސީ އެއަތޮޅު ފޭދޫ އާއި ޅައިމަގު ގައެވެ.

ށ. އަތޮޅުގައި ބާއްވާ ހޭންޑްބޯލް މުބާރާތް ފަށާނީ މިމަހުގެ 22 ވަނަ ދުވަހުއެވެ. މި މުބާރާތުގައި އެއަތޮޅުގެ 10 ރަށަކުން ބައިވެރި ވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Sep 2026
މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އަންނަ ހޯމަ ދުވަހު ރާއްޖެ ވަޑައިގަންނަވަނީ
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ދިވެހިރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ނިންމަވައިފިއެވެ. ރައީސް އޮފީހުން ބުނީ، މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވާނީ މިހިނގާ ސެޕްޓެންބަރު މަހުގެ 14 އިން 15 އަށް ކަމަށެވެ.
11 Sep 2026
ޖަމްޢިއްޔަތުއްސަލަފްގެ ދުޢާތުންގެ މަޖިލީހުގެ 2ވަނަ އަހަރީ ބައްދަލުވުން ފަށައިފި
ޖަމްޢިއްޔަތުއްސަލަފްގެ ދުޢާތުންގެ މަޖިލީހުގެ 2ވަނަ އަހަރީ ބައްދަލުވުން އިފްތިތާޙުކޮށްފިއެވެ.
11 Sep 2026
އިންތިހާބު ވާދަވެރިވެއްޖެ؛ ޕީއެންސީގެ ނާއިބު ރައީސް ކަމަށް 8 ބޭފުޅަކު، އާންމު މެންބަރު ކަމަށް 73 މެންބަރުން
އެގޮތުން ޕާޓީގެ ނާއިބު ރައީސުންގެ ހަ މަގާމަށް 8 ބޭފުޅަކު ވަނީ ކުރިމަތިލާފަ އެވެ.
10 Sep 2026
އަހަރުގެ އެންމެ މޮޅު އިންޖިނޭރުގެ އެވޯޑާއެކު ދެ އެވޯޑެއް ޑރ. ފުރުގާން
މީގެ އިތުރުން އެހެން އެވޯޑެއް ވެސް އޭނާއަށް ވަނީ ލިބިވަޑައިގެންފަ އެވެ. އެއީ އިންޖިނިއަރިން އިނޮވޭޝަން، ޓެކްނޮލޮޖީ އެޑިއުކޭޝަން އެންޑް ރިސާޗް އެވޯޑެވެ.
10 Sep 2026
އާސެނަލްގެ ކޯޗު އާޓެޓާގެ އާ އެއްބަސްވުން ފައިނަލް ކުރުމުގެ މަސައްކަތް ނިމުމަކަށް
އައު އެއްބަސްވުމާއެކު، އާޓެޓާ ވެގެންދާނީ ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ލިބޭ ކޯޗުންގެ ތެރެއިން އެކަކަށެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސް ހަފްލާ؛ އެންމެ ގިނަ އެވޯޑާއެކު އެމްޑަބްލިއުއެސްސީއަށް ބޮޑު ޝަރަފެއް
މިރޭ އޮތް ހަފްލާގައި ޝަރަފުވެރި ދެ އެވޯޑެއް އެ ކުންފުންޏަށް ވަނީ ލިބިފައިވެ އެވެ. އަދި އިންޑިވިޖުއަލް ކެޓަގަރީން އިތުރު ދެ އެވޯޑެއް ވަނީ ލިބިފަ އެވެ.
10 Sep 2026
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފި
މުބާރާތުގެ އޮޑިޝަން ބުރުގައި 2742 ބައިވެރިން ކިޔަވާފައިވާއިރު، ސެމީ ފައިނަލް ބުރަސް 379 ދަރިވަރުން ވަނީ ހޮވިފައެވެ.
10 Sep 2026
ސިނަމާލެ ބްރިޖް ސަރަހައްދަށް ތެޔޮ ބޯޓެއް އުރިއްޖެ
ބޯޓު ނަގިލި ކަހާލައިގެން އައިސް ފުރަތަމަ ލައްވީ ބްރިޖްގެ ތަނބަކަށެވެ. ތަނބަށް ލައްވުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބުނު މަންޒަރު ވީޑިއޯތަކުން ފެނުނުއިރު، ބްރިޖަށް ލިބުނު ގެއްލުމެއް އަދި ސާފެއް ނުވެއެވެ