އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދު ކުރުމަށް ޖަމާއަތް ހަދައިގެން--ފޮޓޯ:އިސްލާމިކް މިނިސްޓްރީ
ހަބަރު
21 Oct 2022 | 13:16
މިއަދު މިފެންނަނީ ބައްޔެއް ވެލާއިރަށް ނަމާދު ނުކޮށް ދޫކޮށްލާތަން: ޚުތުބާ

ކިތަންމެ ބަލި ބޮޑުވިޔަސް، ބަލިމީހާއަށް ވެސް ނަމާދު އެޅުމެއް ނެތް ކަމަށާ އެހެންނަމަވެސް މިއަދު އަހަރެމެންނަށް ފެންނަނީ، މިއާ ޚިލާފު މަންޒަރެއް ކަމުގައި މިއަދުގެ ހުކުރުޚުތުބާގައި ބުނެފިއެވެ.

"ނަމާދަކީ ދީނުގެ ތަނބެވެ" މައުޟޫއަށް މިއަދު އިއްވު ޚުތުބާގައި ބުނީ ނަމާދަކީ, ހިތަށް ހަމަޖެހުން ލިބޭ، ކަންބޮޑުވުމާއި ހާސްވުންފަދަކަންކަމުން ދުރުކޮށްދޭ އަޅުކަމެއް ކަމަށެވެ. 

މިއާއެކު ޚުތުބާގައި ބުނީ، ކިތަންމެ ބަލި ބޮޑުވިޔަސް، ބަލިމީހާއަށް ވެސް ނަމާދު އެޅުމެއް ނެތް ކަމަށާ އެހެންނަމަވެސް މިއަދު އަހަރެމެންނަށް ފެންނަނީ، މިއާ ޚިލާފު މަންޒަރެއް ކަމަށެވެ.

"މީހަކު ހަމަ ބައްޔެއް ވެލާއިރަށް ނަމާދު ނުކޮށް ދޫކޮށްލާތަނެވެ. އެފަދަމީހުންނަށް ނަމާދު ކުރުން ވެފައިވަނީ އުފުލަން ޖެހިފައިވާ ބޮޑު ބުރައަކަށެވެ. ބައެއް މީހުން ނަމާދު ނުކޮށް ދޫކޮށްލަނީ ބަލި ފަސޭހަވުމުން އެ ނަމާދުތައް ޤަޟާ ކުރާނަމޭ ބުނަމުންނެވެ. ހަމައެއާއެކު، އެ ބަލީގައި މަރުވެއްޖެނަމަ، އެއީ އޭނާއަށް ލިބުނު ޢުޛުރެއް ކަމަށް އެދެކެގެންނެވެ. މިއީ ވަރަށް ބޮޑު ވަރަށް ބޮޑު އޮޅުމެކެވެ. މިގޮތަށް ޤަޟާ ކުރުމަށް ނިޔަތްގަނެގެން ވެސް، ނަމާދު އެޅުމަކީ ހުއްދަވެގެންވާނެ ކަމެއް ނޫނެވެ." ޚުތުބާގައި ބުނެފައިވެއެވެ. 

ޝައިޠާނާ މުސްލިމުން ނަމާދާ ދުރުކުރުމަށްޓަކައި ވަރަށް ގިނަ ޙީލަތްތަކާއި މަކަރުތައް ހަދައި، ދުނިޔެ ރަންކޮށް ދައްކާކަން ފާހަގަކޮށް ޚުތުބާގައި އިތުރަށް ބުނީ، ޝައިޠާނާއަށް ވާނަމަ މުސްލިމުން ނަމާދާ މުޅިން ދުރުކުރެވޭތޯ ބަލާނެ ކަމަށެވެ. އަދި އާދަކޮށް ނަމާދު ކުރާ މީހަކުނަމަ، އޭނާ ބައެއް ނަމާދުތަކާ ދުރުހެލި ކުރެވޭތޯ ޝައިތާނާ ބަލާނެ ކަމަށާ، މުސްލިމުންގެ ޙާލަތަށް ބަލާއިރު، ގިނަ ބަޔެއްގެ ނަމާދުގެ ތިލަފަތް ވަނީ ލުއިވެފައި ކަމަށެވެ.

"އެމީހުންގެ ގާތުގައި ނަމާދަށް ވުރެ އިސްކަން ދެވެނީ އެހެނިހެން ކަންކަމަށެވެ. ނަމާދުގެ ވަގުތުތަކާ ދިމާކޮށް، ދުންޔަވީ ޢަމަލުތައް ރާވައި، ހިންގާތަން ފެނެއެވެ. ބަންގި ގޮވުމުން ފިހާރަތަކާއި، ސައިހޮޓާތައް ލައްޕަން ޤަވާޢިދުތައް އަމުރު ކުރާތީ އެތަންތަން ލެއްޕިއަސް އެ ތަންތަނުގެ ތެރޭގައި، ގިނަބަޔަކު ނަމާދަށް ނުގޮސް ތިބޭ ތަން ފެނެއެވެ." ޚުތުބާގައި ބުނެފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Oct 2026
އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
މި ފައިސާ އަތުލައިގެންފައި ވަނީ މި މަހުގެ ހަތްވަނަ ދުވަހު ރާއްޖެއިން ބޭރަށް ފުރަންދިޔަ އިންޑިއާ މީހެއްގެ އަތުންނެވެ.
12 Oct 2026
އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން
ޕޮލްކޯއަކީ މީގެ ކުރިންވެސް ފުލުހުންގެ ފްލެޓްތައް އެޅުމުގެ މައްސަލާގައި އުސޫލުން ބޭރުން ބޮޑެތި މުއާމަލާތްތަކެއް ހިންގާފައިވާ މުއައްސަސާއެއްކަން އޮޑިޓް އޮފީހުން ނެރުނު ބްލޫސް ހައުސިން ޕްރޮޖެކްޓާ ގުޅޭ ހާއްސަ އޮޑިޓްގައި ވަނީ ބަޔާންކޮށްފައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ ފުލުހުންގެ ޓަވަރުތައް އެޅުމަށް އެޑްވާންސް ފައިސާގެ ގޮތުގައި ދޭންޖެހޭ 58.9 މިލިއަން ރުފިޔާގެ ބަދަލުގައި އެކި ނަންނަމުގައި 124 މިލިއަނަށްވުރެ ގިނަ ރުފިޔާ އައިލެންޑް އެކްސްޕާޓް ކިޔާ ކުންފުންޏަކަށް ދިން މުއާމަލާތާ ގުޅޭ މައްސަލައެވެ.
12 Oct 2026
ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
މި ކަންކަމަށް ޙައްލެއް ހޯދުމުގެ ގޮތުން، އިތުރު ދީނީ ޢިލްމުވެރިންނާއި ޖަމްޢިއްޔާތައް ބައިވެރިކޮށްގެން ކުރެވެހެން ހުރި މަސައްކަތްތައް، ގުޅިގެން ކުރުމަށް ދެ ފަރާތުން ވަނީ އެއްބަސްވެފަ އެވެ.
12 Oct 2026
އިމާރާތްކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް އަމަލުކުރުމަށް އެޗްޑީސީގެ އިލްތިމާސެއް
މުއްދަތު ހަމަވުމަށްފަހު، ހުޅުމާލޭގެ އެއްވެސް ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތް ކުރިއަށްގެންދެވޭނީ، ގަވާއިދާ އެއްގޮތަށް ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅުތައް އަޅައި، ސޭފްޓީ މިންގަނޑުތައް ފުރިހަމަކުރުމަށްފަހު
12 Oct 2026
ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް
މި ނިންމުމާއެކު އެ ޕްރޮވިންސްގައި ޢިމްރާން ޚާންގެ ޕާޓީން ވެރިކަންކުރަމުންދިޔަ ސަރަޙައްދީ ސަރުކާރުގެ ބާރުތައް ކަނޑުވާލައި، އެ ސަރަޙައްދަށް ޕާކިސްތާނުގެ އަސްކަރީ ސިފައިން މިހާރު ވަނީ ފޮނުވާފައެވެ
12 Oct 2026
ދެއްވަދޫ ހޭންޑްބޯޅަ ކޯޓުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމުގެ 1.81 މިލިއަން ރުފިޔާގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށް، 120 ދުވަހުން ނިންމުމަށް ވަނީ ކަނޑައަޅައިފައެވެ.
12 Oct 2026
ވެލާނާ އެއާޕޯޓް ދެ ކެޓަގަރީއަކުން ވާދަކުރަނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ލީޑިންގ އެއާޕޯޓް އަދި ކަސްޓަމަރ އެކްސްޕީރިއަންސް ކެޓަގަރީއަށް ނޮމިނޭޓްވެ، ދުނިޔޭގެ ބޮޑެތި އެއާޕޯޓްތަކާ ވާދަކުރާނެއެވެ.
12 Oct 2026
ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ނިންމައިފި
ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުالله ޒިޔަތުގެ ހެކިބަސް ނެގުމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފިއެވެ.