ހޯމް މިނިސްޓަރ ޢިމްރާން އަބްދުﷲ--ފޮޓޯ: ރައީސް އޮފީސް
ހަބަރު
21 Oct 2022 | 13:49
އިސްލާމް ދީން އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ ގައުމީ ޒިންމާއެއް: ޢިމްރާން

މާތްވެގެންވާ އިސްލާމް ދީނުގެ މަތީގައި ސައްހަ އަގީދާގެ މަތީގައި ފުރިހަމަ މިނިވަންކަމާއި އިސްތިގުލާލާއެކު އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ މިއަދުގެ ޖީލުގެ ކޮނޑުގައި އެޅިފައިވާ ޤާއުމީ ޒިންމާއެއް އަދި ވާޖިބެއްކަމަށް ހޯމް މިނިސްޓަރ ޢިމްރާން ވިދާޅުވެއްޖެއެވެ.

ޢިމްރާން މިހެން ވިދާޅުވީ ގައުމީ އިނާމް ދިނުމަށް ބާއްވަވާ ހާއްސަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ ޤައުމެއް ޤައުމެއްގެ ގޮތުގައި ދެމިއޮވެ ކުރިއަރާދާނީ ޤައުމަށް ކޮށްދެއްވިފައިވާ ޚިދުމަތުގެ ބޮޑުކަމާއި ފުރިހަމަކަމުންކަމަށެވެ. އަދި ޤައުމަށްޓަކައި ވަމުންދާ ދިފާއީ އަދި ޤައުމީ ޤުރުބާނީތަކާއި, ފިދާތަކުގެ މަތިވެރިކަމުގެ ސަބަބުންކަމަށެވެ.

މީގެއިތުރުން މިނިސްޓަރ ޢިމްރާން ވިދާޅުވީ ޤައުމުތަކާއި މުޖުތަމައުތައް ތަހުޒީބާއި ތަމައްދުންގެ މަގުން ކުރިއަރާދަނީ އެބައެއްގެ ކިބައިގައި އަށަގެންފައިވާ މުރާލިކަމާއި, މަސައްކަތްތެރިކަމާއި, ހިތްވަރާއި އަޒުމުގެ ވަރުގަދަކަމުން ކަމަށެވެ. ޤައުމުތަކާއި މުޖުތަމައުތައް ތަހުޒީބާއި ތަމައްދުންގެ މަގުން ކުރިއަރާދަނީ ހަމައެކަނި އެގައުމުގެ ބިމުގެ ސަރަހައްދުގެ ބޮޑުކަމަކުންނޫންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެގައުމެއްގައި ދިރުއުޅޭ އާބާދީއެއްގެ ބޮޑުކަމަކުންވެސް ނޫންކަމަށާއި, އެމުޖުތަމައުއެއްގެ އަފްރާދުންގެ އީމާންކަމުގެ ސާފްކަމާއި, ސާބިތުކަމުން ކަމަށް ވިދާޅުވިއެވެ. ޤައުމުތައް ކުރިއަރާދަނީ އެބައިމީހުން ޤަބޫލުކުރާ ހަމަތަކާއި, އުސޫލުތަކުގެ ވަރުގަދަކަމުންކަމުންކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ތަހުޒީބާއި ތަމައްދުންގެ މަގުން ކުރިއަރާދަނީ ހޯދިފައިވާ އިލްމީ ޤާބިލްކަމުގެ ފުރިހަމަކަމުންކަމަށެވެ. މީގެއިތުރުން އަށަގެންފައިވާ ރިވެތި އަހުލާގުގެ މަތިވެރިކަމުންކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

" އަޅުގަނޑުމެންގެ މިކުޑަކުޑަ ޤައުމުގެ ބިމުގެ ސަރަހައްދު ކިތަންމެ ކުޑަނަމަވެސް އަދި އާބާދީ ކިތަންމެ ކުޑަނަމަވެސް މިމަތިވެރި ސިފަތައް އަށަގެންނެވިއްޖެނަމަ އަޅުގަނޑުމެންގެ ޤައުމަކީ އެހެން ޤައުމުތަކުގެ ކުރިމަތީގައި އަގުހުރި ނަމޫނާ މިސާލީ ބަޔަކަށް ވެވިދާނެ." މިނިސްޓަރ ވިދާޅުވިއެވެ.

ޤައުމީ ދަރިން ޤައުމަށް ހޯދައިދޭ ރީތިނަމާއި, ޤައުމަށްޓަކައި ކޮށްދޭ ބޮޑަތި ޚިދުމަތްތަކާއި, ޤައުމަށް ހޯދައިދޭ ޝަރަފާއި އިއްޒަތުގެ އަގުވަޒަންކޮށް ޤައުމީ ފެންވަރުގައި ފާހަގަކޮށް ދައުލަތުގެ އެންމެ އިސްވެރިޔާގެ އަތްޕުޅުން އިނާމް ލިބުން އެއީ ޤައުމީ ދަރިއެއްގެ ހަޔާތުގައި ލިބޭނެ އެންމެ ފުރިހަމަ އެންމެ ޝަރަފްވެރި ކާމިޔާބުކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ އަޅުގަނޑުމެންގެ މިލޮބުވެތި ވަތަން މާތްވެގެންވާ އިސްލާމް ދީނުގެ މަތީގައި ސައްހަ އަގީދާގެ މަތީގައި ފުރިހަމަ މިނިވަންކަމާއި އިސްތިގުލާލާއެކު އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ މިއަދުގެ ޖީލުގެ ކޮނޑުގައި އެޅިފައިވާ ޤާއުމީ ޒިންމާއެއް އަދި ވާޖިބެއްކަމަށެވެ. މިވާޖިބު ފުރިހަމައަށް އަދާކުރެވޭނީ އަމިއްލަ ފަރުދީ މަސްލަހަތަށްވުރެ ޤައުމީ މަސްލަހަތު އިސްކޮށްގެންކަމަށާއި, މުޅި މުޖުތަމައުގެ މަންފާއަށްޓަކައި އެންމެ ގިނަގުނަ މަސައްކަތްތަކެއް ކޮށްގެންކަމަށެވެ. އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީން މަގުދައްކައިދެނީވެސް އެގޮތަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކޮމެންޓް
ވ
ތިކަހަލަ މީހުންނަކަން ތިޒިއްމާއަދައެންނުކުރެވޭނެ އަދިތިކަމެންން ތިހެން ުުއްޔަސްނުވެސް ކުރާނެ އެހެންނަމަ އަމަލުތަށް އެވަރަށްގުދުގުދުލާފައެންނުހުންނާނެ
21 Oct 2022
ގުޅޭ ލިޔުންތައް
12 Oct 2026
އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
މި ފައިސާ އަތުލައިގެންފައި ވަނީ މި މަހުގެ ހަތްވަނަ ދުވަހު ރާއްޖެއިން ބޭރަށް ފުރަންދިޔަ އިންޑިއާ މީހެއްގެ އަތުންނެވެ.
12 Oct 2026
އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން
ޕޮލްކޯއަކީ މީގެ ކުރިންވެސް ފުލުހުންގެ ފްލެޓްތައް އެޅުމުގެ މައްސަލާގައި އުސޫލުން ބޭރުން ބޮޑެތި މުއާމަލާތްތަކެއް ހިންގާފައިވާ މުއައްސަސާއެއްކަން އޮޑިޓް އޮފީހުން ނެރުނު ބްލޫސް ހައުސިން ޕްރޮޖެކްޓާ ގުޅޭ ހާއްސަ އޮޑިޓްގައި ވަނީ ބަޔާންކޮށްފައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ ފުލުހުންގެ ޓަވަރުތައް އެޅުމަށް އެޑްވާންސް ފައިސާގެ ގޮތުގައި ދޭންޖެހޭ 58.9 މިލިއަން ރުފިޔާގެ ބަދަލުގައި އެކި ނަންނަމުގައި 124 މިލިއަނަށްވުރެ ގިނަ ރުފިޔާ އައިލެންޑް އެކްސްޕާޓް ކިޔާ ކުންފުންޏަކަށް ދިން މުއާމަލާތާ ގުޅޭ މައްސަލައެވެ.
12 Oct 2026
ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
މި ކަންކަމަށް ޙައްލެއް ހޯދުމުގެ ގޮތުން، އިތުރު ދީނީ ޢިލްމުވެރިންނާއި ޖަމްޢިއްޔާތައް ބައިވެރިކޮށްގެން ކުރެވެހެން ހުރި މަސައްކަތްތައް، ގުޅިގެން ކުރުމަށް ދެ ފަރާތުން ވަނީ އެއްބަސްވެފަ އެވެ.
12 Oct 2026
އިމާރާތްކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް އަމަލުކުރުމަށް އެޗްޑީސީގެ އިލްތިމާސެއް
މުއްދަތު ހަމަވުމަށްފަހު، ހުޅުމާލޭގެ އެއްވެސް ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތް ކުރިއަށްގެންދެވޭނީ، ގަވާއިދާ އެއްގޮތަށް ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅުތައް އަޅައި، ސޭފްޓީ މިންގަނޑުތައް ފުރިހަމަކުރުމަށްފަހު
12 Oct 2026
ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް
މި ނިންމުމާއެކު އެ ޕްރޮވިންސްގައި ޢިމްރާން ޚާންގެ ޕާޓީން ވެރިކަންކުރަމުންދިޔަ ސަރަޙައްދީ ސަރުކާރުގެ ބާރުތައް ކަނޑުވާލައި، އެ ސަރަޙައްދަށް ޕާކިސްތާނުގެ އަސްކަރީ ސިފައިން މިހާރު ވަނީ ފޮނުވާފައެވެ
12 Oct 2026
ދެއްވަދޫ ހޭންޑްބޯޅަ ކޯޓުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމުގެ 1.81 މިލިއަން ރުފިޔާގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށް، 120 ދުވަހުން ނިންމުމަށް ވަނީ ކަނޑައަޅައިފައެވެ.
12 Oct 2026
ވެލާނާ އެއާޕޯޓް ދެ ކެޓަގަރީއަކުން ވާދަކުރަނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ލީޑިންގ އެއާޕޯޓް އަދި ކަސްޓަމަރ އެކްސްޕީރިއަންސް ކެޓަގަރީއަށް ނޮމިނޭޓްވެ، ދުނިޔޭގެ ބޮޑެތި އެއާޕޯޓްތަކާ ވާދަކުރާނެއެވެ.
12 Oct 2026
ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ނިންމައިފި
ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުالله ޒިޔަތުގެ ހެކިބަސް ނެގުމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފިއެވެ.